ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
މާ ގިނައިން ބަޓަރު ބޭނުންނުކޮށް މޭޝްޑް ޕޮޓޭޓޯ އޮމާންކޮށް ތައްޔާރުކުރާނެ ގޮތް

މޭޝްޑް ޕޮޓޭޓޯ އޮމާންކޮށް ތައްޔާރުކުރުމަށްޓަކައި އެންމެ މުހިންމު ކަމަކީ ގިނައިން ބަޓަރު އެޅުން ކަމަށް ގިނަ ބަޔަކަށް ގަބޫލުކުރެވުނު ނަމަވެސް، ކައްކާ މާހިރުން ބުނާ ގޮތުގައި މީގެ އަސްލު ސިއްރަކީ ކެއްކުމުގައި ބޭނުންކުރާ އުކުޅެކެވެ.

އާޖެންޓީނާގެ މަޝްހޫރު ނޫސް ޓީ.އެން އިން ހާމަކުރާ ގޮތުގައި، މޭޝްޑް ޕޮޓޭޓޯގެ އޮމާންކަމަށް ބަޓަރަށްވުރެ ބޮޑަށް އަސަރުކުރަނީ އަލުވި ފިސްކުރާ ގޮތުންނެވެ.

އަލުވި މާ ބޮޑަށް ބްލެންޑްކޮށް ނުވަތަ މާ ބާރަށް ފިސްކޮށްފިނަމަ، އޭގެއިން ގިނަ އަދަދަކަށް ސްޓާޗް ބޭރުވެ، މޭޝްޑް ޕޮޓޭޓޯ ތަތްލަވާ ގޮތްވެއެވެ. މީގެ ބަދަލުގައި ކައްކާ މާހިރުން ލަފާދެނީ އަލުވިތައް ހޫނުކޮށް ހުއްޓާ ‘ޕޮޓޭޓޯ ރައިސަރ’ އެއް ބޭނުންކޮށްގެން ނުވަތަ ވަރަށް މަޑުމަޑުން ފިސްކުރުމަށެވެ. މިއީ މޭޝްޑް ޕޮޓޭޓޯ ލުއި އަދި އޮމާންކޮށް ބެހެއްޓުމަށް އެހީތެރިވެދޭ ކަމެކެވެ.

ރަނގަޅު އަލުވި އިޚްތިޔާރުކުރުން
ޓީ.އެން އިން އިތުރަށް ބުނާ ގޮތުގައި ބޭނުންކުރާ އަލުވީގެ ބާވަތަކީ ވެސް ވަރަށް މުހިންމު އެއްޗެކެވެ. މެދު މިންވަރަކަށް ނުވަތަ ގިނައިން ސްޓާޗް އެކުލެވޭ އަލުވި ބޭނުންކުރުމުން މޭޝްޑް ޕޮޓޭޓޯ މާ މަޑުވެފައި ފުށްގަނޑު ރީތިވެއެވެ. ނަމަވެސް ‘ވެކްސީ’ އަލުވި ބޭނުންކުރުމުން މޭޝްޑް ޕޮޓޭޓޯ ހުންނާނީ ތަންކޮޅެއް ހަރުކޮށެވެ.

އަލުވި ކެއްކުމަށްފަހު ފެންގަނޑު ރަނގަޅަށް ފުރޭނުމަކީ ވެސް ކައްކާ މާހިރުންދޭ އިރުޝާދެކެވެ. މީގެ ސަބަބުން އިތުރު ފެން އެއްޗެހި ބޭރުވެ، ބަޓަރާއި ހޫނު ކިރު އަލުވިތަކަށް ފަސޭހައިން ދަމައިގަތުމަށް މަގުފަހިވެއެވެ.

މިގޮތަށް އަލުވި ތައްޔާރުކުރާނެ ގޮތަކީ:

އަލުވިތައް މަޑުވަންދެން ކެއްކުމަށްފަހު ފެން ރަނގަޅަށް ފުރޭނުމެވެ. އެއަށްފަހު މަޑުމަޑުން ފިސްކޮށް، ކުދި ބަޓަރުކޮޅުތައް އެޅުމަށްފަހު، ބޭނުންވާ މިންވަރަކަށް އޮމާންވަންދެން މަޑުމަޑުން ހޫނު ކިރު އަޅަމުން އެއްކުރާނީއެވެ. އެންމެ މުހިންމު ކަމަކީ އަލުވިތައް މާ ބޮޑަށް އެއްނުކުރުމެވެ.

މިވެސް ކިޔާލަން:  ގާލިކް ބްރޮއިލްޑް ޗިކަން - މުނިއަވަސް ރަހަފަތް
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top