ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ހޭވައްލާގެ “ޢީދު ގޮއްޔެ” ވަރަށް ނަލަ
ފޮޓޯ: އިޝްފާން އިންސްޓަގްރާމް

މިއަހަރު އާންމުންގެ އެންމެ ބޮޑު ސަމާލުކަމެއް ހުއްޓި، އެންމެން އެ ލަވައަކަށް ކެތްމަދުވެފައިވާ “ޢީދު ގޮއްޔެ” ނެރެފިއެވެ.

ހޭވައްލާ ބޮޑުބެރު ގުރޫޕާއި ކްރިއޭޓިވް ނެޓްވޯކް ގުޅިގެން ޢީދަށް ޚާއްސަކޮށް އުފައްދާފައިވާ “ޢީދު ގޮއްޔެ” މިއަދު މީސްމީޑިއާ މަންސަތަކުގައި އާންމުކޮށްފައިވާއިރު، މި ލަވަ ތައްޔާރުކޮށްފައިވަނީ ދިވެހިންގެ ސަޤާފީ ބޮޑުބެރުގެ ހަމަތަކާއި ރާގުތަކަށް ފައްތާ، ޒަމާނީ މިއުޒިކް މިކްސްތަކެއް ހިމަނައިގެންނެވެ.

ވަރަށް ވަރުގަދަ، ބޮޑު ޓީމެއް ފެނިގެންދިޔަ މި ލަވައިގެ ވީޑިއޯއިން 45 ނެށުންތެރިންނާއި ބެރުވެރިން ބައިވެރިވިއެވެ. ލަވައިގެ މައިގަނޑު ކެރެކްޓާ “ގޮއްޔެ” ގެ ގޮތުގައި މިހާރު ދިވެހި ފިލްމީ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ އެއް ބަތަލާ ވާޝިޔާ މުޙައްމަދު (ޝިޔާ) ފެނިގެންދާއިރު، ފިރިހެން މައިގަނޑު ތަރިންގެ ގޮތުގައި ފެނިގެންދަނީ މުޙައްމަދު އިޝްފާން، ހޭވައްލާގެ އަޙްމަދު ވަލީދު (ފިއްޓެ) އަދި މޫސާ ފާޚިރު (ތުއްދޮންބެ) އެވެ. އަދި ވަރަށް ޚާއްސަ ފެނިލުމަކުން އާމިނަތު ރަޝްފާ (އާޝާ) އަދި ހުނޭސާ އާދަމް (ހުނޫ) ފެނިގެންދެއެވެ.

ސަޤާފީ އަދި ޒަމާނީ ނެށުންތަކެއް ފެނިގެންދިޔަ މި ލަވައިގެ ނެށުންތައް ތައްޔާރުކޮށްފައިވަނީ އަޒްހާން އިބްރާހީމެވެ. އޭނާއަކީ ތަފާތު އަދި އާދަޔާ ޚިލާފު ކޮންސެޕްޓްތަކަށް އުފެއްދުންތައް ގެނެސްދޭ ޑައިރެކްޓަރެއްކަން ފާހަގަކޮށްލެވެއެވެ. މި ލަވައިގެ ޑައިރެކްޝަނާއި އެޑިޓިންއަކީ ވެސް އޭނާގެ ހުނަރުވެރި މަސައްކަތެވެ.

ކ. ހުރާގެ ހިތްގައިމުކަން ރާއްޖޭގެ އެންމެ ހުނަރުވެރި އެއް ސްޓޫޑިއޯ ކަމަށްވާ “ލައިޓްސްއައުޓް” ގެ ސަމާހު އިބްރާހީމްގެ ކުޅަދާނަކަމާއެކު ދައްކާލާފައިވާއިރު މި ލަވައިގެ ބައިވެރިންގެ މޭކަޕްތަކަކީ ރިޒްނާ އަޙްމަދުގެ ހުނަރުވެރިކަމެވެ. ޖާދުﷲ އިސްމާޢީލް (ޖާދު) އާއި އަޒްހާންގެ ކޮސްޓިއުމްތައް ފެނިގެންދިޔަ މި ހިތްގައިމު، ފޯރިގަދަ ލަވައިގެ އަޑުގެ ވެރިންނަކީ ޢަލީ ޔާމީން (ޔާމްބެ)، އިޔާދު އިޝްހާޤް (ލައްޑޫ) އަދި ޙުސައިން ސަމްހާން (ޝައްމު) އެވެ.

ލަވައިގެ ޅެން ރިބާޙް ޙުސައިން (ލިޔަންސޮރަ) ތައްޔާރުކޮށްފައިވާއިރު، ލަވައިގެ މިއުޒިކާއި އޯޑިއޯ މަސައްކަތްތައް ކޮށްފައިވަނީ ހޭވައްލާ ސްޓޫޑިއޯގައެވެ.

ހޭވައްލާ އަދި ކްރިއޭޓިވް ނެޓްވޯކްގެ މި ޖޮއިންޓް ކޮލެބްރޭޝަނުން ލަވައިގެ ކޮލިޓީ އެހެން ލެވެލްއަކަށް ގެންގޮސްދީފައިވާއިރު، މިއީ މިއަހަރުގެ އަޟްޙާ ޢީދުގައި އެންމެ އަޑުގަދަކޮށް އިވިގެންދާނެ ލަވަކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top