ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ހަކުރާއި ސަރުބީ ގިނަ ކާނާ ކެއުމުގެ ސަބަބުން ހަނދާން ބަލިވުމުގެ ނުރައްކާ އޮތްކަން ހާމަވެއްޖެ

ސަރުބީއާއި ހަކުރު ގިނަ ކާނާ ނުވަތަ “ވެސްޓަން ޑައިޓް” އަށް އާދަވުމަކީ އިންސާނާގެ ހަނދާން ކުރުމުގެ ބާރަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމެއްކަން ދިރާސާއަކުން ދައްކައިފިއެވެ.

ޔުނިވަރސިޓީ އޮފް ސަދަން ކެލިފޯނިއާ (ޔޫ.އެސް.ސީ) އިން ދާދިފަހުން ކުރިއަށް ގެންދިޔަ މި ދިރާސާގައި ބުނެފައިވާ ގޮތުގައި، ޒުވާން އުމުރުގައި ސިއްހަތަށް ފައިދާނެތް، ހަކުރާއި ސަރުބީ ގިނަ ކާނާ ބޭނުންކުރުމަކީ ސިކުނޑީގެ ހަނދާންތައް ރައްކާކޮށްދޭ މަރުކަޒަށް ނުވަތަ ‘ހިޕޯކެމްޕަސް’ އަށް ނޭދެވޭ އަސަރުތަކެއް ކުރާ ކަމެކެވެ.

މި ދިރާސާ ކުރިއަށް ގެންދިޔަ ސައިންސްވެރިން ހާމަކުރި ގޮތުގައި، މިފަދަ ކާނާގެ ސަބަބުން ސިކުނޑީގައި ހިނގާ ކޮގްނިޓިވް ފަންކްޝަންތަކަށް ބުރޫއަރައެވެ. ޚާއްޞަކޮށް އުމުރުން ދުވަސްވުމުން ކުރިމަތިވާ ހަނދާން ނެތޭ ބަލިތަކަށްވުރެ ބޮޑަށް، ޒުވާން އުމުރުގައި މިފަދަ ކާނާ ބޭނުންކުރުމުން ލިބޭ ގެއްލުންތަކަކީ ފަހުން ރަނގަޅު ކެއުމަކަށް ބަދަލުކުރި ނަމަވެސް މުޅިން އިއާދަނުކުރެވޭނެ ގެއްލުންތަކެއް ކަމަށް މި ދިރާސާއިން ވަނީ ދައްކާފައެވެ.

މި ދިރާސާގައި ބޭނުންކުރި މީދާތަކަށް ދެވުނު މަތީ ފެޓް އަދި ހަކުރު އެކުލެވޭ ކާނާގެ ސަބަބުން، އޭގެ ސިކުނޑީގައިވާ ‘އެސިޓިލްކޯލިން’ ނަމަކަށް ކިޔާ ނިއުރޯޓްރާންސްމިޓަރެއްގެ މިންވަރު ދަށްވާކަން ފާހަގަކުރެވުނެވެ. މިއީ އިންސާނާގެ އުނދެގަނުމާއި ހަނދާންކުރުމުގެ ގާބިލުކަމަށް ވަރަށް މުހިންމު މާއްދާއެކެވެ.

ސިއްހީ މާހިރުން އިރުޝާދު ދެއްވަނީ ޖަންކް ފުޑް ނުވަތަ ޕްރޮސެސްކޮށްފައިވާ ކާނާއާ ދުރުހެލިވެ، ތަރުކާރީއާއި މޭވާ ހިމެނޭ ސިއްހީ ގޮތުން ފައިދާހުރި ކާނާ ބޭނުންކުރުމަށެވެ. މިއީ ހަމައެކަނި ހަށިގަނޑުގެ ބަރުދަން ކޮންޓްރޯލް ކުރުމަށް ނޫން ކަމަށާއި، ސިކުނޑީގެ ދިގު މުއްދަތުގެ ދުޅަހެޔޮކަމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށްވެސް މި ދިރާސާގައި ބާރުއަޅާފައިވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top