ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ގޯވިންދާ އާއި ޑޭވިޑް ދަވަންގެ ގުޅުން ކެނޑުނު ސަބަބު ގޯވިންދާ ހާމަކޮށްފި
ފޮޓޯ: ގޫގަލް

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ގޯވިންދާ، އޭނާއާއެކު ގިނަ ފިލްމުތަކެއްގައި މަސައްކަތްކުރި ޑައިރެކްޓަރު ޑޭވިޑް ދަވަންއާ ދެމެދު އޮތް ފަންނީ ގުޅުން ކެނޑިގެން ދިޔަ ސަބަބާ ބެހޭގޮތުން ފުރަތަމަ ފަހަރަށް ވާހަކަދައްކައިފިއެވެ.

އޭއެންއައިއަށް ދިން އިންޓަވިއުއެއްގައި ގޯވިންދާ ބުނީ، އޭނާ އާއި ޑޭވިޑް ދަވަން އެކުގައި 17 ފިލްމެއް އުފައްދާފައިވާ ކަމަށެވެ. ނަމަވެސް، އެ ގުޅުން ހުއްޓުމަކަށް އައީ ޑޭވިޑް ދަވަންއަށް އިތުރަށް ގޯވިންދާއާއެކު ކުރިއަށް ނުދެވޭނެ ކަމަށް އޭނާއަށް ޤަބޫލުކުރެވުނު ހިސާބުން ކަމަށް ގޯވިންދާ ބުންޏެވެ.

“އަހަރެން ބޭނުންވި 18 ވަނަ އަދި 19 ވަނަ ފިލްމެއްގައިވެސް އެކުގައި މަސައްކަތްކުރަން. އެކަމަކު އޭނާ އެކަން ނުކުރީމާ އަހަންނަށް އިޙުސާސްވީ އޭނާ ކުރިއަށްދަނީ އޭނާގެ އަމިއްލަ ވިސްނުމާ އެއްގޮތަށްކަން. އެކަމާމެދު އަހަރެން ދުވަހަކުވެސް ޝައްކެއް ނުކުރަން.” ގޯވިންދާ ކިޔައިދިނެވެ.

މަސައްކަތުގެ މައިދާނުގައި ދެމީހުން ވަކިވި ނަމަވެސް، އަމިއްލަ ދިރިއުޅުމުގައި ދެމީހުންގެ ދެމެދުގައި އޮތް ގުޅުން އަދިވެސް އެބައޮތްކަން ގޯވިންދާ ފާހަގަކުރިއެވެ. ބައެއް ފަހަރު ޑޭވިޑް ދަވަންދެކެ ކޮންމެވެސް ވަރަކަށް “ހިތްހަމަނުޖެހޭ” ކަމަށާއި، ނަމަވެސް ދެމީހުންގެ މެދުގައި އޮންނަ މުއާމަލާތްތަކުގެ ސަބަބުން އެކަކު އަނެކަކު ދެނެގަންނަ ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން، ޑޭވިޑް ދަވަންގެ އެންމެ ފަހުގެ ފިލްމު ރިލީޒްކުރުމުގެ ކުރިން އޭނާއަށް ގުޅި ކަމަށާއި، ފިލްމު ރިލީޒްވުމަށްފަހު ޑޭވިޑް ދަވަން ގުޅައި، ގޯވިންދާގެ ހުރި ދަތިތަކުން އަވަހަށް އަރައިގަތުމަށް ބުނެފައިވާ ކަމަށްވެސް އޭނާ ހާމަކުރިއެވެ. “އޭނާއަކީ އިޚްލާޞްތެރި، ރަނގަޅު މީހެއް.” ޑޭވިޑް ދަވަންއަށް ތަޢުރީފު ކުރަމުން ގޯވިންދާ ބުންޏެވެ.

މިވެސް ކިޔާލަން:  ކަނޑުތައް ހޫނުވުމުގެ އިތުރުން މުރަކަތަކަށް އޮތް ބޮޑު ނުރައްކަލެއް ސައިންސްވެރިން ހާމަކޮށްފި

މި އިންޓަވިއުގައި ގޯވިންދާ ވަނީ ކުރީގެ މަޝްހޫރު އެކްޓަރު ކާދަރު ޚާންއާއެކު ކުރި މަސައްކަތްތަކުގެ ހަނދާންތައްވެސް އާކޮށްފައެވެ. “ކޫލީ ނަމްބަރު 1″، “ސާޖަން ޗަލޭ ސަސުރާލް” އަދި “ހީރޯ ނަމްބަރު 1” ފަދަ ފިލްމުތަކުގައި ދެމީހުންގެ މެދުގައި އޮތް ކެމިސްޓްރީގެ އަސްލަކީ ކާދަރު ޚާންގެ ފަރާތުން އޭނާއަށް ދަސްވި ކަންތައްތައް ކަމަށް ގޯވިންދާ ބުންޏެވެ.

ކާދަރު ޚާންގެ ހަނދާންތައް އާކުރަމުން ގޯވިންދާ ބުނީ، އެއްދުވަހަކު ކާދަރު ޚާން އޭނާގެ އަތަށް ބޮސްދީފައި “ކަލޭގެ ކިބައިގައި ހުނަރު އެބަހުރި” ކަމަށް ބުނި ދުވަސް މަތިން ދުވަހަކުވެސް ހަނދާން ނުނެތޭނެ ކަމަށެވެ. އަދި ކާދަރު ޚާންގެ މަސައްކަތް ހުންނަ ގޮތް ދަސްވުމުން، ދެމީހުންގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެގެން ދިޔަ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top