ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އިންސާނުންގެ އާ ލޭގެ ގުރޫޕެއް ސައިންސްވެރިން ދެނެގަނެފި

ވޭތުވެދިޔަ 50 އަހަރު ވަންދެން ސައިންސްވެރިންނަށް ހައްލުނުކުރެވި އޮތް ސިއްރެއް ހާމަކޮށް، އިންސާނުންގެ ލޭގެ އައު ގުރޫޕެއް އިނގިރޭސިވިލާތުގެ ދިރާސާވެރިން ދެނެގަނެފިއެވެ. “މަލް” (MAL)ގެ ނަމުން ނަންދެވިފައިވާ މި އައު ބްލަޑް ގުރޫޕް ސިސްޓަމް ދެނެގަނެފައިވަނީ އިނގިރޭސިވިލާތުގެ އެން.އެޗް.އެސް ބްލަޑް އެންޑް ޓްރާންސްޕްލާންޓް އާއި ބްރިސްޓަލް ޔުނިވަރސިޓީގެ ދިރާސާވެރިން ގުޅިގެންނެވެ.

މި ހޯދުމަކީ 1972 ވަނަ އަހަރު ފުރަތަމަ ފަހަރަށް ފާހަގަކުރެވުނު އޭއެންޑަބަލިޔުޖޭ “AnWj” އެންޓިޖެންއާ ގުޅޭ ގޮތުން ކުރެވުނު ދިރާސާތަކުގެ ނަތީޖާއެވެ. އޭރުން ފެށިގެން ސައިންސްވެރިންނަށް ނޭނގި އޮތީ ބައެއް މީހުންގެ ކިބައިގައި މި އެންޓިޖެން ނުހުންނަ ސަބަބެވެ. ނަމަވެސް، މި ފަހަރުގެ ދިރާސާއިން ދައްކާގޮތުގައި، މި އެންޓިޖެން އުފެދެނީ “މަލް” ނަމަކަށް ކިޔާ ޕްރޮޓީންއެއްގެ ސަބަބުންނެވެ.

ދުނިޔޭގެ އާބާދީގެ 99.9 އިންސައްތަ މީހުންނަކީ އޭއެންޑަބަލިޔުޖޭ ފައްސި “AnWj-positive” މީހުންނެވެ. ނަމަވެސް، ވަރަށް މަދު ބައެއްގެ ކިބައިގައި މި އެންޓިޖެން ނުހުރެއެވެ. މިފަދަ އޭއެންޑަބަލިޔުޖޭ ނައްސި “AnWj-negative” މީހުންނަށް އާދައިގެ ލޭ އެޅުމަކީ ފުރާނައަށް ނުރައްކާވެދާނެ ކަމެކެވެ. އެހެންކަމުން، މި އައު ހޯދުމުގެ ސަބަބުން މިފަދަ ނާދިރު ލޭގެ ގުރޫޕް ހުންނަ މީހުން ދެނެގަތުމަށް ކުރާ ޓެސްޓުތައް އިތުރަށް ފަސޭހަވެ، އެމީހުންނަށް ބޭނުންވާ ރައްކާތެރި ލޭ ހޯދައިދިނުމަށް މަގުފަހިވެގެންދާނެއެވެ.

ދިރާސާވެރިން ބުނާ ގޮތުގައި، މި ހޯދުމަކީ ލޭގެ ސައިންސަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. މީގެ ސަބަބުން، ކުރިން ދެނެނުގަނެވޭ ބައެއް ބަލިމީހުންގެ ލޭގެ މައްސަލަތައް ދެނެގަނެވި، އެކަށީގެންވާ ފަރުވާ ދިނުމަށް އެހީތެރިވެދޭނެއެވެ. މި ހޯދުމުގެ ތަފްސީލުތައް މިހާރު ވަނީ ސައިންސް މަޖައްލާއެއް ކަމަށްވާ “ބްލަޑް” ގައި ޝާއިޢުކޮށްފައެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top