ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ގްރީން އެންޓަޓެއިންމެންޓްގެ “ޚުދާ ގަވާހް” ފަށައިފި

ޕާކިސްތާނުގެ މުނިފޫހިފިލުވުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ހްރީން އެންޓަޓެއިންމެންޓް ޓީވީއިން އާދަޔާ ޚިލާފު ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ “ޚުދާ ގަވާހް” ދައްކަން ފަށައިފިއެވެ.

ރޭގައި ގްރީން ޓީވީއިން ދައްކަން ފެށި “ޚުދާ ގަވާހް” ގެ ލީޑް ރޯލުން ފެނިގެންދާނީ ސުބްހާން އަވާން އާއި ރާހަތު ޣަނީއެވެ. އަދި މީގެ އިތުރުން ފާއިޒާ ގިލާނީ، ހަމްޒާ މަޖީދު، އަމްރާ ކާޒީ، ސާދު ފަރީދީ، ރަހީލް އަދި ރާބިޔާ ރިޒްވާން ވެސް މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ.

“ޚުދާ ގަވާހް” އަކީ ލޯތްބާއި، ހިތްދަތިކަމާއި، ނަފުސާނީ ގޮތުން ކުރިމަތިވާ ވަރުގަދަ އިޙުސާސްތަކެއްގެ މައްޗަށް ބިނާވެފައިވާ ފުން، އަސަރުގަދަ ވާހަކައެކެވެ. އަމިއްލަ ހިތުގެ އެދުމާއި، އާއިލީ ގުޅުންތަކާއި އަބުރާ ދެމެދު އިޚްތިޔާރު ކުރަންޖެހޭ އުނދަގޫ ނިންމުންތަކެއް މި ޑްރާމާގައި ފެނިގެންދާނެއެވެ. އަދި ލޯބީގެ ފުންކަމާއެކު، އާއިލީ ގޮންޖެހުންތައް މި ޑްރާމާގައި ވަރަށް ފުރިހަމައަށް ދައްކުވައިދޭނެކަމަށް ޚަބަރުތައް ބުނެއެވެ.

މަސްޓިވާރސް އެންޓަޓެއިންމެންޓްގެ ކުޑައިގެ ދަށުން ތެހެރީމް ޗޯދަރީ ޕްރޮޑިއުސްކޮށްފައިވާ މި ޑްރާމާގެ ސްކްރީންޕްލޭ ލިޔެފައިވަނީ މަޝްހޫރު ލިޔުންތެރިޔާ އަނީލާ ސައްޔިދެވެ. ޑައިރެކްޓްކުރީ ވަޖިދު ރަޒާއެވެ.

“ޚުދާ ގަވާހް” ގެ އެޕިސޯޑްތައް ދައްކަން ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެ ރޭ އިރުއޮއްސި 7:00 ގައެވެ. މީގެ އިތުރުން ގްރީން އެންޓަޓެއިންމެންޓްގެ ރަސްމީ ޔޫޓިއުބް ޗެނަލުންވެސް މި ޑްރާމާގެ އެޕިސޯޑްތައް ބަލައިލެވޭނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top