ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އަކްޝޭ ކުމާރުގެ “ބެލްބޮޓޮމް” އޯގަސްޓްގައި ސްކްރީންތަކަށް

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރުގެ ފިލްމު ‘ބެލްބޮޓޮމް’ އަންނަ އޯގަސްޓު މަހު ސިނަމާތަކުގައި އަޅުވަން ނިންމައިފިއެވެ.

އަކްޝޭ މިއަދު އޭނާގެ އިންސްޓަގްރާމްގައި ޖެހި ޕޯސްޓެއްގައި ބުނީ ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ އޯގަސްޓު 19 ގައި ކަމަށެވެ. ރަންޖީތު ތިވާރީ ޑައިރެކްޓު ކުރާ މި ފިލްމަކީ އެކްޝަން/ތުރިލަރ ފިލްމެކެވެ. ފިލްމުގެ ޕްރޮޑިއުސަރުންގެ ތެރޭގައި، ވާޝޫ ބަގްނާނީއާއި، ޖެކީ ބަގްނާނީ އަދި ދީޕްޝިކާ ދޭޝްމުކްގެ އިތުރުން މޮނީޝާ އަދުވާނީ ހިމެނެއެވެ.

ޕޫޖާ އެންޓަރޓެއިންމެންޓް އަދި އެންމޭ އެންޓަރޓެއިންމެންޓްގެ ޕްރޮޑަކްޝަންގެ ދަށުން ގެނެސްދޭ މި ފިލްމުގައި އަކްޝޭގެ އިތުރުން ވާނީ ކަޕޫރާއި ލާރާ ދައްތާ އާއި، ހުމާ ޤުރޭޝީ ފެނިގެން ދާނެއެވެ.

އަކްޝޭގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ‘އަތުރަންގީ ރޭ’ އާއި ‘ޕްރިތުވިރާޖް’ އަދި ‘ބައްޗަން ޕާންޑޭ’ ގެ އިތުރުން ‘ބަންދަން’ ހިމެނެއެވެ. މި ފިލްމުތަކުގެ ޕްރޮޑަކްޝަން ޓީމުތަކުން ބުނަނީ ޝޫޓިންގތައް ނުނިންމި ލަސް ވެގެން ދަނީ ކޮވިޑް-19 ގެ ޙާލަތު މާ ރަނގަޅު ނޫން ވީމަ ކަމުގައެވެ.

 

View this post on Instagram

 

A post shared by Akshay Kumar (@akshaykumar)

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top