ބަރަކާތްތެރި ފިޠުރު ޢީދުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުވަމުން މިއަދު މިގެނެސްދެނީ ކަންކުން ފަތުން ތައްޔާރުކޮށްލާނެ ފަސޭހަ ރަހަފެތެކެވެ. މިއީ އަޅުގަނޑުވެސް އަޖުމަ ބަލާފައިވާ ރަހަފަތެކެވެ.
ބޭނުންވާނެ ތަކެތި:
– ކަންކުންފަތް ބޮނޑިއެއް
– ހެޔޮވަރުގެ ފިޔައެއް ތުނިކޮށް ކޮށާފައި
– 1-2 މޭޒުމަތީ ސަމުސަލުގެ ދަޅުމަސް
– 1 ސައިސަމުސާ މިރުސް (ކޮށާފައި)
– 1 ލޮނުމެދު ޗަސްކޮށްފައި
– ރަހަލާވަރަށް ލޮނު
– 2 މޭޒުމަތީ ސަމުސާ ތެޔޮ
ތައްޔާރުކުރާނެ ގޮތް:
ކަންކުން ތުނިކޮށް ކޮށާށެވެ. އެއްފަރާތެއްގައި ބެހެއްޓުމަށްފަހު، ތަވާގައި ތެޔޮފޮދު ހޫނުކުރާށެވެ. ތެޔޮ ހޫނުވުމުން ލޮނުމެދުކޮޅު އަޅައި ވަޅޯކޮށްލާށެވެ. ވަޅޯވުމުން ފިޔާކޮޅު އަޅާށެވެ. ފިޔާކޮޅު ރަތްވުމުން މަސްކޮޅު އަޅާށެވެ. އެއަށްފަހު މިރުސް އަޅާށެވެ. ރަނގަޅަށް އެއްކޮށްލާ ލޮނުހެޔޮވަރު ކުރާށެވެ. އެއަށްފަހު ކަންކުން ފަތްކޮޅު އަޅާށެވެ. އުނދުން ނިވާލާ ތަވާގެ ހޫނުކަމުގައި ކަންކުން ފަތްކޮޅު މޯޅިވާންދެން ކައްކާށެވެ. މިއީ ލަންކާ ސްޓައިލްގައި ކަންކުން ސްޓަޔަރ ފްރައި ހަދާގޮތެވެ. ހުސް ބަތާއެކު ވަރަށް މީރުވާނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި