ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ޕީނަޓް ބަޓަރު ކަންތަ؟ ނުކާނަމަ އަވަހަށް ކާން ފަށާ

ޕީނަޓް ބަޓަރަކީ މިންހެޔޮކޮށް ބޭނުންކޮށްފިނަމަ ސިއްޙަތަށް ބޮޑެތި ފައިދާތަކެއް ލިބޭ ގިނަ އަދަދަކަށް ނިއުޓްރިއެންޓްސް އެކުލެވޭ ކާނާއެކެވެ. ސިއްޙީ ޚާއްސަ މައްސަލަތަކަށް އެހީއަކަށް ވާއިރު މިއީ އާންމު ދުޅަހެޔޮކަމަށްވެސް ކާން ރަނގަޅު އެއްޗެކެވެ.

ޕީނަޓް ބަޓަރުން ލިބޭ ސިއްޙީ މުހިންމު ފައިދާތައް:

  • ހިތުގެ ދުޅަހެޔޮކަން: މީގައި ހިމެނޭ ފައިދާހުރި ފެޓްސްގެ ސަބަބުން ހަށިގަނޑުގައި ހުންނަ ނުރައްކާތެރި ކޮލެސްޓްރޯލް (އެލްޑީއެލް) ދަށްކޮށްދީ ފައިދާހުރި ކޮލެސްޓްރޯލް (އެޗްޑީއެލް) އިތުރުކޮށްދެއެވެ.
  • ބަރުދަން ކޮންޓްރޯލް ކުރުން: މީގައި ގިނަ އަދަދަކަށް ޕްރޮޓީން އަދި ފައިބަރު ހުރުމުގެ ސަބަބުން ގިނައިރު ބަނޑު ފުރިފައި ހުންނަކަމުގެ އިހުސާސް ކޮށްދީ މާ ގިނައިން ކެއުން ހުއްޓުވައިދެއެވެ.
  • ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ކުރުން: މިއީ ލޭގައި ހުންނަ ހަކުރު ކުއްލިއަކަށް މައްޗަށް ދިއުން ކޮންޓްރޯލް ކޮށްދޭ އެއްޗަކަށް ވާތީ ހަކުރު ބަލި ހުންނަ މީހުންނަށް މިއީ ރަނގަޅު ކާނާއެކެވެ.
  • މުހިންމު މާއްދާތަކުން މުއްސަނދިވުން: 2 ސަމުސަލުގެ ޕީނަޓް ބަޓަރުން ގާތްގަނޑަކަށް 7-8 ގްރާމް ޕްރޮޓީން ލިބެއެވެ. އަދި ފޮސްފަރަސް، ޒިންކް، ނިއަސިން އަދި މެންގަނީޒް ފަދަ މާއްދާތައް މީގައި ހިމެނެއެވެ.
  • އެންޓިއޮކްސިޑެންޓްސް: މީގައި ހިމެނޭ ބައެއް މާއްދާތަކުގެ ސަބަބުން ދާއިމީ ބަލިތަކުން ހަށިގަނޑު ރައްކާތެރިކޮށްދިނުމަށް އެހީވެދެއެވެ.
  • މުހިންމު މިނަރަލްތައް: މަސްތަކުގެ މަސައްކަތަށާއި ލޭގެ ޕްރެޝަރު ކޮންޓްރީލް ކުރުމަށާއި ކަށީގެ ދުޅަހެޔޮކަމަށް ބޭނުންވާ މެގްނީޒިއަމް އަދި ޕޮޓޭސިއަމް މީގައި އެކުލެވެއެވެ.

 

ބޭނުންވާއިރު ސަމާލުވާންވީ ކަންތައްތައް:

  • ތައްޔާރުކުރަން ބޭނުންކޮށްފައިވާ ތަކެތި ބެލުން: ހަކުރު ނުވަތަ ތެޔޮ އިތުރުކޮށްފައި ހުންނަ ބާވަތްތަކުގެ ބަދަލުގައި ހަމައެކަނި ބަދަން (ޕީނަޓް) ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ “ނެޗުރަލް” ޕީނަޓް ބަޓަރު އިޚްތިޔާރު ކުރާށެވެ.
  • މިންހެޔޮކޮށް ބޭނުންކުރުން: ޕީނަޓް ބަޓަރަކީ ކެލަރީ ގިނަ އެއްޗަކަށް ވުމުން ދުވާލަކު 1 ނުވަތަ 2 ސަމުސަލަށްވުރެ ގިނަ ނުކުރުން ރަނގަޅެވެ.
  • އެލާޖީއަށް ސަމާލުވުން: ޕީނަޓަށް އެލާޖިކް ވާނަމަ މި ބޭނުން ނުކުރާށެވެ.
1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top