ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ވެރިވެރީ” ގެ ކެންގްމިން ސޯލޯ ޑެބިއު އަލްބަމް “ފްރީ ފޯލިންގް” ނެރެފި
"ވެރިވެރީ" ގެ ކެންގްމިން ސޯލޯ ޑެބިއު އަލްބަމް "ފްރީ ފޯލިންގް" / ބިލްބޯޑް

ކޭ-ޕޮޕް ގުރޫޕު ‘ވެރިވެރީ’ގެ އެންމެ ހަގު މެންބަރު ޔޫ ކެންގްމިން، އޭނާގެ ފުރަތަމަ ސޯލޯ ސިންގަލް އަލްބަމް ‘ފްރީ ފޯލިންގް’ މާރިޗު 26 ވަނަ ދުވަހު ނެރެ، ސޯލޯ ކެރިއަރެއް ފަށައިފިއެވެ.

އުމުރުން 23 އަހަރުގެ ކެންގްމިން ކޭ-ޕޮޕް އިންޑަސްޓްރީގައި ހޭދަކުރި ހަތް އަހަރުގެ ތަޖުރިބާއަށް ފަހު ސޯލޯ މިއުޒިކަށް ނުކުތީ، ބޯއީޒް ޕްލެނެޓް 2 ގައި ބައިވެރިވެ ނުވަ ވަނައިގައި އޮވެ ޑެބިއު ލައިންއަޕުން ކިރިޔާ ކެޓުމަށް ފަހުގައެވެ. ނަމަވެސް އެކަމާ މާޔޫސް ނުވެ، އޭނާ ވަނީ ސޯލޯ މިއުޒިކެއް ތައްޔާރުކޮށް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައެވެ.

ޓައިޓަލް ޓްރެކް ހޮވި ގޮތާ ބެހޭ ގޮތުން ކެންގްމިން ބުންޏެވެ:

“ފްރީ ފޯލިންގް އަކީ އަހަރެންގެ އަމިއްލަ ރަހައާ އެންމެ ގާތް ލަވަ. ހަމައެކަނި ފޯރިގަދަ ލަވައެއް ބޭނުންވީކީ ނޫން، ފުންކޮށް ވިސްނާލަމުން އަޑު އެހޭ ކަހަލަ ލަވައެއް ބޭނުންވީ. އެ ލަވައިގެ ހުވަފެނީ ވައިބް، ނުތަނަވަސްކަމާއި ފިރިހެން ކުއްޖެއް ބޮޑު މީހަކަށް ބަދަލުވާ ފަދަ ތީމްތަކާ ގުޅެނީ ވަރަށް ރީއްޗަށް.”

ސޯލޯ ކެރިއަރގައި ގުރޫޕުގެ ތަޖުރިބާއިން ގެންދާ ކަންތައްތަކާ ބެހޭ ގޮތުން އޭނާ ބުނީ “އަބަދުވެސް ސުވާލުކޮށް، ރަނގަޅު ކުރެވޭނެ ދާއިރާތައް ހޯދުމުގެ ވިސްނުން ދަމަހައްޓަން” މަސައްކަތް ކުރާ ކަމަށެވެ. އަދި ސޯލޯގައި ކުރަން ބޭނުން ކަމެއްގެ ގޮތުގައި، އޭނާ ބެލެނިވެރި ފަންނާނަކާ އެކު ޑުއެޓް ލަވައެއް ކިޔުން ފާހަގަކުރިއެވެ.

ބޯއީޒް ޕްލެނެޓް 2ގެ ތަޖުރިބާއާ ބެހޭ ގޮތުން ކެންގްމިން ބުނީ، ފުރުސަތު ލިބިއްޖެ ނަމަ އަލުން ބައިވެރިވާނެ ކަމަށެވެ. “އެ ޕްރޮގްރާމުން ވަރަށް ގިނަ ކަންކަން ދަސްވި، އަދި އަހަރެންގެ އަމިއްލަ ނަފުސާއި ފޭނުންގެ ފަރާތުން ޔަގީންކަން ލިބުނު” ކަމަށް އޭނާ ބުންޏެވެ. އެ ޕްރޮގްރާމުން ގިނަ ރައްޓެހިން ލިބުނު ކަމަށާއި، ނަމަވެސް ޕްރޮގްރާމް ނިމުމަށް ފަހު ބައްދަލުނުވެ ތިބި ގިނަ ރައްޓެހިން ތިބި ކަމަށް ވެސް އޭނާ ބުންޏެވެ.

ކުރިއަށް އޮތް ހަތް އަހަރާ ބެހޭ ގޮތުން ކެންގްމިން ބުނީ “އެންމެ ތެދުވެރި ފަންނާނަކަށް ވާން ބޭނުން” ކަމަށާއި، އެ ލަނޑުދަނޑި ހާސިލުކުރުމަށް މިއުޒިކް ހެދުމާއި ފޭނުންނާ ތެދުވެރި ވާހަކަތައް ހިއްސާކުރުން ކުރިއަށް ގެންދާނެ ކަމަށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top