ވިދަމުން އަންނަ ލަވަކިޔުންތެރިޔާ މުޙައްމަދު ރިއްފަތުގެ އައު ލަވަ ‘ވަނީ ވަނީ’ ރޯދައިގެ ފަހުން ރިލީޒް ކުރަން ނިންމާފައިވާކަމަށް އޭނާ ބުނެފިއެވެ.
އިހުގެ ހިންދީ ރީތި ރާގުތަކަށް ރީތި ލަވަތަކެއް ނެރެމުން އަންނަ ރިއްފަތު މިފަހަރު ގެނެސްދޭ ލަވައަކީ ހިންދީ ފިލްމު ‘ކަބީ ކަބީ’ ގެ ޓައިޓްލް ލަވަ ‘ކަބީ ކަބީ މެރެ ދިލްމޭ’ ރާގަށް ކިޔާފައިވާ ލަވައެކެވެ.
ރިއްފަތުގެ ލަވަތައް ރިލީޒްކުރާ އާއްމު އުސޫލުން ‘ވަނީ ވަނީ’ ވެސް ރިލީޒްކުރަން ނިންމާފައިވަނީ ވީޑިއޯ ފޯމެޓްގައެވެ. އެގޮތުން މި ލަވައިގެ ވީޑިއޯގައިވެސް ހަރަކާތްތެރި ވަނީ ރިއްފަތެވެ. މި ލަވައިން އެކްޓިންގެ ދާއިރާއަށް މުޅިން އާ އަންހެން ތަރިއެއް ވެސް ތަޢާރަފު ވެގެންދާނެ ކަމަށް ރިއްފަތު ބުންޏެވެ.
“ވީޑިއޯގައި ހަރަކާތްތެރިވާ އަންހެން ކުއްޖާ އަކީ ނާޝް” ރިއްފަތު ބުންޏެވެ. ރިއްފަތު އަމިއްލައަށް ޕްރޮޑިއުސްކޮށްފައިވާ މި ލަވައިގެ ޅެން ހަދާފައިވަނީ އަހްމަދު އިސްމާއީލް އެވެ. ރިކޯޑިން ހަދާފައިވަނީ ކޮއްކޮ އެވެ. ކެމެރާ، ޑައިރެކްޝަން އަދި އެޑިޓިން ހެދީ މަނިކް އާޓްސް އިންނެވެ.
‘ވަނީ ވަނީ’ ގެ މަސައްކަތް ނިމިފައިވާއިރު ރިއްފަތު މިހާރު އަންނަނީ އެހެން ލަވައެއްގެ މަސައްކަތްވެސް ކުރަމުންނެވެ. އެގޮތުން ‘ކިތުނެ ހަސްރަތުހެ ހަމޭނ ތުޖްސެ ދިލް ލަގާނޭކީ’ ރާގަށް ރިއްފަތާއި އޭނާގެ ކޮއްކޮ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ ޝަހީދާ ރިއްފަތު ވަނީ ލަވައެއްގެ ރެކޯޑިން ހަދާފައެވެ. މި ލަވަވެސް ބެލުންތެރިންނާއި ހަމައަށް ވަރަށް އަވަހަށް އަންނާނެ ކަމަށް މުނިއަވަސް އަށް ރިއްފަތު ބުންޏެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 8 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ރަސްމީ ޓްރެއިލާ މިރޭ ނެރެނީ!
- 7 އޭޕްރިލް 2025ޚަބަރު“ލޯބިން” އަށް އައު މޫނުތަކެއް ހޯދުމަށް ހޮވެއްޔެއް!
- 10 އޭޕްރިލް 2021ޚަބަރުމުނިއަވަސް މަދަހަ މުބާރާތަށް މިފަހަރުވެސް ބޮޑު ތަރުހީބެއް!
- 16 މާރޗް 2021ރިޕޯޓްކޮފީއަށް ކުޑަ ޚަރަދެއް! މި ގޮތް ކިހިނެއް؟