ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ރާޖްކުމާރް ރާއޯ މިފަހަރު ކުޅެނީ ބަޔޮޕިކްއެއް

ބޮލީވުޑް އެކްޓަރު ރާޖްކުމާރް ރާއޯ، ކްރިކެޓް ލެޖެންޑް ސައުރަވް ގަންގޫލީގެ ހަޔާތުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ފިލްމު “ދާދާ: ދަ ސައުރަވް ގަންގޫލީ ސްޓޯރީ” ގެ ޝޫޓިން ފަށައިފިއެވެ.

ވިކްރަމާދިތުޔާ މޮޓްވާނީ ޑައިރެކްޓްކުރާ މި ފިލްމުގެ ޝޫޓިން ފެށިކަން ރާޖްކުމާރް ވަނީ މިދިޔަ ބުދަ ދުވަހު އޭނާގެ އިންސްޓަގްރާމުގައި ސެޓުގެ ފޮޓޯތަކާއެކު ހާމަކޮށްފައެވެ. އޭނާ ހިއްސާކުރި ފޮޓޯތަކުގެ ތެރޭގައި ޝޫޓިންގެ ކްލެޕްބޯޑާއި ކޮލްކަތާގެ އީޑެން ގާޑެންސް ސްޓޭޑިއަމްގައި ހުންނަ ސައުރަވް ގަންގޫލީ ސްޓޭންޑް ހިމެނެއެވެ.

ރާޖްކުމާރް މި ފިލްމަށް ތައްޔާރުވާން ފެށީ ގާތްގަނޑަކަށް ހަ ހަފްތާ ކުރިންނެވެ. ފެބްރުއަރީ މަހު ހިއްސާކުރި ޕޯސްޓެއްގައި އޭނާ ބުނެފައިވަނީ ގަންގޫލީގެ ރޯލަށް ބަރުދަން ލުއިކުރާނެ ކަމަށެވެ.

ސައުރަވް ޕީޓީއައި އަށް 2025 ވަނަ އަހަރުގެ ޖުލައި މަހު ދިން އިންޓަވިއުއެއްގައި ބުނީ ރާޖްކުމާރް ރާއޯ އަކީ އޭނާގެ ރޯލު ކުޅެން އެންމެ ރަނގަޅު މީހާ ކަމަށެވެ. އަދި އޭނާ އެ ރޯލު ކުޅުމުގައި ރާޖްކުމާރް އަށް ހުރިހާ ކަމެއްގައި ވެސް އެހީތެރިވެދޭނެ ކަމަށެވެ.

ސައުރަވް ގަންގޫލީއަކީ އިންޑިއާ ކްރިކެޓް ޓީމުގެ އެންމެ ކާމިޔާބު އެއް ކެޕްޓަނެވެ. 1992 އިން 2008 އަށް ކުޅުނު ސައުރަވް ވަނީ ޓެސްޓާއި ވަންޑީ މެޗުތަކުގައި ޖުމްލަ 18575 ލަނޑު ހަދައި، 38 ސެންޗަރީ ހަދައިފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top