ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ކާމަރަނގަ – ހަމައެކަނި ރީތީކީ ނޫން، ފައިދާވެސް އެހާ ގިނަ

ކާމަރަނގައަކީ ހުތް އެއްޗެހި ކާހިތްވާ މީހުންނަށް ވަރަށް ކަމުދާނެ މޭވާއެކެވެ. ކާމަރަނގައިގެ ދެ ވައްތަރެއް ހުރެއެވެ. އެއީ ހުތް ކާމަރަނގައާއި ފޮނި ކާމަރަނގައެވެ. ދޮންވުމުން ރީނދޫކުލަ އަރާ މި މޭވާގެ ކުލަ، ފާވުމުން އޮރެންޖު ކުލައަށް ބަދަލުވެއެވެ. މި މޭވާ ހުރަހަށް ފޮތިކުރުމުން ހުންނާނީ ތަރިއެއްގެ ބައްޓަމަށެވެ. މި ސަބަބާހުރެ މިއަށް ކިޔަނީ “ސްޓާފުރުޓް” އެވެ.

ކެލޮރީ މަދުން އެކުލެވޭ ނަމަވެސް ހަށިގަނޑަށް ބޭނުންތެރި ގިނަ މާއްދާތަކުން މުއްސަނދި މި މޭވާގެ ސިއްޙީ ފައިދާތަކަށް މި ލިޔުމުގައި ބަލައިލާނަމެވެ.

1 – ދިފާޢީ ނިޒާމު ވަރުގަދަކުރުން

މީގައި ގިނަ އަދަދަކަށް ވިޓަމިން ސީ އެކުލެވޭތީ، އެކި ބަލިތަކާއި އިންފެކްޝަންތަކުން ހަށިގަނޑު ރައްކާތެރިކޮށްދެއެވެ.

2 – ހަޖަމުކުރުމުގެ ނިޒާމު ރަނގަޅުކުރުން

ފައިބަރުގެ މިންވަރު މަތިވުމުގެ ސަބަބުން ބަނޑުހިކުމުން ދުރުކޮށްދީ، ގޮހޮރުގެ ދުޅަހެޔޮކަން ދަމަހައްޓައިދެއެވެ.

3 – ހިތުގެ ދުޅަހެޔޮކަމަށް އެހީތެރިވުން

މީގައި ހިމެނޭ ޕޮޓޭސިއަމް އަދި އެންޓިއޮކްސިޑެންޓްތަކުގެ ސަބަބުން ލޭގެ ޕްރެޝަރުގެ ހަމަހިފަހައްޓައިދީ، ކޮލެސްޓްރޯލް ދަށްކުރުމަށް އެހީވެދެއެވެ.

4 – ބަރުދަން ލުއިކުރުމަށް އެހީވުން

މިއީ ކެލޮރީ މަދު (100 ގްރާމްގައި ގާތްގަނޑަކަށް 31 ކެލޮރީ) އަދި ފެނުގެ ބައި ގިނަ މޭވާއަކަށް ވުމުން، ބަރުދަން ލުއިކުރަން ބޭނުންވާ ފަރާތްތަކަށް މިއީ ވަރަށް ރަނގަޅު ހަށިގަނޑަށް ފައިދާހުރި ކާނާއެކެވެ.

5 – ހަމުގެ ދުޅަހެޔޮކަން

މީގައި ހިމެނޭ އެންޓިއޮކްސިޑެންޓްތަކާއި ވިޓަމިން ސީގެ ސަބަބުން، ހަންގަނޑު މުސްކުޅިވުމުން ސަލާމަތްކޮށްދީ ސިއްޙަތު ރަނގަޅު ހަންގަނޑެއް ލިބުމަށް އެހީތެރިވެއެވެ.

6 – ލޭގެ ހަކުރު ކޮންޓްރޯލްކުރުން

މީގައި ހިމެނޭ ފައިބަރުގެ ސަބަބުން ހަށިގަނޑަށް ހަކުރު ދަމައިގަންނަ މިންވަރު ލަސްކޮށްދީ، ލޭގެ ހަކުރު އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދެއެވެ.

މުހިންމު އިންޒާރެއް:

ކިޑްނީގެ ބަލި ތަހަންމަލުކުރަމުންދާ ފަރާތްތަކުން ނުވަތަ ކިޑްނީގެ މަސައްކަތް ބަލިކަށިވެފައިވާ ފަރާތްތަކުން ކާމަރަނގަ ކެއުމުން ދުރުހެލިވާން ޖެހެއެވެ. މީގައި ހިމެނޭ “އޮކްސަލޭޓްސް” އަދި “ކާމަރަންބޮކްސިން” ކިޔާ ވިހަ މާއްދާއެއް ކިޑްނީ މެދުވެރިކޮށް ބޭރުނުކުރެވިއްޖެނަމަ، ފުރާނައަށް ނުރައްކާވާ ފަދަ ވިހަވުމެއް ކުރިމަތިވެދާނެއެވެ.

ކާމަރަނގައަކީ ތަފާތު ގޮތްގޮތަށް ދިވެހީން ބޭނުންކުރާ އެއްޗެކެވެ. ފަނި ގިރައިގެން، ސްމޫތީއެއް ތައްޔާރުކޮށްލައިގެން، ލޮނާއި ޖަހައިގެން ނުވަތަ ރިހާކުރާ ޖަހައިގެން ކާމަރަނގަ ކެއި ނަމަވެސް ރަނގަޅަށް ހަރުވެފައި ހުންނަ ނުވަތަ ދޮންވެފައި ހުންނަ ކާމަރަނގަ ކެއުން މުހިންމެވެ.

2
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top