ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޑާކް ރެއިން އެންޓަޓެއިންމެންޓްގެ އާ ފިލްމު އިޢުލާނުކޮށްފި
ފިލްމު "ޖަންނަތު"ގެ ނަން ހާމަކުރުން / ޑާކް ރެއިން އެންޓަޓެއިންމެންޓް

ޑާކް ރެއިން އެންޓަޓެއިންމެންޓުން އެ ސްޓޫޑިއޯގެ ކުރިއަށް އޮތް ފިލްމުގެ ނަން މިއަދު އިޢުލާނުކޮށްފިއެވެ. “ޖަންނަތު”ގެ ނަމުގައި ގެނެސްދޭ މި ފިލްމު އޮލިމްޕަސް ސިނަމާގައި އަޅުވާ ގޮތަށް ހަމަޖެހިފައިވަނީ 3 އޮގަސްޓް 2026 ގައެވެ.

“ޖަންނަތު”ގެ މައިގަނޑު ކާސްޓުގައި ހިމެނެނީ ޝަރަފް، ޝުހާ، އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ)، އާއިދާ، އަފްރާހް އަދި އަންޖީއެވެ.

ފިލްމު “ޖަންނަތު” ޑައިރެކްޓްކުރަނީ ޑާކް ރެއިންގެ ހުނަރުވެރި ޑައިރެކްޓަރު ޢަލީ ޝިފާޢު (ޗިއްޕެ) އެވެ. މިއީ ޢާއިޝަތު ފުއާދު ތަޢުފީޤް އަދި އަޙްމަދު ޠަލާލް (ޠޮލް)ގެ ސްކްރީންޕްލޭއަކަށް އުފައްދާ ފިލްމެކެވެ.

ނަން އިޢުލާނުކުރުމަށް އާއްމުކުރި ޕޯސްޓަރު ޑިޒައިންކޮށްފައިވަނީ ހޫދު އިބްރާހީމެވެ. ފިލްމުގެ ސިނެމެޓޮގްރަފީ ހަދާނީ އަޙުމަދު ޒިފާފެވެ.

“ބިޓްވީން ސައިލެންސް އެންޑް ސައުންޑް، ދޭ ބިލްޑް ދެއަރ ޕެރަޑައިޒް” (ހިމޭންކަމާއި އަޑާ ދެމެދުގައިވާ ފުން މާނަތަކުގެ ތެރެއިން، އެބައިމީހުން އެމީހުންގެ އަމިއްލަ އުފާވެރި ސުވަރުގެ ބިނާކުރެއެވެ.) ސްލޯގަން އިން ފުން މާނަތަކެއް ހާމަކޮށްދޭ މި ފިލްމާބެހޭ އިތުރު ތަފުޞީލުތަކެއް މިއަދު އަދި ހާމަކޮށްފައެއް ނުވެއެވެ.

2
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top