ދިވެހި ޒުވާން ލަވަކިޔުންތެރިޔާ ނަސޫހް ކިޔާފައިވާ އާ ކަވަރ ލަވަ “އިންތިޒާރު” އަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެން ފަށައިފިއެވެ. މިއީ މަޝްހޫރު ލަވަކިޔުންތެރިޔާ ސަމަރު ޖަފްރީގެ “ޗަލް ދޫރް ކަހީން” މި ލަވައިގެ ދިވެހި ކަވަރެކެވެ.
މި ލަވަ ރިލީޒްކުރުމަށްފަހު ނަސޫހް އޭނާގެ އިންސްޓަގްރާމްގައި ބުނެފައިވަނީ، “އިންތިޒާރަށް ނިމުން އަތުވެއްޖެ… މިއީ ‘އިންތިޒާރު’. މިއީ ކުޑަ ކަވަރެއް ނަމަވެސް، މިއީ ހިއްސާކޮށްލަން ބޭނުންވެފައި ހުންނަތާ ދުވަސްކޮޅެއްވެފައިވާ މަސައްކަތެއް. އަހަރެން މި ލަވަ އުފެއްދުމުގައި ކުރި އުފާ، ތިޔަ ފަރާތްތަކަށް ލަވަ އަޑުއަހާލުމުން ލިބޭނެ ކަމަށް އުންމީދު ކުރަން،” ކަމަށެވެ.
މި ލަވައިގެ މިއުޒިކް ތައްޔާރުކޮށްދީފައިވަނީ ‘މޭނު’ އެވެ. ވީޑިއޯގްރަފީގެ މަސައްކަތް ‘މާންގްރަފީ’ އަދި ‘އަރުއްތޭ’ ކޮށްދީފައިވާއިރު، ވީޑިއޯ އެޑިޓްކޮށްފައިވަނީ މުހައްމަދު ނާޝާހް އެވެ.
ނަސޫހްގެ ހިތްގައިމު އަޑުން ކިޔާފައިވާ މި ލަވަ މިހާރު ވަނީ ޓިކްޓޮކްގައި ވަރަށް ބޮޑަށް ވައިގައި ހިފާފައެވެ. ގިނަ ބަޔަކު މި ލަވައަށް ވީޑިއޯތައް ހަދަމުންދާއިރު، މިއީ ގިނަ ބައެއްގެ “އޮން ރިޕީޓް” ލިސްޓުން ޖާގަ ހޯދާފައިވާ ލަވައެކެވެ. މި ލަވަ އެއްކޮށް އަޑުއަހާލަން ބޭނުންވާ ފަރާތްތަކަށް ސައުންޑްކްލައުޑް މެދުވެރިކޮށް މިހާރު މި ލަވަ އަޑުއަހާލެވޭނެއެވެ.
@nazooh21The wait is finally over… here’s (Inthizaaru). A small cover, but a piece I’ve been wanting to share for a while. Hope you enjoy this one as much as I enjoyed creating it 🎶🤍 Music : satheeh Videography:eeman,Aruttey Video editing:nashahh♬ original sound – nazooh21
ސަމަރު ޖަފްރީގެ އަސްލު ލަވައަށް ދިވެހި ބަހުން މި ގެނެސްދިން ފުރިހަމަ ބަދަލާއެކު، ނަސޫހްގެ މި މަސައްކަތަށް ފަންނާނުންނާއި އާންމުން ދަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ތައުރީފު ކުރަމުންނެވެ.
