ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“އަރަފްތާ” ސީޒަން 1 ގެ ފަހު އެޕިސޯޑާއެކު ބޮޑެތި ސަޕްރައިޒްތަކެއް

ބެލުންތެރިން ތިބީ އިންތިޒާރުގައި

މަގުބޫލު ތުރުކީ ސީރީޒެއް ކަމަށްވާ “އަރަފްތާ” ގެ ފުރަތަމަ ސީޒަންގެ ފަހު އެޕިސޯޑު މިރޭ ދެއްކުމަށް ހަމަޖެހިފައިވެއެވެ. މި އެޕިސޯޑަކީ ބެލުންތެރިން އެއްގޮތަކަށްވެސް އުންމީދު ނުކުރާ ފަދަ ބޮޑެތި ބަދަލުތަކާއި ސަޕްރައިޒްތަކެއް ފެނިގެންދާނެ އެޕިސޯޑެއް ކަމަށް ޕްރޮޑަކްޝަން ޓީމުން ވަނީ ހާމަކޮށްފައެވެ.

މިއަދު، 17 އެޕްރީލް 2026 ވާ ހުކުރު ދުވަހުގެ ރޭ ތުރުކީ ގަޑިން 7:00 ގައި (ރާއްޖެ ގަޑިން ރޭގަނޑު 9:00 ގައި) ދެއްކުމަށް ހަމަޖެހިފައިވާ މި އެޕިސޯޑަކީ ސީޒަން އެކެއްގެ ނިމުމެވެ. މެމްބަރޝިޕް އެޕިސޯޑުތަކުގެ ގޮތުގައި މިއީ 100 ވަނަ އެޕިސޯޑު ކަމުގައި ވިޔަސް، ޔޫޓިއުބްގައި މި ސީރީޒް ބަލާ ފަރާތްތަކަށް މި ބައި ފެނިގެންދާނީ 50 ވަނަ އެޕިސޯޑުގެ ގޮތުގައެވެ. ހަމައެއާއެކު މި އެޕިސޯޑަކީ ވާހަކައިގެ 187 ވަނަ ދުވަހުގެ ނިމުން ވެސް މެއެވެ.

މި އެޕިސޯޑާ ގުޅޭގޮތުން އާންމުކޮށްފައިވާ ޕްރޮމޯތަކުން ފެންނަ ގޮތުގައި، ވާހަކައިގެ މިސްރާބަށް ހީނުކުރާ ފަދަ ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. ބެލުންތެރިންގެ މެދުގައި މިހާރު އެންމެ ބޮޑަށް އުފެދިފައިވާ ސުވާލަކީ، ސީރީޒްގެ މުހިންމު ކެރެކްޓަރެއް ކަމަށްވާ އާތޭޝް ނުވަތަ ތާހިރު މި އެޕިސޯޑުގައި މަރުވެގެންދާނީތޯ ނުވަތަ މިއީ ދެވަނަ ސީޒަނަކަށް މަގުފަހިކޮށްދޭ އާ ފެށުމެއްތޯ ކުރެވޭ ސުވާލެވެ.

އޯޑިއަންސްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ “އަރަފްތާ” ގެ މި ފަހު އެޕިސޯޑުގައި، އެތައް ދުވަހެއް ވަންދެން ހައްލު ނުވެ ހުރި ސުވާލުތަކަށް ޖަވާބު ލިބިގެންދާނެ ކަމަށް ބެލެވެއެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، މި އެޕިސޯޑަކީ ޖަޒުބާތީ ގޮތުންނާއި، ހާދިސާތަކުގެ ގޮތުން ވަރަށް ވަރުގަދަ، އަދި ސީޒަން ދޭކަށް ބެލުންތެރިން ކެތްމަދު ކުރުވާނެ ފަދަ އެޕިސޯޑަކަށް ވާނެއެވެ.

މި ސީރީޒްގެ ފޭނުން މިހާރު ތިބީ މިރޭ ރާއްޖެ ގަޑިން 9 ޖަހާއިރު ޔޫޓިއުބް މެދުވެރިކޮށް ސީޒަން 1 ގެ މި ފޯރިގަދަ ނިމުން ބަލާލުމަށް ކެތްމަދުވެފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top