ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޑާކް ރެއިނުން ދިވެހި ސިނަމާއަށް އާ މޫނެއް ހޯދަނީ!

ދިވެހި ފިލްމީ ދާއިރާގައި ދެގޮތެއްނުވެ ސާބިތުކަމާއެކު ފެންވަރު ރަނގަޅު އުފެއްދުންތަކެއް ގެނެސްދެމުން އަންނަ ޑާކް ރެއިން އެންޓަރޓެއިންމެންޓުން އާ މޫނެއް ހޯދުމަށް މަސައްކަތް ފަށައިފިއެވެ. އެ ޕްރޮޑަކްޝަން ހައުސްއިން މިފަހަރު އަތްފުނާއަޅަމުން

ދަނީ އަންހެން މޫނެއް ހޯދުމަށެވެ.

ތިޔައީ ފިލްމީ ދުނިޔެއަށް ނިކުމެ، ތިބާގެ ހުނަރު ބޮޑު މަސްރަހަކަށް ގެންދިއުމުގެ ޝައުގުވެރިކަން ހުރި އަންހެނެއް ނަމަ މިއީ އެފަދަ ފަހި ފުރުސަތެކެވެ. ސްކްރީނުން ފެންނަ ތަރިއަކަށް ވުމުގެ ހުވަފެން ދެކެމުން ދާ ނަމަ، ދެން ލަސްކުރާނެ ވަގުތެއް ނެތެވެ.

ޑާކް ރެއިން އިން ހޯދަމުންދަނީ މާލޭ ސަރަހައްދުގައި ދިރިއުޅޭ، އުމުރުން 20 އާއި 30 އާ ދެމެދުގެ ހުނަރުވެރި އަންހެން ފަންނާނެކެވެ.

އެފަދަ ހުނަރެއް ހުރިނަމަ، އެ ހުނަރު ދައްކާލުމަށް ޑާކް ރެއިންގެ ސޯޝަލް މީޑިއާ ޕޭޖްތައް މެދުވެރިކޮށް ޑީއެމް ކޮށްލައިގެން ކުރިމަތިލެވޭނެއެވެ.

ސުންގަޑި: 6 އޭޕްރިލް 2026 ‏އެވެ.

މިވެސް ކިޔާލަން:  "ގޮށްރާޅު"ގެ ތިން ޝޯވ ކޮންމެ ދުވަހަކުވެސް އޮންނާނެ - ޑާކް ރެެއިން އެންޓަޓެއިންމެންޓް
1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top