️ ތައްޔާރުކުރުމަށް: 20 މިނެޓު
️ ކެއްކުމަށް: 30 މިނެޓު
️ ޖުމްލަ ވަގުތު: 50 މިނެޓު
2 މީހުންނަށް ފުދޭވަރަށް
މުހިންމު ބައެއް ނުކުތާތައް:
● ސްޓޭކްތައް ބޯކޮށް ހުރިނަމަ، ކޮންމެ ފަރާތެއް ފިހުމަށް އިތުރު 1 ނުވަތަ 2 މިނެޓު ހޭދަކޮށްލާށެވެ.
● ވަގުތު ސަލާމަތްކުރުމަށްޓަކައި، އަލުވިތައް ކެކެމުންދާއިރު ތަރުކާރީތައް ކޮށާ ތައްޔާރުކޮށްލެވިދާނެއެވެ.
● މޭޝްޑް ޕޮޓޭޓޯ އިތުރަށް ކްރީމީކޮށް ބޭނުންނަމަ، ކިރުގެ ބަދަލުގައި ކްރީމް ބޭނުންކުރާށެވެ.
ބޭނުންވާ ތަކެތި:
2 ބީފް ސްޓޭކް (ކޮންމެ އެތިކޮޅެއްގައި ގާތްގަނޑަކަށް 200–250 ގްރާމް)
2 ޖޯޑު މަޝްރޫމް (ކޮށާފައި)
4 ބޮޑު އަލުވި (ތޮށި މަށައި ކޮށާފައި)
2 ސައިސަމުސާ ބަޓަރު
3 ލޮނުމެދު (ގާނާފައި ނުވަތަ ކުދިކޮށް ކޮށާފައި)
ބައި ޖޯޑު ބީފް ބްރޮތު (ބީފް ސްޓޮކް ފެން)
1 ސައިސަމުސާ ފުށް ނުވަތަ ކޯން ފްލާ
ބައި ޖޯޑު ކިރު ނުވަތަ ކްރީމް
1 ޖޯޑު ބްރޮކޮލީ
1 ޖޯޑު އެސްޕަރަގަސް
1 ޖޯޑު ކެރެޓް (ދިގުކޮށް ކޮށާފައި)
ބައި ޖޯޑު ގްރީން ޕީސް
1 ސައިސަމުސާ އޮލިވް އޮއިލް
ލޮނާއި އަސޭމިރުސް (ރަހަލާވަރަށް)
ކޮޮށާފައި ހުރި ފްރެޝް ޕާސްލީ
👩🍳 ތައްޔާރުކުރާނެ ގޮތް:
1 – އަލުވިތައް މަޑުވަންދެން ފެނުކައްކާށެވެ. އެއަށްފަހު ބަޓަރާއި ކިރު އެއްކޮށްގެން އޮމާންވަންދެން މޭޝްކޮށްލާށެވެ (ޗަސްކޮށްލާށެވެ).
ސްޓޭކްގައި ލޮނާއި އަސޭމިރުސް ހާކާށެވެ. ތަވައަކަށް އޮލިވް އޮއިލް އެޅުމަށްފަހު، ހޫނުވުމުން ސްޓޭކްގެ ކޮންމެ ފަރާތެއް 3 ނުވަތަ 4 މިނެޓު ވަންދެން ފިހެލާށެވެ.
2 – ސްޓޭކް ތައްޔާރުކުރި ތަވާގެ ތެރެއަށް މަޝްރޫމާއި ލޮނުމެދު އަޅައި މުށިކުލަ އަރަންދެން ކައްކާށެވެ. ދެން އޭގެ ތެރެއަށް ބީފް ބްރޮތު އާއި ފުށް އެއްކޮށްގެން ތައްޔާރުކުރި މިކްސްޗަރު އަޅައި އޮލަވަންދެން ކައްކާށެވެ.
3 – ބްރޮކޮލީ، އެސްޕަރަގަސް އަދި ކެރެޓް ކޮޅު މަޑުވަންދެން މީރުކޮށްލާށެވެ. ވަކިން ގްރީން ޕީސްކޮޅުވެސް ހޫނުކޮށްލާށެވެ.
4 – ތަބަކެއްގައި ނުވަތަ ތަށްޓެއްގައި މޭޝްޑް ޕޮޓޭޓޯ، ތަރުކާރީ އަދި ސްޓޭކް އަތުރާލާށެވެ.
5 – ސްޓޭކްގެ މައްޗަށް ތައްޔާރުކުރި މަޝްރޫމް ސޯސް އަޅާލުމަށްފަހު، ޕާސްލީކޮޅެއް ބުރުވައިލާށެވެ.
