ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ޚަތުރޯން ކޭ ކިލާޅީ” ގެ 15 ވަނަ ސީޒަންގެ ބައިވެރިންގެ ނަންތައް ހާމަކޮށްފި

އިންޑިއާގެ މަޝްހޫރު ސްޓަންޓް ރިއަލިޓީ ޝޯވ “ޚަތުރޯން ކޭ ކިލާޅީ” ގެ 15 ވަނަ ސީޒަންގައި ފެނިގެންދާނެ ތަރިންގެ ނަންތައް އާންމުކޮށްފިއެވެ.

“ޑަރް ކާ ނަޔާ ދައުރް” ގެ ޓެގްލައިނާއެކު ގެނެސްދޭ މިފަހަރުގެ ސީޒަންއަކީ ކުރީގެ ސީޒަންތަކަށްވުރެ ވަރުގަދަ ސްޓަންޓްތަކެއް ފެނިގެންދާނެ ސީޒަނެއް ކަމުގެ ޔަޤީންކަން ޝޯވގެ ހޯސްޓް ރޯހިތު ޝެޓީ ވަނީ ދީފައެވެ.

ކުރީގެ ސީޒަންތަކުން ފެނިގެންދިޔަ ބައެއް ބައިވެރިންނާއި މި ޝޯވއާއި އަލަށް ގުޅުނު ބައިވެރިންނާއެކު ޖުމްލަ 12 ބައިވެރިންގެ ނަން ކަލާޒް ޓީވީގެ އިންސްޓަގްރާމް މެދުވެރިކޮށް ވަނީ ހާމަކޮށްފައެެވެ. އެގޮތުން މިފަހަރުގެ ސީޒަނުން ފެނިގެންދާނެ ބައިވެރިންނަކީ:

1 – ކަރަން ވާހީ

ފޮޓޯ: ގެޓީ އިމޭޖަސް

“ރީމިކްސް” އަދި “ދިލް މިލް ގަޔޭ” ފަދަ ޑްރާމާތަކުން މަޤުބޫލުކަން ހޯދައި، މަޝްހޫރު ގިނަ ޝޯވތަކެއްވެސް ހޯސްޓްކޮށްފައިވާ ކަރަން ވާހީ ވަނީ ކުރިން “ޚަތުރޯން ކޭ ކިލާޅީ” ގެ 8 ވަނަ ސީޒަނާއި ސްޕިން-އޮފް “މޭޑް އިން އިންޑިއާ” ސީޒަންގައި ބައިވެރިވެފައެވެ. އެގޮތުން 8 ވަނަ ސީޒަންގައި 8 ވަނައިން ނިންމާލިއިރު، ސްޕިން-އޮފް ސީޒަންގައި އޭނާއަކީ އެ ޝޯވގެ ރަނަރަޕެވެ.

2 – ގޯރަވް ކަންނާ

ފޮޓޯ: އިންސްޓަގްރާމް

ސްޓާ ޕްލަސްގެ ޑްރާމާ “އަނުޕާމާ” ގައި ކުޅުނު އަނުޖްގެ ރޯލުން ބޮޑު މަޝްހޫރުކަމެއް ހޯދުމަށްފަހު، “ސެލެބްރިޓީ މާސްޓާރޝެފް” އަދި “ބިގް ބޮސް 19” ކާމިޔާބުކުރި ގޯރަވް ކަންނާއަކީ މި ސީޒަނުން މި ޝޯވއާ އަލަށް ގުޅޭ ފަންނާނެކެވެ.

3 – ރިތުވިކް ދަންޖާނީ

ފޮޓޯ: ގެޓީ އިމޭޖަސް

“ޕިޔާރް ކީ ޔޭ އެކް ކަހާނީ” އަދި “ޕަވިތުރަ ރިޝްތާ” އިން ބޮޑު މަޤުބޫލުކަމެއް ހޯދައި، ތަފާތު ގިނަ ޝޯވތަކެއްވެސް ހޯސްޓްކޮށްފައިވާ ރިތުވިކް ދަންޖާނީއަކީވެސް ކުރިން މި ޝޯވގައި ބައިވެރިވި ފަންނާނެކެވެ. ސީޒަން 8 ގައި 7 ވަނައިން ނިންމާލިއިރު، ސްޕިން-އޮފް ސީޒަން “މޭޑް އިން އިންޑިއާ” ގެ ފުރަތަމަ ދެ އެޕިސޯޑަށްފަހު އޭނާ ވަނީ ކޮވިޑްގެ ފްރަންޓްލައިންގެ މަސައްކަތުގައި ހަރަކާތްތެރިވުމަށް ޝޯވ ދޫކޮށްލާފައެވެ.

4 – ވިޝާލް އަދިތުޔަ ސިންގް

ފޮޓޯ: އިންސްޓަގްރާމް

“ބޭގުސަރާއީ” އަދި “ޗަންދުރަކަންތާ” ފަދަ ޑްރާމާތަކުން ފާހަގަކޮށްލެވުނު ވިޝާލް އަދިތުޔަ ސިންގްއަކީ “ބިގް ބޮސް 13″، “ނަޗް ބަލިޔޭ” ފަދަ ރިއަލިޓީ ޝޯވތަކުންވެސް މަޝްހޫރުކަން ހޯދި ފަންނާނެކެވެ. ކުރިން “ޚަތުރޯން ކޭ ކިލާޅީ” ގެ 11 ވަނަ ސީޒަންގައި ބައިވެރިވި ވިޝާލް އެ ޝޯވ ނިންމާލީ 3 ވަނަ ހޯދައިގެންނެވެ.

5 – ފަރްހާނާ ބަޓް

ފޮޓޯ: އިންސްޓަގްރާމް

“ބިގް ބޮސް 19” އިން ވިދާލި ފަރްހާނާ ބަޓް އަކީ “ލައިލާ މަޖްނޫ” ފަދަ ފިލްމުތަކުންވެސް ފާހަގަކޮށްލެވުނު ބަތަލާއެކެވެ. މިއީ މިއަހަރު މި ޝޯވއާ އަލަށް ގުޅުނު ތަރިއެކެވެ.

6 – އަވިނާޝް މިޝްރާ

ފޮޓޯ: އިންސްޓަގްރާމް

“ޔޭ ތޭރީ ގަލިޔާނ” އާއި “ނާތު – ޒޭވަރް ޔާ ޒަންޖީރް” އަދި “ބިގް ބޮސް 18” އިން ބޮޑު މަޤުބޫލުކަމެއް ހޯދި އަވިނާޝް މިޝްރާއަކީ ވެސް މިއަހަރު އަލަށް މި ޝޯވއާ ގުޅޭ ފަންނާނެކެވެ.

7 – އޯރީ

ފޮޓޯ: އިންސްޓަގްރާމް

ސޯޝަލް މީޑިއާ އިންފްލުއެންސަރެއްގެ ގޮތުގައި މަޝްހޫރު އޮރީއަކީ ވެސް މިފަހަރުގެ ސީޒަންގައި ބައިވެރިވާ އާ ބައިވެރިއެކެވެ.

8 – ޖޭސްމިން ބަސީން

ފޮޓޯ: އިންސްޓަގްރާމް

ޖޭސްމިން ބަސީން އަކީ “ތަޝަނޭ އިޝްޤް” އަދި “ދިލް ސޭ ދިލް ތަކް” ފަދަ ޑްރާމާތަކުން މަޤުބޫލުކަން ހޯދުމަށްފަހު “ބިގް ބޮސް 14” އިންވެސް ފެނިގެންދިޔަ މަޝްހޫރު މޫނެކެވެ. އޭނާ ވަނީ ކުރިން “ޚަތުރޯން ކޭ ކިލާޅީ” ގެ 9 ވަނަ ސީޒަނާއި ސްޕިން-އޮފް ސީޒަންގައި ބައިވެރިވެފައެވެ. އެގޮތުން 9 ވަނަ ސީޒަން 7 ވަނައިގައި ނިންމާލިއިރު، ސްޕިން-އޮފް ސީޒަން ނިންމާލީ 3 ވަނައިގައެވެ.

9 – ހަރްޝް ގުޖްރާލް

ފޮޓޯ: އިންސްޓަގްރާމް

ކޮމެޑިއަން ހަރްޝް ގުޖްރާލް އަކީ ވެސް މި ސީޒަނާއެކު އަލަށް މި ޝޯވއާ ގުޅޭ ފަރާތެކެވެ. އޭނާ ވަނީ މިދިޔަ އަހަރު ނެރުނު ބޮލީވުޑް ފިލްމު “މެރޭ ހަސްބަންޑް ކީ ބީވީ” އިންވެސް ފެނިގެން ގޮސްފައެވެ.

10 – އަވިކާ ގޯރް

ފޮޓޯ: އިންސްޓަގްރާމް

“ބަލިކާ ވަދޫ” އާއި “ސަސުރާލް ސިމަރް ކާ” އިން ބޮޑު މަޤުބޫލުކަމެއް ހޯދި އަވިކާ ގޯރް އަކީ ކުރިން “ޚަތުރޯން ކޭ ކިލާޅީ” ގެ 9 ވަނަ ސީޒަންގައި ބައިވެރިވެ އެ ޝޯވއިން އެންމެ ފުރަތަމަ އަލްވަދާޢު ކިޔަން ޖެހުނު ބައިވެރިޔާއެވެ.

11 – ޝަގުން ޝަރްމާ

ފޮޓޯ: އިންސްޓަގްރާމް

“އިޝްޤް ޕަރް ޒޯރް ނެހީ” އަދި “ކިޔުނކީ ސާސް ބީ ކަބީ ބަހޫ ތީ 2” އިން ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ޝަގުން ޝަރްމާ އަކީ ވެސް މިއަހަރު އަލަށް މި ޝޯވއާ ބައިވެރިވާ ފަންނާނެކެވެ.

12 – ރުބީނާ ދިލައިކް

ފޮޓޯ: އިންސްޓަގްރާމް

“ޗޯޓީ ބަހޫ” އާއި “ޝަކްތީ” ފަދަ ޑްރާމާތަކުން މަޝްހޫރުވުމަށްފަހު “ބިގް ބޮސް 14” އާއި “ޕަތީ ޕަތުނީ އޯރް ޕަންގާ” ޝޯވ ކާމިޔާބުކުރި ރުބީނާ ވަނީ ކުރިން “ޚަތުރޯން ކޭ ކިލާޅީ” ގެ 12 ވަނަ ސީޒަންގައި ބައިވެރިވެފައެވެ. އެފަހަރު އޭނާ ޝޯވ ނިންމާލީ 5 ވަނައިގައެވެ.

އެއް އަހަރުގެ މެދުކެނޑުމަކަށްފަހު “ޚަތުރޯން ކޭ ކިލާޅީ” ގެ 15 ވަނަ ސީޒަންގެ ޝޫޓިން ފަށަން ތައްޔާރުވަމުން އަންނައިރު، ކަލާޒް ޓީވީއިން ބައިވެރިންގެ ލިސްޓް އާންމުކުރުމާއެކު ޝޯވއަށް ކުރެވޭ އިންތިޒާރު ވަނީ ވަރަށް ބޮޑުވެފައެވެ. ޝޯވ ދައްކަން ފަށާނެ ވަކި ތާރީޚެއް އަދި ރަސްމީކޮށް އިޢުލާނުކޮށްފައި ނުވިނަމަވެސް، އަންނަ ޖޫން މަހުގެ ތެރޭގައި ޝޯވ ދައްކަން ފެށޭނެކަމަށް ޓީމުން ލަފާކުރާ ކަމަށް ޚަބަރުތައް ބުނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top