ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“މޭޑް އިން އިންޑިއާ” ގެ ލަވަކިޔުންތެރިޔާ އަލީޝާ ޗިނާއީ ހަނދާން އެބަހުރި ހެއްޔެވެ؟

“މޭޑް އިން އިންޑިއާ” ގެ ލަވަކިޔުންތެރިޔާ އަލީޝާ ޗިނާއީ ހަނދާން އެބަހުރި ހެއްޔެވެ؟ އޭނާގެ މިހާރުގެ ސިފައަށް އައިސްފައިވާ ބަދަލުތަކުން ތިޔަބޭފުޅުން ހައިރާންކޮށްލާނެއެވެ.

އަލީޝާ ޗިނާއީގެ އާ ފޮޓޯތަކާއެކު ގިނަ ބައެއްގެ ސަމާލުކަން އަނެއްކާވެސް އޭނާއަށް ވަނީ ހުއްޓިފައެވެ. އިންޑިއާގެ ޕޮޕް މިއުޒިކް ނުވަތަ “އިންޑީ-ޕޮޕް” އާންމުންގެ ތެރޭގައި މަގުބޫލުކޮށްދިނުމުގައި އަލީޝާއަކީ ވަރަށް މުހިންމު ދައުރެއް އަދާކުރި ލެޖެންޑެކެވެ. މިއަދުވެސް “މޭޑް އިން އިންޑިއާ”، “ތިންކާ ތިންކާ” އަދި “ސޯނިޔާ” ފަދަ މަޝްހޫރު ލަވަތަކުގެ މަތިން ގިނަ ބަޔަކު ހަނދާން ކުރެއެވެ. “ކުއީން އޮފް އިންޑީ-ޕޮޕް” ގެ ލަގަބު ހޯދުމަށްފަހު، އޭނާ ވަނީ ބޮލީވުޑް ފިލްމުތަކަށް ލަވަކިޔައިދޭން ފަށާފައެވެ. ދާދި ފަހުން އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރި ސެލްފީއަކާ އެކު، ސަޕޯޓަރުންގެ ލޯބި އަނެއްކާވެސް އޭނާއަށް ވަނީ އޮހިފައެވެ.

އަލީޝާ ޗިނާއީގެ ސިފައަށް އައިސްފައިވާ ބަދަލު ފާހަގަކޮށްލެވޭ

80 އާއި 90ގެ އަހަރުތަކުގައި މިއުޒިކަށް ލޯބިކުރި ކޮންމެ މީހަކަށްމެ އަލީޝާގެ މަގުބޫލު ލަވަތައް އެނގޭނެކަން ކަށަވަރެވެ. އޭނާގެ އަލްބަމްތައް ކަމަށްވާ “ޖާދޫ”، “ބޭބީޑޯލް”، “މެޑޯނާ” އަދި “މޭޑް އިން އިންޑިއާ” އަކީ އެ ދުވަސްވަރު އެންމެ ގަދައަށް އިވުނު ލަވަތަކެވެ. އޭނާގެ ބާރުގަދަ އަޑުގެ އިތުރުން، އޭނާގެ ފަރިކަމަކީ ވެސް އެތައް މިލިއަން ސަޕޯޓަރުންނެއްގެ ހިތް އަތުލި ކަމެކެވެ.

އެހެންކަމުން، އޭނާގެ އާ ސެލްފީތަކަށް ގިނަ ބައެއްގެ ތައުރީފު ވަނީ ލިބިފައެވެ. އުމުރުން މިހާރު 61 އަހަރުވެފައިވާ އަލީޝާގެ އާ ފޮޓޯތަކުގައި އޭނާ ފެންނަނީ ކުރު އިސްތަށިގަނޑަކާއެކު ވަރަށް ޒުވާންކޮށް އަދި ފަރިކޮށެވެ. މުށިކުލައިގެ މާޖެހި ހެދުމަކާއި، ރަން ކުލައިގެ ފަށްތަކެއްގެ އިތުރުން ރީތި ހިނިތުންވުމަކާއެކު އޭނާ ފެންނަނީ ވަރަށް އުފާވެރިކޮށެވެ.

އޭނާގެ މި ފޮޓޯތަކަށް ސަޕޯޓަރުން ކުރި ކޮމެންޓުތަކުން މުޅި ސޯޝަލް މީޑިއާ ވަނީ ފުރާލާފައެވެ. ބައެއް މީހުން އޭނާއަކީ އެމީހުންގެ ކުޑައިރުގެ “ކްރަޝް” އެއް ކަމަށް ބުނިއިރު، އަނެއް ބަޔަކު ބުނެފައިވަނީ އަލީޝާގެ އަޑު ފަދައިން އޭނާގެ ސިފަވެސް އަދިވެސް އެހާ ރީތި ކަމަށެވެ. އެގޮތުން އެކަކު ބުނެފައިވަނީ “އަލީޝާއަކީ އަބަދުވެސް އަހަރެންގެ އެންމެ ފޭވަރިޓް، އަދި އަބަދުވެސް ވަރަށް ރީތި” ކަމަށެވެ. އަދި އަނެއް ސަޕޯޓަރަކު ބުނީ “މޭޑް އިން އިންޑިއާ” ލަވައަކީ އަދިވެސް އޭނާގެ އެންމެ މަގުބޫލު ލަވަ ކަމަށެވެ.

މީގެ އިތުރުން، ބައެއް ސަޕޯޓަރުން ވަނީ އޭނާގެ ލަވަތަކުގެ ކެސެޓްތައް އަދިވެސް ރައްކާކޮށްފައި ހުރި ކަމަށާއި، އަލީޝާއަކީ އަސްލު “އޯޖީ ރޮކްސްޓާ” އެއްގެ ގޮތުގައި ސިފަކޮށްފައެވެ. އެކަކު ބުނެފައިވާ ގޮތުގައި އޭނާ ކުޑައިރު އޭނާގެ މަންމަ ލައްވައި ޓީޝާޓެއްގައި “މޭޑް އިން އިންޑިއާ” ޖަހައިގެން ހުރިހާ ތަނަކަށް އެ ލައިގެން ދިޔަ ހަނދާންވެސް އާވެއްޖެއެވެ.

ބޮލީވުޑްގައިވެސް އަލީޝާ ވަނީ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައެވެ. އޭގެ ތެރޭގައި ރިތިކް ރޯޝަންގެ “ކްރިޝް 3” ގެ “ދިލް ތޫ ހީ ބަތާ” އާއި، އާމިރު ޚާންގެ “ރާޖާ ހިންދުސްތާނީ”ގެ “ތޭރޭ އިޝްގް މޭ ނާޗޭންގޭ” ފަދަ މަޝްހޫރު ލަވަތައް ހިމެނެއެވެ.

2
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top