ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ކެމްޕަސް ބީޓްސް ރިޓާންސް” ގެ ޓްރެއިލާ އާންމުކޮށްފި
ފޮޓޯ: ގޫގަލް

ޒުވާނުންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ “ކެމްޕަސް ބީޓްސް” ފްރެންޗައިޒްގެ އާ ސީޒަން “ކެމްޕަސް ބީޓްސް ރިޓާންސް” ގެ ފޯރިގަދަ ޓްރެއިލާ ދައްކާލައިފިއެވެ. އެމެޒޯން އެމް.އެކްސް ޕްލޭޔަރ އިން ނެރުނު މި ޓްރެއިލާއިން ފެނިގެންދަނީ ކުރިއަށްވުރެ ވަރުގަދަ ނެށުންތަކާއި، އަސަރުގަދަ ލޯބީގެ ހާދިސާތަކެކެވެ.

މި ސީޒަނުގައި މައިގަނޑު ގޮތެއްގައި ފެނިގެންދަނީ އިޝާން (ޝާންތަނޫ މަހޭޝްވަރީ) އާއި ނެތުރާ (ޝްރޫތީ ސިންހާ) ގެ ލޯބީގެ ދަތުރަށް އަންނަ ބޮޑު ބަދަލެވެ. ނެތުރާ އޭނާގެ މާޒީ ދޫކޮށް ސުމޭރާއެކު އާ ދިރިއުޅުމެއް ފަށަން މަސައްކަތް ކުރަމުންދާއިރު، އިޝާން މަސައްކަތް ކުރަނީ ނެތުރާ އަނބުރާ ހޯދުމަށެވެ. ނަމަވެސް އާ ގުޅުންތަކާއި ސިއްރުތަކުގެ ސަބަބުން މިކަން ވަނީ ވަރަށް ބޮޑަށް އޮޅުންބޮޅުން ވެފައެވެ.

މި ސީޒަނާ ގުޅޭގޮތުން އެމެޒޯން އެމް.އެކްސް ޕްލޭޔަރގެ ހެޑް އޮފް ކޮންޓެންޓް އަމޯގް ދޫސާދު ވިދާޅުވީ، މިއީ އެ ޕްލެޓްފޯމްގައި އެންމެ ގިނަ ދުވަސްވީ އަދި އެންމެ ކާމިޔާބު އެއް ފްރެންޗައިޒް ކަމަށެވެ. އަދި މިފަހަރުގެ ސީޒަނަކީ ކުރިއަށްވުރެ ފުން އިޙުސާސްތަކާއި ތަފާތު ޓްވިސްޓްތައް ހިމެނޭނެ ސީޒަނެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ލީޑް އެކްޓަރު ޝާންތަނޫ ބުނިގޮތުގައި މި ސީޒަނުގައި އިޝާންގެ ދަތުރު ފެނިގެންދާނީ ވަރަށް ތަފާތުކޮށެވެ. އަނެއްކޮޅުން ޝްރޫތީ ބުނީ ނެތުރާގެ ކެރެކްޓަރ މިފަހަރު ފެންނާނީ އަމިއްލަ ނަފްސު އަލުން ހޯދަން މަސައްކަތްކުރާ މީހެއްގެ ގޮތުގައި ކަމަށެވެ. މި ސީޒަނާއި އަލަށް ގުޅުނު އެކްޓަރު ޕާރަސް ކަލްނާވަތު ވެސް ވަނީ މިފަދަ މަޤުބޫލު ސީރީޒްއެއްގެ ބަޔަކަށް ވުމީ ލިބުނު ބޮޑު އުފަލެއް ކަމަށް ބުނެފައެވެ.

ބަނީޖޭ އޭޝިއާ އިން އުފައްދާ މި ސީރީޒްގެ ކްރިއޭޓިވް ޕްރޮޑިއުސަރަކީ ޕަލްކީ މަލޯތުރާއެވެ. އަދި ޑައިރެކްޓް ކުރީ އަނިރުދާ ރާޖްދަރްކަރެވެ. މި ސީރީޒްގައި ޝާންތަނޫ، ޝްރޫތީ، އަދި ޕާރަސްގެ އިތުރުން ސަހާޖް ސިންގް ޗަހާލް، ދިޕަންކަނާ ދާސް އަދި އަދުނާން އަޙްމަދު ފަދަ ތަރިން ފެނިގެންދާނެއެވެ.

“ކެމްޕަސް ބީޓްސް ރިޓާންސް” އެމެޒޯން އެމް.އެކްސް ޕްލޭޔަރ އިން ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ 29 އެޕްރީލް 2026 ގައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top