ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އަމްޖޭގެ “ހިތްރޯވަރުން”: މިއުޒިކާއި ރާގުތަކުން އަނެއްކާވެސް ހަންނާނުގެ ޖާދޫ ފެނިގެންދަނީ!

ދިވެހި މިއުޒިކީ އުދަރެހުގައި އެންމެ ހިތްގައިމު، ދިވެހީންގެ ވިންދާ އެންމެ ގުޅޭ ސަޅި ރާގުތައް ހަދަނީ ކާކުތޯ ސުވާލުކޮށްފި ނަމަ، މިއަދުވެސް ގިނަ ބައެއްގެ ދުލުން އިވޭނެ އެއް ނަމަކީ މަޝްހޫރު އަދި ހުނަރުވެރި ލަވަކިޔުންތެރިޔާ ޢަބްދުލްހަންނާން މޫސާދީދީގެ ނަމެވެ. ހަމައެއާއެކު، ފިލްމުތަކަށް އެންމެ ފުރިހަމައަށް ޕްލޭބެކް ސިންގިން ހަދަނީ ކާކުތޯ އަހައިލިޔަސް، މި ސުވާލުގެ ޖަވާބުގައިވެސް ކުރިއަށް އަންނަނީ ހަމަ މި ލާމަސީލު ފަންނާނުގެ ނަމެވެ. އެގޮތުން، ދިވެހި ސިނަމާގައި ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ އާ ފިލްމު “ހިތްރޯވަރުން” ވެގެންދާނީ އަނެއްކާވެސް ހަންނާނުގެ ރަން އަޑާއި މިއުޒިކީ ހުނަރުގެ ޖާދޫ ބެލުންތެރިންނަށް ފެނި, އިވިގެންދާނެ ފިލްމަކަށެވެ.

ރާއްޖޭގެ މަޝްހޫރު އަދި ތަޖުރިބާކާރު ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ) ގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް ‘ޖޭޒް ފިލްމްސް’ އިން ގެނެސްދޭ “ހިތްރޯވަރުން” އޮލިމްޕަސް ސިނަމާގައި ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 15 މާރިޗު 2027 ގައެވެ. މި ފިލްމުގެ މިއުޒިކާއި، ލަވަތަކުގެ ރާގުތަކުގެ އިތުރުން ހުރިހާ ލަވަތަކެއްގެ ފިރިހެން އަޑަކީވެސް ހަންނާނުގެ ޖާދުވީ އަޑެވެ. މުޅި ފިލްމުގެ ލަވަތަކުން އިވިގެންދާނީ ހަންނާނުގެ ޚާއްޞަ ރަހަތަކެވެ.

މި ފިލްމުގެ މިއުޒިކީ މަސައްކަތްތައް ހަންނާނު ކޮށްދިނުމަކީ އަމްޖޭއަށް ލިބުނު ނުހަނު ބޮޑު އުފަލަކާއި ހިތްހަމަޖެހުމެކެވެ. އެކަމާ ގުޅޭގޮތުން އަމްޖޭ ބުނީ، ހަންނާނަކީ އޭނާގެ ފިލްމީ ޙަޔާތާ ވަރަށް ބޮޑަށް ގުޅިފައިވާ ޚާއްޞަ ޝަޚްޞިއްޔަތެއް ކަމަށެވެ.

“އަޅުގަނޑަށް ހަންނާން ޚާއްޞަވާ ގޮތަކީ އަޅުގަނޑު ފިލްމީ މަސައްކަތް ފަށައިގަތް ފުރަތަމަ ފިލްމު ‘ހުރަސް’ ގެ އެހެރަ ރީތި ލަވަތައް ކިޔުއްވައިދެއްވީވެސް ހަންނާން. މިސާލަކަށް ‘ރޭގާ ޚިޔާލްކުރީމޭ’ ފަދަ ލަވަތައް،” ޒަމާންވީ ގުޅުން ހަނދާން އައުކުރަމުން އަމްޖޭ ބުންޏެވެ.

މިވެސް ކިޔާލަން:  "މިނިވަން އުފާ" ޓިކްޓޮކް މުބާރާތަށް ޓިކްޓޮކް ހަދައިގެން 15000 ރުފިޔާ!

މީގެއިތުރުން، ފިލްމުގެ މަންޒަރުތަކާއި ވާހަކައިގެ އަސަރު ފުރިހަމައަށް ގެނެސްދިނުމުގައި މިއުޒިކަށް ވަރަށް ބޮޑަށް އިސްކަންދީފައިވާނެ ކަމަށް އަމްޖޭ ފާހަގަކުރިއެވެ.

“މި ފިލްމު އުފެއްދުމުގަ ވަރަށް ބޮޑަށް ބަލާފަ ހުންނާނެ ރާގާ މިއުޒިކަށް. ފިލްމުގެ ހުރި ހިތާމަވެރިކަން މިއުޒިކާ ލަވަތަކުން ގެނެސްދެވޭތޯ އަޅުގަނޑު ވަރަށް ބޮޑަށް މަސައްކަތްކުރިން.” އަމްޖޭ އިތުރަށް ބުންޏެވެ. އަމްޖޭގެ މި މަސައްކަތުގެ ފުރިހަމަ ރަހަ ގެނެސްދޭ މިއުޒިކީ ޝެފަކީ ހަންނާނެވެ.

އަމްޖޭގެ އިރުޝާދުގެ ދަށުން، ހަންނާނުގެ އަސަރުގަދަ މިއުޒިކާއި ރާގުތަކާއެކު އުފައްދާ “ހިތްރޯވަރުން” ވެގެންދާނީ ދިވެހި ފިލްމީ އަދި މިއުޒިކީ ދާއިރާގައި ފާހަގަކޮށްލެވޭނެ ފަދަ އަސަރުގަދަ، އަދި ބެލުންތެރިންގެ ހިތްތަކާ ކުޅެލާނެ ފުރިހަމަ އުފެއްދުމަކަށެވެ. 2027 ވަނަ އަހަރުގެ މާރިޗު މަހު މި ފިލްމު ސްކްރީނަށް އަންނައިރު، މިއީ ހަމަޔަޤީނުންވެސް ހަންނާނުގެ އަޑަށް ލޯބިކުރާ ގިނަ ފަރާތްތަކަކަށް ލިބިގެންދާނެ ވަރަށް ބޮޑު ހަދިޔާއެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top