ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޑޭވިޑް ދަވަން ފިލްމީ ދާއިރާއިން ރިޓަޔާ ކުރަނީ؟
ފޮޓޯ: ގެޓީ އިމޭޖަސް

ބޮލީވުޑްގެ މަޝްހޫރު ކޮމެޑީ ފިލްމު ޑައިރެކްޓަރު ޑޭވިޑް ދަވަން، އޭނާގެ ފިލްމީ ކެރިއަރު ނިންމާލުމާ ބެހޭގޮތުން އިޝާރާތެއް ދީފިއެވެ. މިކަން ހާމަކޮށްފައިވަނީ އޭނާގެ ކުރިއަށް އޮތް ފިލްމު “ހޭ ޖަވާނީ ތޯ އިޝްޤް ހޯނާ ހޭ” އާ ގުޅޭގޮތުން ވާހަކަދައްކަމުންނެވެ.

މި ފިލްމަކީ ޑޭވިޑް ދަވަންގެ ދަރިފުޅު ވަރުން ދަވަންއާއެކު އޭނާ މަސައްކަތްކުރާ ހަތަރުވަނަ ފިލްމެވެ. މި ފިލްމުގައި ވަރުންގެ އިތުރުން ޕޫޖާ ހެގްޅޭ އަދި މުރްނާލް ތާކުރް މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ.

ޑޭވިޑް ދަވަން ބުނެފައިވަނީ މި ފިލްމަށްފަހު އޭނާ ބޭނުންވަނީ މަސައްކަތުން ދުރުވެ، ހަމައެކަނި “ވަރުންގެ ބައްޕަ” ގެ ގޮތުގައި ހުންނަން ކަމަށެވެ. މިއީ ގިނަ އަހަރުތަކެއް ވަންދެން ބޮލީވުޑަށް ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރު، ރިޓަޔަރމަންޓާ ދިމާލަށް މިސްރާބު ޖަހާފައިވާކަމުގެ ވަރުގަދަ ހެއްކެއް ކަމަށް މީޑިއާތަކުން ބުނެއެވެ.

އިންޑިއާގެ މުމްބާއީގައި މިހާރު ކުރިއަށްދާ މި ފިލްމުގެ މަސައްކަތްތަކަކީ ޑޭވިޑް ދަވަންގެ ޑައިރެކްޝަނުން ފެނިގެންދާނެ އެންމެ ފަހު މަސައްކަތަށް ވުން އެކަށީގެންވެއެވެ. 1980ގެ އަހަރުތަކުން ފެށިގެން އޭނާ ވަނީ ކާމިޔާބު އެތައް ފިލްމެއް އުފައްދާފައެވެ. އެގޮތުން އެކްތަރު ގޯވިންދާއާއެކު އުފެއްދި ފިލްމުތައް ޚާއްސަ ގޮތެއްގައި ފާހަގަކޮށްލެވެއެވެ. އޭނާގެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި “އާކޭނ”، “ކޫލީ ނަންބަރު 1″، “ޖުޅްވާ”، “ހީރޯ ނަންބަރު 1″، “ބަޅޭ މިޔާ ޗޯޓޭ މިޔާ”، “ބީވީ ނަންބަރު 1” އަދި “ޕާޓްނަރ” ހިމެނެއެވެ.

މި ޚަބަރާއެކު ބޮލީވުޑްގެ ފޭނުންނަށް ވަނީ ކޮންމެވެސް ވަރެއްގެ މާޔޫސްކަމެއް ލިބިފައެވެ. ނަމަވެސް އޭނާގެ ރިލީޒްކުރަން ތައްޔާރުވެފައިވާ “ހޭ ޖަވާނީ ތޯ އިޝްޤް ހޯނާ ހޭ” އަކީ އަނެއްކާވެސް މަޖާ، މުނިފޫހިފިލުވައިދޭނެ ފިލްމަކަށް ވާނެކަމަށް އުންމީދުކުރެވެއެވެ. މި ފިލްމު ސިނަމާތަކުގައި ރިލީޒްކުރަން ތާވަލުކޮށްފައިވަނީ އަންނަ ޖޫން މަހުގެ 12 ގައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top