ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ސިނެލައުންޖް” – ރާއްޖޭގެ ފުރަތަމަ ޕްރީމިއަމް ލަގްޒަރީ ސިނަމާ ހުޅުމާލޭގައި
"ސިނެލައުންޖް" - ރާއްޖޭގެ ފުރަތަމަ ޕްރީމިއަމް ލަގްޒަރީ ސިނަމާ / ސިނެލައުންޖް

ހުޅުމާލޭގައި ހުންނަ “ސިނެލައުންޖް” ސިނަމާއަކީ ރާއްޖޭގައި ހުޅުވުނު ފުރަތަމަ ޕްރީމިއަމް ލަގްޒަރީ ތިއޭޓަރެވެ.

އެ ސިނަމާއަކީ އަރާމާއި މިނިވަންކަމާއި ޕްރައިވެޓް ތަޖުރިބާއެއް ބޭނުންވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ހުޅުވި ތަނެކެވެ. ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ޑޯލްބީ އެޓްމޯސް ސައުންޑް ސިސްޓަމާއި ޑޯލްބީ ސިނަމާގެ ފުރިހަމަ މަންޒަރުތަކާ އެކު ފިލްމުގެ ކޮންމެ މަންޒަރެއް ހަގީގަތާ އެއްގޮތަށް ތަޖުރިބާކޮށްލެވޭނެއެވެ.

ސިނެލައުންޖް“ގެ އެންމެ ޚާއްޞަ ސިފައަކީ 20 ލަގްޒަރީ ރެކްލައިނާ ސީޓާ އެކު ފަރުމާކޮށްފައިވާ ސީޓިން އިންތިޒާމެވެ. މީހުން ގިނަވެގެން އުނދަގޫވުމެއް ނެތި، ގޮނޑިތައް ބޭނުން ގޮތަކަށް ދަމާލައިގެން އޮށޯވެލައިގެން އޮވެ ފިލްމު ބެލޭނެއެވެ. އާއިލީ ވަގުތުތަކަށާއި އޮފީސް ކޮލީގުންނާ އެކު ބާއްވާ ޚާއްޞަ ހަރަކާތްތަކަށް ވެސް އެއީ އެކަށީގެންވާ މާހައުލެކެވެ.

@muniavas CineLounge MV For Bookings, Contact 7201199 #cinelounge #hulhumale ♬ Emotional Cinematic Sad Violin and Piano – ISAo

ސިނެލައުންޖް“ގައި މިހާރު ދައްކަމުން ދަނީ ޑާކް ރެއިން އެންޓަޓެއިންމަންޓްގެ އެންމެ ފަހުގެ އުފެއްދުންތައް ކަމަށްވާ “އަލްވަދާއު” އަދި “އަލިފާން” އެވެ. މީގެ އިތުރުން ހިންދީ އަދި އިނގިރޭސި އެންމެ ފަހުގެ މަޝްހޫރު ފިލްމުތައް ވެސް އެ ސިނަމާއިން ބެލޭނެއެވެ. އެގޮތުން މިވަގުތު ބޮލީވުޑްގައި ކާމިޔާކަމާއެކު ދައްކަމުން އަންނަ ފިލްމު “ރަޖާ ޝިވާޖީ” ވެސް މު ދުވަސްވަރު ދައްކަމުން އެބަދެއެވެ.

ސިނެލައުންޖް“ގައި ފިލްމު ބަލައިލަން 7201199 ނަންބަރަށް ގުޅައިގެން ބުކިން ހެދޭނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top