ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޑާކްް ރެއިންގެ ޢީދު ހަދިޔާ “އަލްވަދާޢު” ވީޑިއޯ ކްލަބަށް!

ދިވެހި ފިލްމީ ދާއިރާގައި އެންމެ ކާމިޔާބު އެއް ޕްރޮޑަކްޝަން ހައުސް, ޑާކް ރެއިން އެންޓަޓެއިންމެންޓުން، މިއަހަރުގެ ބޮޑު އީދާ ދިމާކޮށް އެ ކުންފުނީގެ އަސަރުގަދަ ލޯބީގެ ފިލްމު “އަލްވަދާޢު” ބެލުންތެރިންނަށް ދޫކޮށްލުމަށް ތައްޔާރުވެއްޖެއެވެ.

މި ފިލްމަކީ ލޯބީގެ ހިތްގައިމު ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. ޑާކް ރެއިން އެންޓަޓެއިންމެންޓުން ބުނި ގޮތުގައި، މި ފިލްމަކީ އީދު ހަދިޔާއެއްގެ ގޮތުގައި ބެލުންތެރިންނަށް ގެނެސްދޭ ވަރަށް ތަފާތު އަދި އަސަރުގަދަ ލޯބީގެ ފިލްމެކެވެ.

“އަލްވަދާޢު” ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ބޮޑު އީދު ދުވަހުއެވެ. މި ފިލްމު ބަލާލުމުގެ ފުރުސަތު ބެލުންތެރިންނަށް ލިބިގެންދާނީ މީޑިއާނެޓްގެ “ވީޑިއޯ ކްލަބް” މެދުވެރިކޮށެވެ. މިއީ ސިނަމާތަކުންް މި ފިލްމު ބަލައިލުމުގެ ފުރުޞަަތު ނުލިބުނު ފަރާތްތަކުން ގޭގައި ތިބެގެން އާއިލާއާއެކު ފިލްމު ބަލާލަން ލިބިގެންދާނެ ރަނގަޅު ފުރުސަތެކެވެ.

ފިލްމު ”އަލްވަދާޢު“ މިއީ ޝަހުދާ މަހްމޫދު (ޝަހޫ) ލިޔެ، ޢަލީ ޝިފާޢު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

އަސަރުގަދަ ލޯބީގެ ފިލްމު ”އަލްވަދާޢު“ގައި ހަރަކާތްތެރިވާ ތަރިންނަށް ބަލާލާއިރު، ލީޑްގައި ހަރަކާތްތެރިވަނީ ހުނަރުވެރި އެކްޓަރު މަރިޔަމް މަޖުދާ އަދި ޝަރަފް އެވެ. މީގެ އިތުރުން މި ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދާނެ އިތުރު ތަރިންގެ ތެރޭގައި މަޝްހޫރު އެކްޓަރުން ކަމަށްވާ މުޙައްމަދު ރަޝީދު (ދަރާ ރަޝީދު)، ޝީލާ ނަޖީބް، ކުރިއަރަމުން އަންނަ އެކްޓްރެސް ޢާއިޝަތު ލައިޝާ ލަޠީފް، މަޒީން، ހާޒިފް ހިމެނެއެވެ.

ޑާކް ރެއިންގެ އުފެއްދުންތަކަކީ އަބަދުވެސް ދިވެހި ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ލިބޭ އުފެއްދުންތަކަކަށް ވާއިރު، މި ފިލްމަކީ ވެސް ސިނަމާތަކުގައި ބޮޑު ކާމިޔާބެއް ހޯދި، ބެލުންތެރިން ބަލައިގެންފައިވާ ފިލްމެކެވެ. އީދު ބަންދާ ދިމާކޮށް މިފަދަ ފިލްމެއް ވީޑިއޯ ކްލަބަށް އައުމަކީ އީދުގެ އުފާވެރިކަން އިތުރުވެގެންދާނެ ކަމެކެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top