– ޓީ.އާރު.ޕީ ރިޕޯޓް: ‘ކިޔުނކީ ސާސް ބީ ކަބީ ބަހޫ ތީ 2’ ތާވަލުގެ އެއްވަނައިގައި، ‘އަނޫޕަމާ’ ފަހަތަށް ޖައްސާލުމަށްފަހު ދެވަނަ މަގާމު އެހެން ސީރީޒަކުން ހޯދައިފި
މި ހަފުތާގެ ޓީ.އާރު.ޕީ ރޭޓިންގް އިން ގިނަ ބަޔަކަށް ހައިރާންކަން ލިބިގެންދާނެއެވެ. ސްމްރިތީ އިރާނީގެ ‘ކިޔުނކީ ސާސް ބީ ކަބީ ބަހޫ ތީ 2’ ތާވަލުގެ ކުރީގައި އޮތްއިރު، ‘ނާގިން 7’ އަށް ގަދަ ފަހަކުން ޖާގައެއް ނުލިބުނެވެ.
2026 ވަނަ އަހަރުގެ 14 ވަނަ ހަފްތާގެ ޓީ.އާރު.ޕީ ރޭޓިންގްސް އާންމުކޮށްފައިވާއިރު، މިފަހަރުގެ ނަތީޖާ ފެންނަނީ ވަރަށް ތަފާތު ގޮތަކަށެވެ. އެކްތާ ކަޕޫރުގެ ‘ކިޔުނކީ ސާސް ބީ ކަބީ ބަހޫ ތީ 2’ އެއްވަނައިގައި ހިފަހައްޓަމުން ދާއިރު، ރޫޕާލީ ގަންގޫލީގެ ‘އަނޫޕަމާ’ ވަނީ ވަރަށް ބޮޑަށް ފަހަތަށް ގޮސްފައެވެ. މިހާރު ތާވަލުގެ ދެވަނަ މަގާމު ހޯދާފައިވަނީ ‘ވަސޫދާ’ އެވެ. ތިންވަނައިގައި ‘ގަންގާ މާއީ ކީ ބޭޓިޔާން’ އޮތްއިރު، ‘އަނޫޕަމާ’ އަށް ލިބިފައިވަނީ ހަތަރުވަނަ މަގާމެވެ. ތިރީގައި އެވަނީ އާ ޓީ.އާރު.ޕީ ލިސްޓުގެ ތަފްސީލެވެ.
‘ކިޔުނކީ ސާސް ބީ ކަބީ ބަހޫ ތީ 2’ އިން ޓީ.އާރު.ޕީ ތާވަލުގެ އެއްވަނަ ހޯދައިފި
މި ހަފްތާގެ ޓީ.އާރު.ޕީ ރިޕޯޓުން ދައްކާގޮތުގައި، ވޭތުވެދިޔަ ހަފްތާތަކުގައި މަގުބޫލުކަން ހޯދާފައިވާ ޝޯތަކުގެ ދަރަޖައަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. ސްމްރިތީ އިރާނީގެ ‘ކިޔުނކީ ސާސް ބީ ކަބީ ބަހޫ ތީ 2’ ވަނީ 2.0 ގެ ރޭޓިންގް އަކާއެކު ތާވަލުގެ އެންމެ ކުރި ހޯދާފައެވެ.
މި ލިސްޓުގެ ދެވަނަ ލިބިފައިވަނީ 1.9 ގެ ރޭޓިންގް އަކާއެކު 2024 ވަނަ އަހަރު ފެށި ޑްރާމާ ސީރީޒް ‘ވަސޫދާ’ އަށެވެ. އަރުވިންދު ބައްބަލް އުފައްދާފައިވާ މި ސީރީޒަކީ ތެލުގޫ ސީރީޒެއް ކަމަށްވާ ‘މުއްދާ މަންދާރަމް’ގެ ރީމޭކެކެވެ. މި ސީރީޒްގެ މައިގަނޑު ރޯލުތަކުން ފެންނަނީ ޕްރިޔާ ތާކުރް އާއި އަބީޝެކް ޝަރުމާއެވެ.
ތާވަލުގެ ތިންވަނައިގައި އޮތީ 1.8 ގެ ރޭޓިންގް އަކާއެކު 2025 ވަނަ އަހަރު ދައްކަން ފެށި ‘ގަންގާ މާއީ ކީ ބޭޓިޔާން’ އެވެ. މި ސީރީޒަކީ މަޝްހޫރު ޓީވީ ތަރިން ކަމަށްވާ ރަވީ ދުބޭ އާއި ސަރުގުން މެހެތާ އުފައްދާފައިވާ ސީރީޒެކެވެ.
މި ޑްރާމާ ސިލްސިލާގެ މައިގަނޑު ރޯލުތަކުން ފެނިގެންދަނީ އަމަންދީޕް ސިދޫ، ޝުބަންގީ ލަޓްކަރް، ސްރިޝްތީ ޖެއިން އަދި ޝީޒާން ޚާން އެވެ.
ގިނަ ބަޔަކަށް ހައިރާންކަން ލިބިގެންދިޔަ ކަމަކީ، ރޫޕާލީ ގަންގޫލީގެ މަގުބޫލު ސިލްސިލާ “އަނޫޕަމާ” 1.7 ގެ ރޭޓިންއަކާއެކު ތާވަލުގެ ހަތަރުވަނައަށް ވެއްޓިގެން ދިއުމެވެ. މީގެ އިތުރުން “ކިޔުނކީ ސާސް ބީ ކަބީ ބަހޫ ތީ 2” ގެ ސްޕިން-އޮފް “ކިޔުކީ ރިޝްތޯން ކޭ ބީ ރޫޕް ބަދަލްތޭ ހޭން” ވެސް ވަނީ “އަނޫޕަމާ” އާ އެއްވަރުގެ ރޭޓިންއަކާއެކު ގަދަ ފަހެއްގެ ތެރޭގައި ހިފަހައްޓާފައެވެ.
ވޭތުވެދިޔަ ހަފުތާގެ ޓީ.އާރު.ޕީ ރޭޓިންއަށް ބަލާއިރު، އެންމެ ކުރީގައި އުޅޭ 5 ޝޯއަކީ:
1- ކިޔުކީ ސާސް ބީ ކަބީ ބަހޫ ތީ 2 – 2.0
2- ވަސޫދާ – 1.9
3- ގަންގާ މާއީ ކީ ބޭޓިޔާން – 1.8
4- އަނޫޕަމާ – 1.7
5- ކިޔުކީ ރިޝްތޯން ކޭ ބީ ރޫޕް ބަދަލްތޭ ހޭން – 1.7
މީގެ އިތުރުން، “ތުމްސޭ ތުމް ތަކް” 1.7 ގެ ރޭޓިންއަކާއެކު މި ހަފުތާގެ ލިސްޓުގެ ހަވަނައިގައި އޮތްއިރު، “ޔޭ ރިޝްތާ ކިޔާ ކެހްލާތާ ހޭ” އަދި “ތާރަކް މެހެތާ ކާ އުލްޓާ ޗަޝްމާ” ވަނީ 1.6 ގެ ރޭޓިންއަކާއެކު ހަތްވަނަ އަދި އަށްވަނަ ހޯދާފައެވެ. “އުޅްނޭ ކީ އާޝާ” ކުއްލި ގޮތަކަށް ގަދަ 10 އެއްގެ ތެރޭގައި ހިމެނުނު ނަމަވެސް، “ނާގިން 7” އަށް ލިބުނީ 1.5 ގެ ރޭޓިންއަކާއެކު ލިސްޓުގެ 10 ވަނައެވެ.
