ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ވިޔަފާރީގައި ހަދާ މަކަރުތަކާމެދު ކަސްޓަމަރުން ސަމާލުކަން ދޭންޖެހޭ ކަންތައްތައް

ވިޔަފާރިއަކީ އިންސާނުންގެ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި ކުރާ ނުހަނު މުހިންމު މަސައްކަތެކެވެ. އިސްލާމްދީން ބާރުއަޅަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ވިޔަފާރި ކުރުމަށެވެ. ނަމަވެސް، މިއަދުގެ މުޖުތަމަޢުގައި ބައެއް ވިޔަފާރިވެރިން މާއްދީ ކުޑަ މަންފާއަކަށްޓަކައި މަކަރާއި ހީލަތް ހަދާކަން ފާހަގަކުރެވެއެވެ. މިއީ މުޖުތަމަޢުގެ އިތުބާރު ގެއްލި، އިޖުތިމާޢީ އަދި ދީނީ ގޮތުން އެތައް ނޭދެވޭ އަސަރުތަކެއް ކުރާ ކަމެކެވެ.

ވިޔަފާރިވެރިން މަކަރު ހަދާ ބައެއް ގޮތްތައް

1 – މުދަލުގެ ފެންވަރު ނުވަތަ ކޮލިޓީ އޮޅުވާލުން: މީގެ ތެރޭގައި މުދަލުގައި ހުންނަ އުނިކަން ފޮރުވުމާއި، އަސްލު ނޫން (ފޭކް) ބްރޭންޑްތައް އަސްލު އެއްޗެހީގެ ގޮތުގައި ބޮޑު އަގުގައި ވިއްކުން ހިމެނެއެވެ.

2 – މުއްދަތު ހަމަވެފައިވާ ތަކެތި ވިއްކުން: މުއްދަތު ހަމަވެފައިވާ މުދާ ތާރީޚު އޮޅުވާލައިގެން ވިއްކުމަކީ ވެސް ބައެއް ވިޔަފާރިވެރިން ކުރާ، ރައްޔިތުންގެ ސިއްޙަތަށް ބޮޑު ނުރައްކަލެއް އޮތް ކަމެކެވެ.

3 – މިނެކިރުމުގައި އޮޅުވާލުން: ވަރަށް ގިނަ ފަހަރަށް ހަވާދުގެ ބާވަތްތަކާއި، މޭވާއާއި ތަރުކާރީ ފަދަ ތަކެތި މިނެކިރުމުގައި ވިޔަފާރިވެރިން އުނިއިތުރު ކުރެއެވެ.

4 – ތަކެތީގެ އަގު ބަދަލުކުރުން: އެއްދުވަހެއްގެ އެކި ވަގުތުގައި އެކި މީހުންނަށް އެކި އަގުގައި ތަކެތި ވިއްކުމަކީވެސް ވިޔަފާރީގައި މަކަރު ހެދުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

5 – މަކަރުވެރި އިސްތިހާރުތައް: މުދަލެއްގައި ނެތް ސިފަތަކެއް ހުރިކަމަށް ދައްކައިގެން ކަސްޓަމަރުން ގަޔާވާ ގޮތަށް ދެއްކުމަކީ ވެސް ވިޔަފާރީގައި މަކަރު ހެދުމެވެ.

ވިޔަފާރިވެރިންގެ މިފަދަ މަކަރުވެރި އަމަލުތަކުން ސަލާމަތްވުމަށްޓަކައި ކަސްޓަމަރުން ބައެއް ކަންކަމަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހެއެވެ. އެގޮތުން:

1 – މުދާ ބަލައި ފާސްކުރުން: ކޮންމެ އެއްޗެއް ގަތުމުގެ ކުރިންވެސް އޭގެ ބޭރު ފުށާއި، މުއްދަތު ހަމަވާ ތާރީޚު ރަނގަޅަށް ބަލަންވާނެއެވެ.

2 – ރަސީދު ހޯދުން: ކުރާ ކޮންމެ މުއާމަލާތަކަށް ރަސީދު ހޯދުމަކީ މުހިންމު ކަމެކެވެ. މިއީ މުދަލުގައި މައްސަލައެއް އުޅޭނަމަ ބަދަލު ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެކެެވެ.

3 – އަގަށް ސަމާލުވުން: ބާޒާރުގައި ހުންނަ އާންމު އަގަށްވުރެ މާ ބޮޑަށް އަގުހެޔޮކޮށް ނުވަތަ އަގުބޮޑުކޮށް ވިއްކާ ތަކެތީގެ ފެންވަރާމެދު ސުވާލު އުފައްދަން ޖެހެއެވެ.

4 – އިތުބާރު ހުރި ތަންތަނުން ވިޔަފާރިކުރުން: އަބަދުވެސް އިތުބާރު ހުރި، ރަޖިސްޓްރީ ކުރެވިފައިވާ ފިހާރަތަކުން ވިޔަފާރިކުރުމަށް އިސްކަންދޭންވާނެއެވެ.

ވިޔަފާރީގައި ބަރަކާތް ލައްވަނީ ތެދުވެރިކަމާއި އަމާނާތްތެރިކަން އިސްކުރުމުންނެވެ. ވިޔަފާރިވެރިންނަކީ ދީނީ އަދި އަޚްލާޤީ މިންގަނޑުތަކަށް ބޯލަނބާ ބަޔަކަށް ވާންޖެހޭއިރު، ކަސްޓަމަރުންނަކީ އަމިއްލަ ޙައްޤުތަކަށް ހޭލުންތެރި ބަޔަކަށް ވާންޖެހެއެވެ. މަކަރާއި ހީލަތުން ދުރުހެލިވުމަކީ މުޅި މުޖުތަމަޢުގެ އިޤުތިސާދީ އަދި އިޖުތިމާޢީ ދުޅަހެޔޮކަމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top