ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އަޖޭ ދޭވްގަންގެ “ދަމާލް 4” ރިލީޒްކުރާ ތާރީޚު ފަސްކޮށްފި
ފޮޓޯ: ގޫގަލް

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަޖޭ ދޭވްގަންގެ ކޮމެޑީ ފްރެންޗައިޒް “ދަމާލް 4” ސިނަމާތަކަށް އަންނާނެ ކަމަށް ކުރިން ބެލެވުނު ތާރީޚަށް ބަދަލު ގެނެސް، ފިލްމު ރިލީޒްކުރާ ތާރީޚު ފަސްކޮށްފިއެވެ.

މި ފިލްމު ކުރިން ރިލީޒްކުރުމަށް ހަމަޖެހިފައި އޮތީ 4 ޖުލައި 2026 ގައެވެ. ނަމަވެސް، މިހާރު ހަމަޖެހިފައިވާ ގޮތުން ފިލްމު ރިލީޒްކުރާނީ 17 ޖުލައި 2026 ގައެވެ. މި ބަދަލު ގެނައީ އަކްޝޭ ކުމާރުގެ “ވެލްކަމް ޓު ދަ ޖަންގަލް” އާ ބޮކްސް އޮފީހުގައި ކުރިމަތިލާން ޖެހިދާނެތީ އެކަމުން ސަލާމަތްވުމަށެވެ.

ހިންދުސްތާން ޓައިމްސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ނިންމުން ނިންމާފައިވަނީ އަޖޭ ދޭވްގަން އާއި އަކްޝޭ ކުމާރާ ދެމެދު ކުރެވުނު މަޝްވަރާތަކަށް ފަހުގައެވެ. އަކްޝޭގެ “ވެލްކަމް ޓު ދަ ޖަންގަލް” 26 ޖޫން 2026 ގައި ރިލީޒްކުރަން ހަމަޖެހިފައިވާއިރު، ދެ ފިލްމަކީވެސް ގިނަ ތަރިންތަކެއް ހިމެނޭ ފެމިލީ ކޮމެޑީ ފިލްމުތަކަކަށް ވުމުން، ބެލުންތެރިންނަށް ދެ ފިލްމުގެ ދެމެދުގައި ހުސްވަގުތުކޮޅެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް ދެ އެކްޓަރުންވެސް އެއްބަސްވެއެވެ.

މި ދެ ތަރިންނަކީ ފިލްމީ ދާއިރާއަށް ނުކުތުމުގެ ކުރިންވެސް ގާތް ދެ އެކުވެރިންނެވެ. އަދި ދެ ތަރިންނަކީވެސް ފިލްމު އުފައްދާ ޕްރޮޑިއުސަރުން ކަމަށްވުމުން، ފިލްމުތަކަށް ބޭނުންވާ މާކެޓް ހޯދުމުގެ މުހިންމުކަން ދެނެގަނެ، ވަރަށް އޮމާންކަމާއެކު މި ބަދަލަށް ވަނީ އެއްބަސްވެފައެވެ.

“ދަމާލް 4” އިން އަނެއްކާވެސް ފެނިގެންދާނީ އަޖޭ ދޭވްގަންގެ އިތުރުން ރިތޭޝް ދޭޝްމުކް، އަރްޝަދު ވަރްސީ، ސަންޖޭ މިޝްރާ އަދި ޖާވިދު ޖެފްރީއެވެ. މީގެ އިތުރުން އީޝާ ގުޕްތާ އާއި ރަވީ ކިޝަން ފަދަ އާ ތަރިންތަކެއްވެސް މި ފިލްމާ ވަނީ ގުޅިފައެވެ.

އަކްޝޭ ކުމާރުގެ “ވެލްކަމް ޓު ދަ ޖަންގަލް” ގައިވެސް ބޮޑު ކާސްޓެއް ހިމެނެއެވެ. އޭގެ ތެރޭގައި ސުނިލް ޝެޓީ، ޖެކީ ޝްރޮފް، ރަވީނާ ޓަންޑަން އަދި ޖެކްލިން ފެނާންޑޭޒް ފަދަ ތަރިން ހިމެނެއެވެ.

ކުރިއަށް ހުރި މަސައްކަތްތަކަށް ބަލާއިރު، އަޖޭ ދަނީ “ދްރިޝްޔަމް 3” އާއި “ގޯލްމާލް 5” ގެ މަސައްކަތް ކުރަމުންނެވެ. އަކްޝޭ ކުމާރުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ސައިފް އަލީ ޚާނާއެކު ފެނިގެންދާ “ހައިވާން” ހިމެނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top