ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ރާއްޖެތެރޭން އައި އދ. އަތޮޅު ތަޢުލީމީ މަރުކަޒާއި މާފުށީ ސްކޫލް ފައިނަލަށް! 
ފޮޓޯ: އެފްއޭއެމް ފޭސްބުކް ޕޭޖް

ރާއްޖެ ޖޫނިއާރ 17 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް އދ. އަތޮޅު ތަޢުލީމީ މަރުކަޒާއި ކ. މާފުށީ ސްކޫލް ދަތުރު ކޮށްފިއެވެ.

މުބާރާތުގެ ސެމީ ފައިނަލް ދެ މެޗު މިއަދު ކުޅެވިފައިވާއިރު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ އދ. އަތޮޅު ތަޢުލީމީ މަރުކަޒާއި ކަލާފާނު ސްކޫލެވެ.

ވާދަވެރި ހަމަހަމަަ ކުޅުމެއް ފެނިގެންދިޔަ މި މެޗު އދ. އަތޮޅު ތަޢުލީމީ މަރުކަޒުން ކާމިޔާބު ކުރީ 1-0 އިންނެވެ.

މި މެޗުގެ ފުރަތަމަ ހާފު ނިމުނީ، ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން އެއްވެސް ޓީމަކަށް ނުކުރެވި 0-0 އިންނެވެ.

މި މެޗުގައި ފެނުނު ހަމައެކަނި ލަނޑު އދ. އަތޮޅު ތަޢުލީމީ މަރުކަޒުން ޖެހީ 52 ވަނަ މިނިޓްގައެވެ.

ފޮޓޯ: އެފްއޭއެމް ފޭސްބުކް ޕޭޖް

ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރީ ކ. މާފުށީ ސްކޫލާއި ދަރުމަވަންތަ ސްކޫލެވެ.

ވާދަވެރިކަން ބޮޑު، ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗު މާފުށީ ސްކޫލުން ކާމިޔާބުކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވެފައި އޮތުމުން ކުރިޔަށް ގެންދިޔަ ޕެނަލްޓީ ޝޫޓްއައުޓްގައި 5-6 އިން ކުރި ހޯދައި 7-8 އިން މެޗު ކާމިޔާބު ކޮށްގެންނެވެ.

މި މެޗުގެ ފުރަތަމަ ލަނޑު ޖެހީ ދަރުމަވަންތަ ސްކޫލުންނެވެ. އެ ޓީމުން މި ލަނޑު ޖެހީ 20 ވަނަ މިނިޓްގައި އެ ޓީމަށް ލިބުނު ޕެނަލްޓީ ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.

ދެވަނަ ހާފު ފަށައިގެން ރަނގަޅަށް ކުޅުނު މާފުށިން ނަތީޖާ ހަމަހަމަކުރީ 38 ވަނަ މިނިޓްގައި އެ ޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްގެންނެވެ. ފަހަތުން އަރައި މާފުށިން ލީޑު ނެގީ 56 ވަނަ މިނިޓްގައެވެ. މެދުރޮނގު ކައިރިން ދަރުމަވަންތަ ސްކޫލް ހާފުތެރެއިން މާފުށީ ކުޅުންތެރިޔާއަށް ލިބުނު ބޯޅަ ހިފައިގެން އޭރިޔާތެރެއަށް ވަދެ ގޯލުގެ ތެރެއަށް އޭނާ ބޯޅަ ވައްދާލީ ކީޕަރު ކައިރިންނެވެ.

މާފުށިން ލީޑު ނަގައި ހަމަޖެހިނުލެވި އުޅެނިކޮށް ދަރުމަވަންތަ ސްކޫލުން ނަތީޖާ ހަމަހަމަކުރިއެވެ. 58 ވަނަ މިނިޓްގައި ލިބުނު ކޯނަރު ގޯލު ކުރިމައްޗަށް ނަގައިދިނުމުން އެ ޓީމު ކުޅުންތެރިއަކު ވަނީ ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 2-2 އިން އެއްވަރުވެގެންނެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 23 ވަނަ ދުވަހުއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top