ސާޤިބް ސަލީމްގެ “ކަޕްތާން” އަންނަ އޭޕްރިލް މަހު ރިލީޒްކުރާ ގޮތަށް ނިންމައިފިއެވެ.
ާސާޤިބް ލީޑް ރޯލުން ފެނިގެންދާ މި ސީރީޒްގައި އޭނާއަކީ އެންކައުންޓާ ސްޕެޝަލިސްޓެއްގެ ގޮތުގައި މަޝްހޫރު، ނަތީޖާ ނެރޭ ނަމަވެސް ތަފާތު އުސޫލުތަކެއް ގެންގުޅޭ ފުލުސް އޮފިސަރެކެވެ. ޓީޒާއިން ފެންނަ ގޮތުގައި އޭނާގެ ހަރުކަށި މިޒާޖުގެ ފަހަތުގައި ފޮރުވިފައިވާ މާޒީއެއް ވެއެވެ.
ޖްވާލާބާދުގެ ނުރައްކާތެރި މާހައުލުގައި ހިނގާ މި ވާހަކައިގައި ބަދަލު ހިފުމުގެ ރޫޙުން ފޯވެފައިވާ ކަބީރް ވެސް ތައާރަފުވެއެވެ. މި އުނދަގޫ ދަތުރުގެ ފެށުމެއްގެ ގޮތުގައި ފެންނަ ޖައްލީ ބަނގުރާ ވިޔަފާރީގެ ތަހުޤީޤު ފުޅާވެ، މާ ނުރައްކާތެރި ކުށުގެ ވިއުގައެއް ފެންމަތިވެއެވެ. އަންޖުމް ޝަރްމާ އާއި އާރިފް ޒަކަރިއްޔާ ފެނިގެންދާ ކެރެކްޓާތައް ވާހަކައިގެ ކުރިމަތިލުންތައް އިތުރަށް ވަރުގަދަކޮށްދެއެވެ.
ސާޤިބް ސަލީމްގެ އިތުރުން ސިދާތު ނިގަމް، ކަވީތާ ކައުޝިކް، ވަރުން ބަޑޯލާ، ޕޫޖާ ގޯރް، ވިކްރަމް ކޯޗާރް އަދި އަނުޝްކާ ކައުޝިކް މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ. މި ސީރީޒް ޕްރޮޑިއުސްކޮށްފައިވަނީ ބަވޭޖާ ސްޓޫޑިއޯސްގެ ކުޑައިގެ ދަށުން ހަރްމަން ބަވޭޖާ އާއި ޕައްމީ ބަވޭޖާއެވެ. ޑައިރެކްޓްކޮށްފައިވަނީ ޖަތިން ވާގްލޭއެވެ.
“ކަޕްތާން” ރިލީޒްކުރަން ނިންމާފައިވަނީ އަންނަ އޭޕްރިލް މަހުގެ 3 ވަނަ ދުވަހު އެމެޒޯންގެ އެމްއެކްސް ޕްލޭޔާގައެވެ.
