ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ނިދާއިރު ބާލީސް ބޭނުންކުރާ ގޮތުން ތިބާގެ މިޒާޖު ދެނެގަނެވިދާނެ
ފޮޓޯ: މުނިއަވަސް ގްރެފިކްސް

މީސްމީޑިއާގައި ފެންނަ ތަފާތު ތަސްވީރުތަކުން ފުރަތަމަ ފާހަގަވާ އެއްޗަކުން ނުވަތަ އިނގިލީގެ ބައްޓަން ފަދަ ކަންކަމުން މީހާގެ މިޒާޖު ބުނެދޭ “ޕާސަނަލިޓީ ޓެސްޓު” ތަކާ ތިޔަބޭފުޅުން ބައްދަލުވެފައި ހުންނާނެއެވެ. މިއީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި މީހެއްގެ ސިފަތައް ދެނެގަތުމަށް ބޭނުންކުރާ މަޖާ ވަސީލަތްތަކެކެވެ. ސައިންޓިފިކް ގޮތުން ސާބިތުވެފައި ނުވި ނަމަވެސް، މިއީ މި ޓެސްޓް ތަޖުރިބާ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ގިނަ ބަޔަކު “ބަރާބަރަށް ދިމާވާ” ކަމަށް ބުނެފައިވާ ޓެސްޓެކެވެ.

މިއީ ނިދާއިރު ބާލީސް ބޭނުންކުރާ ގޮތުގެ މައްޗަށް ބިނާވެފައިވާ ކަމެކެވެ. ބާލީހަކީ ހަމައެކަނި ބޯއަޅަން އޮންނަ އެއްޗެއް ކަމަށް ހީވަނީ ހެއްޔެވެ؟ ނޫނެކެވެ! ރޭގަނޑު ތިބާ ބާލީސް ބޭނުންކުރާ ގޮތުން ތިބާގެ ޝަޚުޞިއްޔަތާއި، ހިތްހަމަޖެހުން ހޯދުމަށް ބޭނުންވާ ގޮތްތައް ހާމަކޮށްދެއެވެ. “ބްރެއިންހަބް888” ގައިވާ ޕޯސްޓުގައި ބުނެފައިވާ ގޮތުގައި، ނިދާއިރު ބާލީހާމެދު ކަންތައްކުރާ ގޮތަކީ އިއްތިފާޤުން ވާކަމެއް ނޫނެވެ. އެއީ ތިމާގެ ސިކުނޑިއަށް އެކަން އިޙުސާސްވުމުގެ ކުރިން، ނާރުތަކުގެ ނިޒާމުން އަމިއްލައަށް ހޯދާ ހިތްހަމަޖެހުމެކެވެ.

ގިނަ ފަހަރަށް ނިދާއިރު ހުންނަ ހަށިގަނޑުގެ މަޤާމަކީ ސިކުނޑީގެ އަޑީގައިވާ ހިތްހަމަޖެހުން ހޯދުމުގެ މަގެކެވެ. މިސާލަކަށް، ފިއްތުންތައް ކުރިމަތިވުމުން ގިނަ މީހުން ބޮނޑިވެގެން ނިދަން އާދަވެފައި ހުރެއެވެ.

އަމިއްލަ ނަފުސު އިތުރަށް ދެނެގަތުމަށްޓަކައި މި ކުރު ޓެސްޓު ހަދާލަމާ ހިނގާށެވެ. މިރޭ ނިދާއިރު ބާލީސް ބޭނުންކުރެވެނީ ކޮން ގޮތަކަށްތޯ ބަލާލާށެވެ. އެކަމުން ދޭހަވާ މާނަތަކަކީ:

1 – ބާލީހުގައި ބާރަށް ބައްދާލައިގެން އޮތުން: ތިބާއަކީ ގާތްކަމުގެ ތެރެއިން ހިތްހަމަޖެހުން ހޯދާ މީހެކެވެ. އެހެން މީހުންގެ އަޅާލުމާއި ޔަޤީންކަން ބޭނުންވި ނަމަވެސް، އެކަން ސީދާ ބުނަން އުނދަގޫވެއެވެ.

2 – ބާލީހުން ބޯ ފޮރުވައިގެން އޮތުން: މާ ގިނަ ކަންތައްތަކާ ނުވަތަ އަޑުގަދަ މާހައުލުތަކާ ކުރިމަތިލާން ތިބާ ބޭނުމެއް ނުވެއެވެ. އިޙުސާސްތައް ބަރުދާސްތުކުރަން އުނދަގޫވުމުން، ހަމަޖެހުން ހޯދުމަށްޓަކައި އެކަނިވެރިކަމަށް ރުޖޫޢަވެއެވެ.

3 – ބާލީހުގައި ލުއިކޮށް ހިފަހައްޓައިގެން އޮތުން: ތިބާ ބޭނުންވަނީ ހަމަޖެހުމެވެ. އެހެން މީހަކަށް ބަރޯސާނުވެ، އަމިއްލަ ފައިމައްޗަށް ތެދުވެ ހުރުމުގެ ވިސްނުން ގެންގުޅެއެވެ.

4 – ބާލީސް ދުރަށް ކޮއްޕާލުން: ވަރުބަލިވެފައި ހުރި ނަމަވެސް، އަމިއްލަ މިނިވަންކަމާއި އިޙުސާސްތައް ރައްކާތެރިކުރުމަށް ތިބާ އިސްކަންދެއެވެ.

5 – ބާލީސްތަކުގެ މެދުގައި ބަންދުވެގެން އޮތުން: ތިބާއަކީ ކަންކަން ތަރުތީބުކޮށް ވަކި އުސޫލެއްގެ ތެރެއިން ރޭވުމުން ރައްކާތެރިކަން އިޙުސާސްކުރާ މީހެކެވެ. ކަންކަން ބެލެހެއްޓުމުގެ ބާރު އޮތުމުން ތިބާއަށް އަމާންކަން ލިބެއެވެ.

6 – އެންމެ ބާލީހެއް ބޭނުންކުރުން: ތިބާއަކީ އިޙުސާސްތައް ކޮންޓްރޯލްކުރަން ދަންނަ، ހަމަޖެހޭ މީހެކެވެ. ހިތްހަމަޖެހުމަކީ މާ ބޮޑަށް އުނިވެފައިވާ ނުވަތަ އަވަސްއަރުވާލައިގެން ހޯދަންޖެހޭ އެއްޗެއް ކަމަކަށް ތިބާ ނުދެކެއެވެ.

މި ނަތީޖާ ތިބާގެ މިޒާޖާ ދިމާވޭ ހެއްޔެވެ؟ މި ޓެސްޓުގެ ނަތީޖާ ތިބާގެ ސަޚްޞިއްޔަތާ ދިމާނުވި ނަމަވެސް ކަންބޮޑުނުވާށެވެ. ސަބަބަކީ މިއީ އަބަދު ސައިންޓިފިކް ގޮތުން ސާބިތު ހަޤީޤަތްތަކަކަށް ނުވެދާނެތީއެވެ. އަދި ހުރިހާ ހޯދުންތަކަކީ ހުރިހާ އެންމެންނަށް ފެތޭ އެއްޗަކަށްވެސް ނުވާތީއެވެ.

ވީމާ، ތިބާ ނިދާ ގޮތާމެދު ފިކުރުކޮށްލައި، އަމިއްލަ ނަފުސާ ބެހޭ އިތުރު މަޢުލޫމާތު ހޯދައި، ފުރިހަމަ އަރާމު ނިދި ހޯއްދަވާށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top