ރާއްޖޭގެ ލިޖެންޑަރީ އެކްޓަރު އިސްމާއީލް ވަޖީހް މާ ރީއްޗަކަށް ބަލަން އެ ހުރީ އޭނާގެ ދަރިފުޅު ތަރީޝް އިސްމާއީލް އަށެވެ. ތަރީޝް ބިޓެއް ސެޓްކުރާތަން ބަލަން ވަޖީހް ފާރަޔަށް އެ ހުރީ އަނެއްކާ ކީއްވެބާއޭ ހިތަށް އަރައި ދޯ އެވެ.

ފިލްމީ ވަޖީހޫ…. ބުނަން ހެއްޔެވެ. ފިލްމު “ނޮވެމްބަރ” ރިލީޒްކުރާނީ 04 ޑިސެމްބަރު 2023 ގައެވެ. މާނައަކީ މި އަހަރު މި ރާއްޖެއަށް “ނޮވެމްބަރ”އަންނާނީ ޑިސެމްބަރު މަހުގައެވެ. ވަޖީހް ސިންގަޕޫރުގައި ހުރީތީ ހަމަ ބުނެލީމެވެ. ވަޖީހުގެ ނަމުގެ ފަހު އަކުރާއި ފިއްޔަށް ދެމުނުހާ ވަރަކަށް ދަމާފައެވެ.

މިއީ ޑާކް ރެއިން އެންޓަޓެއިންމެންޓުން އެންމެ ބޮޑު ހޭދައެއް ކޮށްގެން އުފެއްދި ފިލްމެވެ. އަދި މި ރާއްޖޭގައި ވެސް އެންމެ ބޮޑު ހޭދައެއް ކޮށްގެން އުފެއްދި ފިލްމުވެސް މެއެވެ.

ނޮވެމްބަރ”އަކީ ވަރަށް ތަފާތު ލޯބީގެ ވާހަކައެއްގެ ތެރެއިން ދިވެހި މުޖުތަމަޢުގައި ހިނގަމުން އަންނަ ވަރަށް ޚައްސާސް ކަމެއް ހިމަނައިގެން ގެނެސްދޭ ރީތި ފިލްމަކަށް ވާނެ ފިލްމެކެވެ.

ލާމަސީލު ލާމުގެ ހިތްގައިމު މަންޒަރުތައް، އަފިރިންގެ އައްޑޫގެ ސަޅި މަންޒަރުތަކުގެ އިތުރުން، ކ. ތުލުސްދޫ އަދި ސިންގަޕޫރުގެ ހިތްގައިމު މަންޒަރުތަކެއް ފެނިގެންދާ މި ފިލްމުން ރާއްޖޭގެ މަޝްހޫރު އަދި މަޤުބޫލު މޫނުތަކެއް ފެނިގެންދާނެ އެވެ. ފިލްމުގެ ލީޑް ތަރިންގެ އިތުރުން ފެނިގެންދާ އެ މޫނުތަކުގެ ތެރޭގައި ހުނަރުވެރި ޕްރެޒެންޓަރ މޫސާ ވަސީމް، ދިވެހިބަހުގެ އެދުރު ޢަބްދުﷲ ޞާދިޤް، މޭނާ ހައްސާން، ޝަލަބީ ފަދަ އިތުރު މޫނުތަކެއް ހިމެނެއެވެ. ވަޖީހްގެ އިތުރުން އޭނާގެ ދަރިފުޅު ވެސް މި ފިލްމުގެ ވަރަށް ޚާއްސަ ރޯލަކުން ފެންނާނެ އެވެ.

ފިލްމުގެ ލީޑުން ފެނިގެންދާނީ މަޝްހޫރު އެކްޓްރެސް މަރިޔަމް މަޖުދާ އަދި ޖުމައްޔިލް ނިމާލެވެ. މި ފިލްމަކީ މަޖޫގެ ވަރަށް ތަފާތު އަދި އެހާމެ އަސަރުގަދަ މޮޅު އެކްޓިންއެއް ފެނިގެންދާނެ ފިލްމެކެވެ.

އަސަރު ގަދަ ލޯބީގެ ވާހަކައެއް ކިޔައިދޭ ފިލްމު“ނޮވެމްބަރ”ގެ އެކިއެކި ރޯލުތަކުން ބޮޑު ކާސްޓެއް ފެނިގެންދާނެއެވެ. އެގޮތުން އާއިޝަތު ޔާދާ، އައިޝަތު ޢަލީ، ވެސް ފެނިގެންދާނެއެވެ. މީގެ އިތުރުންވެސް ޑާކްރެއިންގެ ފިލްމުތަކުން ފެންނަ ބައެއް އެހެން މޫނުތައްވެސް ފެނިގެންދާނެއެވެ.

ފިލްމު“ނޮވެމްބަރ”ގެ ސްކްރީންޕްލޭ ލިޔުނީ ޢާއިޝަތު ފުއާދު އާއި ޢަހްމަދު ޠަލާލް އެވެ. ޑައިރެކްޓްކޮށް ކެމެރާކުރީ ޝިފާއު (ޗިއްޕެ) އެވެ. ކޯ-ޑައިރެކްޓަރެއްގެ ގޮތުގައި ހަރަކާތެރިވެފައި ވަނީ އާއިޝަތު ފުއާދެވެ. ޗިއްޕެއާއެކު ކެމެރާކުރުމުގައި އަޙްމަދު ޝިނާން ވެސް ހަރަކާތެރިވިއެވެ.

🎦 ފިލްމު “ނޮވެމްބަރ”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.