ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
” ޕަރީ – ޗެޕްޓަރ 2 ” ބޮޑު ތަފާތުތަކަކާއެކު 06 އޭޕްރީލުގައި އޮލިމްޕަހަށް!
"ޕަރީ - ޗެޕްޓަރ 2"ގެ ޕްރޮމޯޝަނަލް ވީޑިއޯއަކުން ބައެއް މަންޒަރުތައް ނަގައިގެން ތައްޔާރުކޮށްފައިވާ ގްރެފިކެއް / މުނިއަވަސް

ދިވެހި ބިރުވެރި ފިލްމުތަކަށް ޒަމާނީ އަދި ތަފާތު ބޮޑު ބަދަލެއް ގެނެސްދިން ފިލްމު “ޕަރީ – ޗެޕްޓަރ 1″ގެ ބޮޑު ކާމިޔާބީއަށް ފަހު އެ ފިލްމުގެ ދެވަނަ ޗެޕްޓަރު “ޕަރީ – ޗެޕްޓަރ 2” މިމަހު 06 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ރިލީޒްކުރާނެއެވެ.

މި ފިލްމާބެހޭ ގޮތުން ރާއްޖޭގެ އޮންލައިން ނޫސް ސީއެންއެމްއަށް ސީޒަން ބުނީ މި ފަހަރުގެ ބައިގައި ހީނުކުރާ ފަދަ ބޮޑެތި ކަންތައްތަކެއް ހިނގާނެ ކަމަށެވެ.

” ދެވަނަ ބައިގައި ވަރަށް ހީނުކުރާފަދަ ބޮޑެތި ކަންކަން ވެގެން ދާނެ. ވަރަށް ޑްރާމާ ވެސް އޮންނާނެ އަދި ސަސްޕެންސްވެސް އޮންނާނެ. ގަބޫލުކުރަނީ މި ބަޔަށްވެސް ހަމަ ކުރިން ބަޔަށް ލިބުން ވަރަށް ސަޕޯޓް ލިބިގެން ދާނެ ކަމަށް.”

މި ފިލްމުގެވެސް ބޮޑު ބައެއް ޝޫޓުކޮށްފައިވަނީ ސްރީލަންކާގައެވެ. މި ފަހަރުގެ ޗެޕްޓަރުގައި ބޮލީވުޑްގެ ތަރި ސުރްޖަސިކާ ދާސްގެ މުހިންމު އަދި ބޮޑު ރޯލަކުން ފެނިގެންދާނެއެވެ.

ފިލްމުން ފެނިގެންދާނެ ތަރިންގެ ތެރޭގައި ރިޝްމީ ރަމީޒް، ޝީލާ ނަޖީބް، އަލީ ސީޒަން، ޖުމައްޔިލް ނިމާލް، އަދި މުހައްމަދު ނައުޝާދު އަލީ ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ލަންކާގެ ބައެއް މަގުބޫލު ފަންނާނުން ވެސް މި ފިލްމުން ފެނިގެންދެއެވެ.

އާއްމުކޮށްފައިވާ “ޕަރީ – ޗެޕްޓަރ 2″ގެ ޓްރެއިލާއިން ޝައުޤުވެރި މަންޒަރުތަކެއް ފެނިގެންދެއެވެ. މިގޮތުން ސުރްޖަސިކާ ދާސް ފެނިގެންދިޔަ މަންޒަރުތަކުން އޭނާ ވާހަކަދައްކާފައިވަނީ ހިންދީބަހުން ނެވެ. ސީޒަންގެ މަންޒަރުތަކުން ފާހަގަވީ ކުރީ ޗެޕްޓަރަށްވުރެން ތަންކޮޅެއް ހަރުކަށި ގޮތެއްގައެވެ.

މި ފިލްމުގެ ޓިކެޓް އޮންލައިންކޮށް “ައަހުސަން ޕިކްޗާސް ވެބްސައިޓުން” ލިބެން ހުންނާނެއެވެ.

ޕަރީ އަކީ އަހުމަދު އަހުސަން އާއި އަލީ ސީޒަން އާއި އެކުވެގެން ޕްރޮޑިއުސްކުރާ ފިލްމެކެވެ.

 

View this post on Instagram

 

A post shared by @paree.chapter2

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top