ދީނީ ސުވާލެއް އޮތީތަ؟
ރަހަފަތް
ތެލުލި މަސް ފޮނި ކުޅި ސޯސްއާއެކު – މުނިއަވަސް ރަހަފަތް

ތެލުލި މަހަކީ ދިވެހީންގެ މެދުގައި ވަރަށް މަޤުބޫލު އެއްޗެކެވެ. މިއީ ވެސް މަސް ތެލުލައިގެން ބޭނުންކުރެވިދާނެ ފަސޭހަ، އަނގައަށް މީރު ގޮތެކެވެ.

⏱️ ހޭދަވާނެ ވަގުތު: 30 މިނެޓް

🍲 ތައްޔާރުކުރެވޭނެ މިންވަރު: 2 މީހުންނަށް

ބޭނުންވާ ތަކެތި:

🍳 250 ގްރާމް ކަނޑުމަސް (ކަށި ނެތް)

🍳 25 ގްރާމް ކުދި ފިޔާ (ރަތް ފިޔާ)

🍳 10 ގްރާމް ކޮތަނބިރި ފަތް

🍳 15 މިލިލީޓަރު ހުތް ފެން (ހެލެނބެލި ޖޫސް)

🍳 500 މިލިލީޓަރު އޮލިވް އޮއިލް

🍳 5 ގްރާމް ރަތް މިރުސް

🍳 10 ގްރާމް ޒުވާރި ފުށް

🍳 10 ގްރާމް ލޮނުމެދު

🍳 3 ގްރާމް ހަކުރު

🍳 15 މިލިލީޓަރު ތަރުކާރީ ސޫޕް (ވެޖިޓަބަލް ސްޓޮކް)

🍳 ލޮނު (ރަހަލާވަރަށް)

♨️ ތައްޔާރުކުރާނެ ގޮތް:

1 – ޕޭސްޓް ތައްޔާރުކުރުން: ކޮތަނބިރި ފަތުގެ މޫ، ލޮނުމެދު، ރަތް މިރުސް އަދި ކުދި ފިޔާ ވަން ކަހަލަ އެއްޗަކަށް އަޅައިގެން ރަނގަޅަށް މުގުރާލާށެވެ.

2 – ކޯން ފްލާވަރ މިކްސް ތައްޔާރުކުރުން: ބޯތަށްޓަކަށް ކޯން ފްލާވަރާއި ކުޑަ ފެންފޮދެއް އެޅުމަށްފަހު، އޮލަވަންދެން ގިރުވާލާށެވެ.

3 – މަސް ތެލުލުން: ކަށިނެތް މަސްކޮޅު ކުރިން ތައްޔާރުކުރި ކޯން ފްލާވަރުގެ ތެރެއަށް ލުމަށްފަހު، ހޫނު ތެލުގެ ތެރޭގައި ރަތްވަންދެން ތެލުލާށެވެ. މަސްކޮޅު ރަނގަޅަށް ރަތްވުމުން ތެލުން ނަގައި ތަށްޓަކަށް އަޅާށެވެ.

4 – ސޯސް ތައްޔާރުކުރުން: ތަވައެއްގައި ކުޑަ ތެޔޮފޮދެއް ހޫނުކުރުމަށްފަހު، ކުރިން މުގުރި ޕޭސްޓް (ކޮތަނބިރި މޫ، ލޮނުމެދު، މިރުސް، ފިޔާ) އަޅައިގެން މިނެޓެއްހާއިރު މީރުކޮށްލާށެވެ. އެއަށްފަހު ހަކުރު، ލޮނު، ތަރުކާރީ ސްޓޮކް އަދި ހުތް ފެން އަޅާށެވެ. ސޯސްގަނޑު އޮލަވަންދެން 5-7 މިނެޓު ވަންދެން ކައްކާލާށެވެ.

5 – ސާވްކުރުން: ތެލުލި މަސްކޮޅު ތަށްޓެއްގައި އަތުރާލުމަށްފަހު، އޭގެ މައްޗަށް ތައްޔާރުކުރި އޮލަ ސޯސްގަނޑު އޮއްސާލާށެވެ. އެންމެ ފަހުން މައްޗަށް ކޮތަނބިރި ފަތްކޮޅެއް ބުރުވާލުމުން މިހިރީ ކާން ތައްޔާރުވެފައެވެ.

2
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top