ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސުނީލް ޝެޓީ އާއި ޓައިގާ އެއް ފިލްމަކުން

ބޮލީވުޑްގެ ތަޖުރިބާކާރު އެކްޓަރު ސުނީލް ޝެޓީ، ޖެކީ ޝްރޯފްގެ ދަރިފުޅު ޓައިގާ ޝްރޯފްއާއެކު ފިލްމަކުން ފެންނާނެކަމަށް ޚަބަރުތައް ބުނަން ފަށައިފިއެވެ.
ޓައިގާ ޝްރޮފް ލީޑް ރޯލު ކުޅޭ މި ފިލްމުގައި ސުނީލް ފެނިގެންދާނީ ވަރަށް މުހިންމު ރޯލަކުން ކަމަށް ޚަބަރުތައް ބުނާއިރު އޭނާގެ ކެރެކްޓާގެ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
މި ފިލްމުގެ ޝޫޓިން އޭޕްރިލް މަހުގެ 10 ގައި މުމްބާއީގައި ފެށުމަށް ހަމަޖެހިފައިވާއިރު، ގޮރެގާއޯން އާއި މަލާޑުގައި ބޮޑެތި ސެޓުތަކެއް ތައްޔާރުކުރަމުން އަންނަކަމަށް ޚަބަރުތައް ބުނެއެވެ. އަދި ޖުލައި މަހުގެ ނިޔަލަށް ޝޫޓިން ނިންމާލެވޭނެކަމަށް ލަފާކުރެވޭކަމަށް ވެސް ޚަބަރުތައް ބުނެއެވެ.
އަދި ނަން ހާމަނުކުރާ މި އެކްޝަން ތުރިލާ ފިލްމު ޑައިރެކްޓްކުރަނީ އަލަށް ހިންދީ ފިލްމެއް ޑައިރެކްޓްކުރާ ކަންނާޑާ ފިލްމު ޑައިރެކްޓަރު ސަޗިން ރަވީއެވެ. އޭނާ އެންމެ ބޮޑަށް މަޝްހޫރުވީ 2019 ގައި ރަކްޝިތު ޝެޓީ ލީޑް ރޯލު ކުޅުނު ކޮޕް ޑްރާމާ “އަވާނޭ ޝްރީމަންނާރާޔަން” ޑައިރެކްޓްކޮށްގެންނެވެ. ކުރިން ޝާހިދު ކަޕޫރް ލީޑަށް ލައިގެން ހަދަން ރޭވި ހިންދީ ފިލްމު “އަޝްވައްތާމާ: ދަ ސާގާ ކޮންޓިނިއުސް” ވަނީ ބަޖެޓުގެ މައްސަލަތަކާ ހެދި ހުއްޓާލާފައެވެ.
ސުނީލް ޝެޓީ ވަނީ ކުރިން ޖެކީ ޝްރޮފްއާއެކު “ބޯޑަރ”، “ރެފިއުޖީ” އަދި “ބާޒް: އެ ބާޑް އިން ޑޭންޖާ” ފަދަ ފިލްމުތަކުގައި މަސައްކަތްކޮށްފައެވެ. މިފަހަރު ޖެކީގެ ދަރިފުޅާއެކު މި ކުރެވޭ މަސައްކަތާމެދު ފޭނުންގެ ތެރޭގައި ވަނީ ޝައުޤުވެރިކަން އުފެދިފައެވެ.
ޓައިގާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި “ބާޣީ 4″، ރާޖް މެހެތާގެ “ލަގް ޖާ ގަލޭ” އަދި ޝޫޓިން ނުފަށާ ރާމް މަދަވަންގެ “ވަޖްރާ” ހިމެނެއެވެ. ސުނީލް ދެން އެންމެ އަވަހަށް ފެނިގެންދާނީ އަންނަ ޖޫން 26 ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވާ “ވެލްކަމް ޓު ދަ ޖަންގަލް” އިންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top