ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މިފަހަރު ޑީޑީގެ އޭއައި އިން ” ނޮވެމްބަރު 3 ” – ތަފާތު ސްޓައިލެއްގައި!
ޑީޑީގެ އޭއައި އިން "1988 ނޮވެމްބަރު 3" ވީޑިއޯގެ މަންޒަރެއް

އޭއައި ބޭނުންކޮށްގެން ދިވެހި ތާރީޚުގެ ފަތްފުށްތައް ހުށައަޅައިދެމުން އަންނަ އަޙްމަަދުދީދީ (އަހަންމައިދީ) ނުވަތަ ޑީޑީ މިފަހަރު ދިވެހީންނަށް މި ދިނީ ވަރަށް ވެސް ތަފާތު ހަދިޔާއެކެވެ. 1988 ނޮވެމްބަރު 03 ވަނަ ދުވަހު ދިވެހިރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ހަމަލާގެ މުހިންމު ޞަފްޙާތައް ޑީޑީ ގެނެސްދީފައިވަނީ މި ޖީލާ އެންމެ ގުޅޭ ގޮތަށެވެ.

މި ހިނގާ 2026 ވަނަ އަހަރު، މާޔާ އޭނާގެ އަތު ކެމެރާ ހިފައިގެން ޓައިމް ޓްރެވެލްކޮށް ދަތުރުކުރަނީ 1988 ނޮވެމްބަރު 03 ވަނަދުވަހު ފަތިހު 04:00 އަށެވެ. އޭނާ ހިނގަމުން ދަނީ ނޭޝަނަލް ސެކިއުރިޓީ ސާރވިސަސް (އެންއެސްއެސް) ނުވަތަ މިހާރުގެ އެމްއެންޑީއެފް ކުރިމަތިން އޮންނަ މަގުންނެވެ. އެއީ މިހާރުގެ ޖުމްހޫރީ މައިދާނާއި ޝަހީދު ޙުސައިން އާދަމް ބިލްޑިންގާއި ދެމެދުގައި އޮންނަ މަގެވެ.

މާޔާގެ ޝައުޤުވެރި ކިޔައިދިނުމާއެކު 1988 ނޮވެމްބަރު 03ގެ ޢުދުވާނީ ހަމަލާގެ މުހިންމު ހިނދުކޮޅުތައް، ވަރަށް ތަފުސީލުކޮށް، އޭރުގެ ހަމަ އެ މަންޒަރުތަކާއެކު ޑީޑީ ވަނީ ގެނެސްދީފައެވެ.

އިތުރު ވާހަކަތަކެއް ނުދައްކައި މާޔާގެ އެހީގައި ޑީޑީ ގެނެސްދީފައިވާ ފުރިހަމަ ހުށައެޅުން ގެނެސްދޭނަމެވެ.

 

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top