ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީ މުބާރާތުގެ” ތިންވަނަ މުބާރާތައް ތައްޔާރުވަނީ

ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ “ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީ މުބާރާތް” މި އަހަރު ބޭއްވުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ފަށައިފިއެވެ. މިއީ މި މުބާރާތް ބާއްވާ ތިންވަނަ ފަހަރެވެ.

މިދިޔަ ދެ އަހަރުވެސް ވަރަށް ކާމިޔާބުކަމާއެކު ކުރިއަށްގެންދިޔަ މި މުބާރާތަކީ މުޅި އަތޮޅަށް ހުޅުވާލައިގެން، އަތޮޅުގެ ރަށްތަކުގެ މެދުގައި އެކުވެރިކަން އާލާކޮށް ވޮލީގެ ފޯރި ގަދަކުރުމުގެ މަގުސަދުގައި ބާއްވާ މުބާރާތެކެވެ. މި މުބާރާތް ކުޅެން ހަމަ ޖެހިފައިވަނީ ނ. ވެލިދޫ ގައެވެ.

މި އަހަރުގެ މުބާރާތުގެ ފިރިހެން ޑިވިޜަންގައި ޖުމްލަ 7 ޓީމެއް ބައިވެރިވެއެވެ. އެއީ ހެނބަދޫ، މަނަދޫ، މާޅެންދޫ، ފޮއްދޫ، ހޮޅުދޫ، ވެލިދޫ އަދި މަގޫދޫ އެވެ. އަންހެން ޑިވިޜަންގައި ބައިވެރިވަނީ 5 ޓީމެކެވެ. އެއީ މަނަދޫ، މާޅެންދޫ، ފޮއްދޫ، ވެލިދޫ އަދި މަގޫދޫ އެވެ.

މި އަހަރު “ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީ މުބާރާތް” ފެށުމަށް ހަމަ ޖެހިފައި ވަނީ މި މަހުގެ 25 ވަނަ ދުވަހުއެވެ. މިހާރު މި ޓޯނަމަންޓް ގައި ވާދަ ކުރާ ޓީމުތައް ދަނީ އެތަކެއް ތައްޔާރީ ތަކެއް ވަމުންނެއެވެ.

މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަށް ބަލާއިރު، 2025 ވަނަ އަހަރު ބޭއްވުނު މުބާރާތުގެ އަންހެން ޑިވިޜަންގެ ތަށި އުފުލާލީ މުބާރާތް ބާއްވާ ރަށް، ވެލިދޫ އިންނެވެ. އަދި ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން ހޯދާފައިވަނީ ހެނބަދޫ ޓީމުންނެވެ.

މުބާރާތް އިންތިޒާމުކުރާ ފަރާތުން މައުލޫމާތު ދޭ ގޮތުގައި، މި އަހަރުގެ މުބާރާތް ކުރީ އަހަރުތަކަށްވުރެ ފޯރިގަދަ އަދި ފުރިހަމަ މުބާރާތަކަށް ހެދުމަށްޓަކައި ގިނަ މަސައްކަތްތަކެއް މިހާރު ދަނީ ކުރެވެމުންނެވެ. މި މުބާރާތަކީ ނޫނު އަތޮޅުގެ ވޮލީގެ ހުނަރުވެރިން ފެނިގެންދާނެ މުހިންމު ޕްލެޓްފޯމަކަށް ވެގެންދާނެއެވެ.

12
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ޒުހުރާ2 މަސް ކުރިން

ވ ރަގަޅު މިޚަބަރު ކިޔާލުމުން މައުލޫމާތު ތަކެއްލިބިއްޖެ އަދި އިތުރު މިއުލޫމާތު ލިބޭނެކަމަށް އުއްމީދުކުރަން

Home
Menu
Search
Back to top