ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެމްއެސްޕީއޭ ފިލްމް އެވޯޑް 2 އަށް ފިލްމު ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފި

މޯލްޑިވްސް ސޮސައިޓީ ފޮރ ޕަރފޯމިންގް އާޓްސް (އެމް.އެސް.ޕީއޭ) އިން ބާއްވަމުން އަންނަ ފިލްމު އެވޯޑްގެ ދެވަނަ އެވޯޑަށް ފިލްމު ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ. މިހާރު މި މުއްދަތު އިތުރުކޮށްފައިވަނީ މި މަހު 25ގެ ނިޔަލަށެވެ.

މިމަހުގެ 10ގެ ކުރިން ފިލްމު އެވޯޑަށް ހުށައަޅަން ބޭނުންވާ ފިލްމުތައް ހުށައެޅުމަށް ދިން މުއްދަތު އިތުރުކުރީ ބައެއް ޕްރޮޑަކްޝަންތަކުން ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަކުރުމަށް އިތުރަށް ވަގުތު ދިނުމުގެ ގޮތުންނެވެ.

އެމްއެސްޕީއޭ ފިލްމު އެވޯޑް 2ގައި 28 ކެޓަގަރީ ހިމެނޭ އިރު، ބައިވެރިކުރެވޭނީ 2024 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ޑިސެމްބަރުގެ ނިޔަލަށް ރިލީޒްކޮށްފައިވާ ފިލްމުތަކެވެ. ބައިވެރިވުމަށް ހުށަހަޅާ ފޯމުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަ ނުކުރާ ފޯމުތައް ބަލައިނުގަންނާނެ ކަމަށް އެމްއެސްޕީއޭ އިން ބުނެއެވެ.

އިތުރު މަޢުލޫމާތު ހޯދެއްވުމަށް: 7673379 / 7727264 ނަމްބަރަށް ގުޅުއްވައިގެން މަޢުލޫމާތު ލިބޭނެއެވެ.

މިވެސް ކިޔާލަން:  މާމޮރިސް ބ: ގޮއިދޫ ފުޓްސަލް ފިއެސްޓާ 2023 : ޓީމް ޗަޑްސް އިން އުންމީދު އާކޮށްފި
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top