ދީނީ ސުވާލެއް އޮތީތަ؟
ރަހަފަތް
ބާބަކިއު ޗިކަން ޗީޒް ސޭންޑްވިޗް – މުނިއަވަސް ރަހަފަތް

މިއީ ބާބަކިއު ރަހައަށް ލޯބިކުރާ ފަރާތްތަކަށް ޚާއްސަ ސޭންޑްވިޗެކެވެ.

🍲 ތައްޔާރުކުރެވޭނެ އަދަދު: 2 ސޭންޑްވިޗް

⏱️ ތައްޔާރުކުރަން ނަގާ ވަގުތު: 27 މިނެޓު

ބޭނުންވާ ތަކެތި:

🍳 1 ބޯންލެސް ޗިކަން

🍳 4 ފޮތި ޕާން

🍳 3 ސައިސަމުސާ ބަޓަރު (މަޑުކޮށްފައި)

🍳 1 ޖޯޑު ސްމޯކްޑް މޮޒަރެއްލާ ޗީޒް (ގާނާފައި)

🍳 ¼ ރަތް ފިޔާ (ހިމަކޮށް ކޮށާފައި)

🍳 ¼ ބާބަކިއު ސޯސް

🍳 2 ސައިސަމުސާ ކޮރިއަންޑާ ފަތް (ކުދިކޮށް ކޮށާފައި)

🍳 އޮލިވް އޮއިލް

🍳 ލޮނު (ރަހަލާވަރަށް)

🍳 އަސޭމިރުސް (ރަހަލާވަރަށް)

ތައްޔާރުކުރާނެ ގޮތް:

1 – ކުކުޅު މަސްގަނޑުގައި ލޮނާއި އަސޭމިރުސް ހާކާލުމަށްފަހު، ތަވައެއްގައި ކުޑަ ތެޔޮފޮދެއް ޖަހައިގެން ދެފަރާތް ރަތްވަންދެން ފިހެލާށެވެ. ކުކުޅު ރަނގަޅަށް ފިހެވުމުން ކުދިކޮށް ކޮށާލާށެވެ.

2 – ކޮށާފައި ހުރި ކުކުޅުކޮޅުގެ ތެރެއަށް ބާބަކިއު ސޯސް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.

3 – ހަތަރު ޕާން ފޮތި ނަގައި، ކޮންމެ ފޮއްޗެއްގެ އެއްފަރާތުގައި ބަޓަރު ހާކާލާށެވެ. ދެން ދެ ފޮތި ޕާން އަނެއް ފަރާތަށް (ބަޓަރު ނުހާކާ ފަރާތަށް) ފުރޮޅާލާށެވެ.

4 – ބަޓަރު ނުހާކާ ފަރާތުގައި ގާނާފައި ހުރި ޗީޒްގެ ދެބައިކުޅަ އެއްބައި އަޅާލާށެވެ. އޭގެ މަތީގައި ބާބަކިއު ކުކުޅު، ފިޔާ އަދި ކޮރިއަންޑާ ފަތް އަތުރާލާށެވެ. އޭގެ މައްޗަށް ބާކީ ހުރި ޗީޒްކޮޅު އެޅުމަށްފަހު، އަނެއް ޕާން ފޮތިން ނިވާކޮށްލާށެވެ. (ބަޓަރު ހޭކި ފަރާތް ބަހައްޓާނީ ބޭރަށެވެ.

5 – ތަވައެއް މެދުގިނީގައި ހޫނުކޮށްލުމަށްފަހު، ސޭންޑްވިޗް ފިހަން ފަށާށެވެ. ކޮންމެ ފަރާތެއް ގާތްގަނޑަކަށް 3 ނުވަތަ 4 މިނެޓް ވަންދެން ރަން މުށިކުލަ އަރައި ޗީޒްތައް ދިޔާވަންދެން ފިހެލާށެވެ.

6 – ސޭންޑްވިޗް ރަނގަޅަށް ފިހެވުމުން، މެދުން ފަޅާލާފައި ހޫނުކޮށް ހުއްޓާ ސާވްކުރާށެވެ. މި ސޭންޑްވިޗާއެކު ޗިޕްސް، ސެލެޑް ނުވަތަ ފްރެންޗް ފްރައިޒް ވަރަށް ގުޅޭނެއެވެ.

އިތުރު މައުލޫމާތު:

– ސްމޯކްޑް މޮޒަރެއްލާ ނުލިބޭނަމަ އާދައިގެ މޮޒަރެއްލާ، ޗެޑަރ ނުވަތަ ޖެކް ޗީޒްވެސް ބޭނުންކުރެވިދާނެއެވެ.

– ފިޔާ ނުވަތަ ކޮރިއަންޑާ ފަތުގެ ރަހަ ކަމުނުދާނަމަ، އެ ނުލައިވެސް މި ސޭންޑްވިޗް ތައްޔާރުކުރެވިދާނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top