ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މާޅެންދޫ އަތުން ވެލިދޫއަށް ފަސޭހަ މޮޅެއް

ނ. އަތޮޅު ވެލިދޫގައި މިހާރު ކުރިއަށްދާ “ވިޒިޓް ވެލިދޫ އިންވިޓޭޝަން ވޮލީ މުބާރާތް” ގައި ރޭ ކުޅުނު ފޯރިގަދަ މެޗު، ފަސޭހަކަމާއެކު ވެލިދޫ އެސް.ސީ އިން ކާމިޔާބުކޮށްފިއެވެ. މާޅެންދޫ ވީ.ޓީ އާ ބައްދަލުކޮށް ވެލިދޫ އެސް.ސީ މި މެޗު ކާމިޔާބުކުރީ ސީދާ ތިންސެޓުންނެވެ.

ވެލިދޫ ކުޅިވަރު އެރީނާގައި ކުޅުނު މި މެޗުގެ ފުރަތަމަ ސެޓު ވެލިދޫ އެސް.ސީ އިންގެންދިޔައީ 25-8 ގެ ބޮޑު ތަފާތަކުންނެވެ. މެޗުގެ ދެވަނަ ސެޓުގައި މާޅެންދޫ ޓީމުންކުޅުން ރަނގަޅު ކުރަން މަސައްކަތް ކުރި ނަމަވެސް، ވެލިދޫގެ ހަމަލާތައް ހުއްޓުވުމުގައިވަނީ ނުކުޅެދިފައެވެ. މި ސެޓު ވެލިދޫ އިން ކާމިޔާބުކުރީ 25-9 އިންނެވެ.

މެޗުގެ ތިންވަނަ ސެޓުގައި މާޅެންދޫ ޓީމުން އިތުރު ހިތްވަރެއްލައި މޮޅު ކުޅުމެއް ދެއްކިނަމަވެސް، ވެލިދޫ އެސް.ސީ އިން ވަނީ 25-11 އިން މި ސެޓުވެސް ކާމިޔާބުކޮށްމެޗުން މޮޅުވެފައެވެ.

މިއީ ވެލިދޫ އެސް.ސީ އަށް މި މުބާރާތުގައި ލިބުނު 2 ވަނަ މޮޅެއެވެ.  މިހާރު ވެލިދޫ އެސް.ސީ އޮތީ މި މުބާރާތުގެ ޕޮއިންޓްޓޭބަލްގެ 1 ވަނައިގައެވެ.

މި މުބާރާތުގައި ދެން އެންމެ އަވަހަށް މާޅެންދޫ ވީ.ޓީ ބައްދަލުކުރާނީ ފޮއްދޫ އެސް.ސީއާއެވެ. އަދި ވެލިދޫ އެސް.ސީގެ ކުރިއަށް އޮތް މެޗުގައި އެ ޓީމު ނުކުންނާނީ މަގޫދޫ ވީޓީ އާދެކޮޅަށެވެ.

މިވެސް ކިޔާލަން:  ވިހޭގޭތެރޭގައި މައިމީހާގެ އެންމެ ގާތް އެކުވެރިޔާ
1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

ފަހުގެ ޚަބަރު
Home
Menu
Search
Back to top