ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސޫރަޖް ބަރްޖަތިޔާ އާއި ހިމޭޝް އެކުގައި
ފޮޓޯ: ގޫގަލް

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ސޫރަޖް ބަރްޖަތިޔާ އާއި މިއުޒިކް ޑައިރެކްޓަރު ހިމޭޝް ރޭޝައްމިޔާ އެކުގައި ފިލްމެއްގެ މަސައްކަތްކުރާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި ހިމޭޝް ރޭޝައްމިޔާއާ މި ފިލްމުގެ ލަވަތަކުގެ މިއުޒިކް ހަދަން ހަވާލުކުރީ، ސޫރަޖް ބޭނުންވަނީ ސާދާ، ޖަޒުބާތީ އަދި ހުރިހާ ބެލުންތެރިންނާ ގުޅޭ މިއުޒިކެއް ކަމަށް ވެފައި އެކަން އެންމެ ރަނގަޅަށް ކުރެވޭނެ މީހަކަށް މިހާރު ހުރީ ހިމޭޝް ކަމަށް ސޫރަޖް ޤަބޫލުކުރާތީއެވެ. އެގޮތުން މި ފިލްމަށް 7 ލަވަ ތައްޔާރުކޮށްފައިވާއިރު، އެ ލަވަތައް ތައްޔާރުކޮށްފައިވަނީ ހުރިހާ އުމުރެއްގެ ބެލުންތެރިންނާއި އެހުންތެރިންނާ ވެސް ގުޅޭގޮތަށް ކަމަށް ރިޕޯޓްތައް ބުނެއެވެ. ކުރިން މި ދެ ފަންނާނުން ވަނީ “ޕްރޭމް ރަތަން ދަން ޕާޔޯ” ފިލްމުގައި އެކުގައި މަސައްކަތް ކޮށްފައިވެއެވެ.

އަޔުޝްމަން ކުރާނާ އާއި ޝަރްވަރީ ލީޑް ރޯލުން ފެންނަ މި ފިލްމުގެ ޝޫޓިން 2025 ވަނަ އަހަރުގެ ނޮވެމްބަރުގައި ފެށި ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ނަން ހާމަނުކުރާ މި ފިލްމުގެ ޝޫޓިން މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށާއި ވަރަށް އަވަހަށް ނިމޭނެ ކަމަށް ބެލެވެއެވެ. މި ފިލްމަކީ ވެސް ސޫރަޖް ބަރްޖަތިޔާގެ ސިގްނޭޗާ ސްޓައިލާ އެއްގޮތަށް ތައްޔާރުކުރާ ހިތްގައިމު ފެމިލީ ޑްރާމާއެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފިލްމުގެ ނަމާއި ރިލީޒްކުރާ ތާރީޚު އަދި ހާމަކޮށްފައި ނުވި ނަމަވެސް، މި ފިލްމު ފެންނަނީ ކްލެސިކް ބޮލީވުޑް ފެމިލީ ސްޓޯރީޓެލިންގެ ސްޓައިލަށް އެނބުރި އައުމެއް ގޮތުގައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top