މަޝްހޫރު ބޮލީވުޑް ތަރި އަކްޝޭ ކުމާރުގެ 56 ވަނަ އުފަންދުވަހާ ދިމާކޮށް، އޭނާގެ ކުރިއަށް އޮތް ބޮޑު ފިލްމު “ވެލްކަމް ޓު ދަ ޖަންގަލް” ގެ ފުރަތަމަ ޓީޒާ ނުވަތަ އެނައުންސްމަންޓް ވީޑިއޯ އާންމުކޮށްފިއެވެ.
މިއީ ބޮލީވުޑްގެ ކާމިޔާބު ކޮމެޑީ ފްރެންޗައިޒް “ވެލްކަމް”ގެ ތިންވަނަ ފިލްމެވެ. އާންމުކުރި ޓީޒާ އިން ފެނިގެންދަނީ މި ފިލްމުގައި ހިމެނޭ ބޮޑު ކާސްޓެވެ. މި ފިލްމުގައި ބޮލީވުޑްގެ މަޝްހޫރު 34 ތަރިއަކު ފެނިގެންދާނެއެވެ. ޓީޒާ ވީޑިއޯގައި ހުރިހާ ތަރިން އަސްކަރީ ޔުނީފޯމެއްގައި ތިބެ، “ވެލްކަމް” ފިލްމުގެ މަޝްހޫރު ރާގު “އަކަޕެއްލާ” ސްޓައިލަށް ކިޔާ މަންޒަރު ފެނިގެންދެއެވެ.
މި ފިލްމުގެ ބޮޑު ކާސްޓުގެ ތެރޭގައި އަކްޝޭ ކުމާރުގެ އިތުރުން ރަވީނާ ޓަންޑަން، ލާރާ ދައްތާ، ޖެކްލިން ފެނާންޑޭޒް، ދިޝާ ޕަޓާނީ، ސުނިލް ޝެޓީ، ޕަރޭޝް ރާވަލް، އަރުޝަދު ވަރްސީ، ސަންޖޭ ދަތު، އަދި ރާޖްޕާލް ޔާދަވް ފަދަ މަޝްހޫރު ތަރިން ހިމެނެއެވެ. މީގެ އިތުރުން މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ ދިލްޝާދު ދޯސާންޖް އަދި މީކާ ސިންގް ވެސް މި ފިލްމުން ފެނިގެންދާނެއެވެ.
އަހުމަދު ޚާން ޑައިރެކްޓްކޮށް، ފީރޯޒް ނަދިއަޑްވާލާ ޕްރޮޑިއުސްކުރާ މި ފިލްމަކީ ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ލިބޭނެ ކަމަށް ބެލެވޭ ފިލްމެކެވެ. ފިލްމުގެ ޓީޒާ އާންމުކުރުމާއެކު ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން ވަނީ މި ފިލްމަށް ހުއްޓިފައެވެ.
“ވެލްކަމް ޓު ދަ ޖަންގަލް” ސިނަމާތަކަށް ގެނައުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ. މި ފިލްމު ވެގެންދާނީ މި އަހަރުގެ ކްރިސްމަސް ބަންދާ ދިމާކޮށް ރިލީޒްކުރާ އެންމެ ބޮޑު އެއް ފިލްމަށެވެ.
View this post on Instagram
