ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ހަމް ޓީވީއިން މިފަހަރު ގެނެސްދެނީ “ވިންޓަރ ލަވް”

ހަމް ޓީވީއިން އަލަށް ފަށަން ތައްޔާރުވާ ޑްރާމާ ސިލްސިލާ “ވިންޓަރ ލަވް” ދައްކަން ފަށާ ތާރީޚު ހާމަކޮށްފިއެވެ.

ތަފާތު ދެ މިޒާޖެއްގެ ދެމީހެއްގެ މެދުގައި ކުއްލި ގޮތަކަށް އުފެދޭ ފުން ގުޅުމެއްގެ މައްޗަށް ބިނާކޮށްފައިވާ މި ޑްރާމާގެ ލީޑް ރޯލުން ފެނިގެންދާނީ މުޅިން އަލަށް އެކުގައި ފެނިގެންދާ ކުޝާލް ޚާން އާއި މާވްރާ ހުސައިންއެވެ. މީގެ އިތުރުން މުޢިޒް ޚާން، ނަޒީހާ ޒައިނަބް، އާސިފް ރަޒާ މީރް، އަސްމާ އައްބާސް، ޢަލީ ގުލް މައްލާހް، ސަކީނާ ސައްމޯ، ދީޕަކް ޕޭރްވާނީ އަދި އަލީނާ އައްބާސް ޝާހް ވެސް މި ޑްރާމާގެ މުހިންމު ރޯލުތަކަކުން ފެނިގެންދާނެއެވެ.

ސާރާ މަޖީދު ސްކްރީންޕްލޭ ލިޔެފައިވާ “ވިންޓަރ ލަވް” ގެ އާންމުކޮށްފައިވާ ޓީޒާތަކުން އިޝާރާތްކުރަނީ މިއީ ހިމޭން ވަގުތުތަކާއި ފުން އިޙުސާސްތަކަށް ބާރުއަޅާ، ކަރުނަ އަޅަންޖެހޭ ފަދަ އަސަރުގަދަ ލޯބީގެ ވާހަކައެއް ކަމަށެވެ. އަދި ބައެއް ވާހަކަތަކަކީ މޫސުންތަކަށް ތަބާވާ އެއްޗެއް ނޫންކަމަށާއި އެ ވާހަކަތަކުގެ ވަގުތު އަންނަނީ ދުނިޔޭގެ ހަލަބޮލިކަން ކުޑަވެ، މަޑުޖެހޭ ވަގުތުތަކުގައި ކަމަށް މީގައި ދައްކުވައިދެއެވެ.

އެމްޑީ ޕްރޮޑަކްޝަންސްގެ ކުޑައިގެ ދަށުން ޕްރޮޑިއުސްކޮށް ގެނެސްދޭ މި އަސަރުގަދަ ލޯބީގެ ޑްރާމާ ޑައިރެކްޓްކޮށްފައިވަނީ “ޚާސް”، “ޗުޕްކޭ ޗުޕްކޭ” އަދި “ޗާންދު ތާރާ” ފަދަ ބެލުންތެރިންގެ ތެރޭގައި މަޤުބޫލުވި ޑްރާމާތަކެއް ގެނެސްދިން ތަޖުރިބާކާރު އެކްޓަރު އަދި ޑައިރެކްޓަރު ދާނިޝް ނަވާޒެވެ.

މާދަމާ (10 އޭޕްރިލް) ރޭ ހަމް ޓީވީއިން “ވިންޓަރ ލަވް” ދައްކަން ފަށާއިރު، އެޕިސޯޑްތައް ދައްކަން ނިންމާފައިވަނީ ކޮންމެ ހުކުރު އަދި ހޮނިހިރު ދުވަހެއްގެ ރޭ 8:00 ގައެވެ. މީގެ އިތުރުން ހަމް ޓީވީގެ ޔޫޓިއުބް ޗެނަލުންވެސް އެޕިސޯޑްތައް ދައްކާނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top