ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
އުމުރުން 30 ވީތަ؟ ކައިވެނިކުރާއިރު މިކަންކަމާ މަޝްވަރާކުރާތި

އުމުރުން 30 ގެ އަހަރުތަކުގައި ކައިވެނިކުރުމަށް ނިންމާއިރު، ބައިވެރިޔާއާއެކު ވަރަށް ފުން މަޝްވަރާތަކެއް ކުރަން ޖެހެއެވެ. މިއީ އެ އުމުރުގައި ކައިވެނިކުރުމަކީ އުނދަގޫ ކަމަކަށް ވާތީއެއް ނޫނެވެ. ނަމަވެސް އެ އުމުރަކީ ތިމާގެ އަމިއްލަ ނަފުސާއި، ދިރިއުޅުމުގެ ވައްޓަފާޅި، މާލީ ހާލަތު، އާދަކާދަތައް އަދި އަމިއްލަވަންތަކަން ވަކި ގޮތަކަށް ބައްޓަންވެފައިވާ ދުވަސްވަރަކަށް ވާތީއެވެ. ކައިވެނީގެ ގުޅުން ބަދަހިކޮށް ދެމެހެއްޓުމަށްޓަކައި ހަމައެކަނި ލޯތްބަކުން ފުދޭކަށް ނެތެވެ. ކައިވެނީގެ ތައްޔާރީތައް ފެށުމުގެ ކުރިން މި ބަޔާންކުރާ ކަންކަމާމެދު މަޝްވަރާކުރުން ވަރަށް މުހިންމެވެ.

1 – މާލީ ރޭވުންތެރިކަން

ހަމައެކަނި ލޯބިން ދިރިއުޅުމުގެ މާލީ ބޭނުންތަކެއް ނުފުއްދޭނެއެވެ. ގޭތެރޭގެ ޚަރަދުތައް ބަލަހައްޓާނެ ގޮތާއި، ފައިސާ ޚަރަދުކުރުމާއި ގެންގުޅޭ އުސޫލުތަކާމެދު ތެދުވެރިކަމާއެކު ވާހަކަދައްކަން ޖެހެއެވެ. ދެމީހުން އެކުގައި އަދި ވަކިވަކިން ފައިސާ ރައްކާކުރާނެ ގޮތަކީ ކޮބައިތޯއާއި، ކޮންމެހެން ކުރަންޖެހޭ ޚަރަދުތަކަކީ ކޮބައިކަން ކަނޑައަޅާށެވެ. މާލީ ކަންކަމުގައި ދިމާވެދާނެ މައްސަލަތަކުން ސަލާމަތްވުމަށްޓަކައި މި ވާހަކަތައް ދުރާލައި ދެއްކުން މުހިންމެވެ.

ފޮޓޯ: މުނިއަވަސް ގްރެފިކްސް

2 – އިސްކަންދޭ ކަންތައްތައް ކަނޑައެޅުން

ކައިވެނީގެ ތެރޭގައި ވަޒީފާ ނުވަތަ މުސްތަޤުބަލުގެ އުންމީދުތަކާމެދު ދެމީހުންގެ ވިސްނުން ހުރިގޮތް އޮޅުންފިލުވަން ޖެހެއެވެ. ދިރިއުޅުމާއި ވަޒީފާގެ ބެލެންސް ހިފަހައްޓާނީ ކިހިނެއްތޯއާއި، ދެމީހުންކުރެ މީހަކަށް ވަޒީފާގައި ބުރަވެ ނުވަތަ ވަޒީފާ ގެއްލޭފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ގޭތެރޭގެ ކަންކަން ބަލަހައްޓާނީ ކިހިނެއްތޯ ސުވާލުކުރާށެވެ. މިއީ ގިނަ ބަޔަކު އަޅާނުލާ ދޫކޮށްލާ ނަމަވެސް ވަރަށް މުހިންމު ކަމެކެވެ.

ފޮޓޯ: މުނިއަވަސް ގްރެފިކްސް

3 – ދަރިން ހޯދުމާމެދު ވާހަކަދެއްކުން

“މިކަމާ ފަހުން ވާހަކަދައްކާނީ” އޭ ބުނެ މި މައުޟޫއު ދޫކޮށްނުލާށެވެ. ދަރިން ހޯދަން ބޭނުންވޭތޯ، ބޭނުންވާނަމަ ކިތައް ކުދިންތޯ އަދި ކުދިން ތަރުބިއްޔަތުކުރުމުގައި ގެންގުޅޭނެ އުސޫލުތަކަކީ ކޮބައިތޯ ކައިވެނީގެ ކުރިން އެނގެން ޖެހެއެވެ. ދަރިން ހޯދުމާމެދު ދެމިހުންގެ ޚިޔާލު މުޅިން ތަފާތުނަމަ، އެއީ މުސްތަޤުބަލުގައި ގުޅުމަށް ބޮޑެތި ބުރޫތަކެއް އަރާފާނެ ކަމެކެވެ.

ފޮޓޯ: މުނިއަވަސް ގްރެފިކްސް

4 – ދެބަސްވުންތައް ހައްލުކުރުން

ކޮންމެ ގުޅުމެއްގައިވެސް ޚިޔާލުތަފާތުވުންތަކާއި ޒުވާބުތައް ހިނގާނެއެވެ. ކާމިޔާބު ކައިވެންޏެއްގެ ސިއްރަކީ ޒުވާބު ނުކުރުމެއް ނޫނެވެ. ނަމަވެސް، އެކަކު އަނެކަކަށް ދެރައެއް ނުލިބޭނޭހެން މައްސަލަތައް ހައްލުކުރަން ދެނެގަތުމެވެ. މައްސަލައެއް ދިމާވުމުން ވާހަކަ ނުދައްކާ ހުންނަނީތޯ ނުވަތަ މަޝްވަރާކޮށްގެން ހައްލު ހޯދަނީތޯ ދެނެގަތުން މުހިންމެވެ.

ފޮޓޯ: މުނިއަވަސް ގްރެފިކްސް

5 – ނަފުސާނީ އަދި އިޙުސާސީ ދުޅަހެޔޮކަން

އުފާވެރި ދުވަސްތަކުގައި ކައިވެނި އޮންނާނީ ވަރަށް ފަސޭހަކޮށެވެ. ނަމަވެސް، ދިރިއުޅުމުގެ އުނދަގޫ ދުވަސްތަކުގައި ސްޓްރެސް އާއި އިޙުސާސްތައް މެނޭޖުކުރާނެ ގޮތް ބައިވެރިޔާއަށް ކިޔައިދޭށެވެ. ތިމާ ވަރުބަލިވާ ނުވަތަ މާޔޫސްވާ ކަންކަމަކީ ކޮބައިކަން ބައިވެރިޔާއަށް އެނގުމުން، އެކަކު އަނެކަކަށް އެހީތެރިވެވި ދިރިއުޅުމުގެ ގޮންޖެހުންތަކުން އަރައިގަންނަން ފަސޭހަވާނެއެވެ.

ފޮޓޯ: މުނިއަވަސް ގްރެފިކްސް

އުމުރުން 30ގެ އަހަރުތަކުގައި ކައިވެނިކުރާއިރު، ތިމާގެ އަމިއްލަ ނިންމުންތަކާމެދު އިތުބާރު އޮންނާނެއެވެ. އެހެންކަމުން މިފަދަ މުހިންމު ކަންކަމުގައި ދުރާލައި މަޝްވަރާކުރުމަކީ ބާއްޖަވެރި ދިރިއުޅުމަކަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.

2
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top