ދުނިޔޭގެ އެންމެ މަގުބޫލު މިއުޒިކް ސްޓްރީމިންގް ޚިދުމަތް ކަމަށްވާ ސްޕޮޓިފައި އިން، މަޝްހޫރު މަޖައްލާތަކުގެ ލިޔުންތައް އަޑުން އިވޭގޮތަށް އެ އެޕްލިކޭޝަނަށް އިތުރުކޮށް، އެ ކުންފުނީގެ އޯޑިއޯ ކޮންޓެންޓް އިތުރަށް ފުޅާކޮށްފިއެވެ.
މި އާ ބަދަލާއެކު، ދުނިޔޭގެ ނަންމަޝްހޫރު މަޖައްލާތައް ކަމަށްވާ “ދަ ވޯލް ސްޓްރީޓް ޖާނަލް”، “ރޯލިންގް ސްޓޯން” އަދި “އެސްކުއަޔާ” ފަދަ މަޖައްލާތަކުގެ ދިގު ލިޔުންތައް މިހާރު ޕޮޑްކާސްޓެއްގެ ސިފައިގައި އަޑުއަހާލެވޭނެއެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ “ސްޕޯކަން ލޭޔަރ” އާ ގުޅިގެންނެވެ.
ސްޕޮޓިފައި އިން މި ފިޔަވަޅު އަޅާފައިވަނީ ހަމައެކަނި މިއުޒިކާއި އާދައިގެ ޕޮޑްކާސްޓްތަކުގެ އިތުރުން، ތަފާތު އެކި ދާއިރާތަކުގެ މައުލޫމާތު ހިމެނޭ އޯޑިއޯ ކޮންޓެންޓް ބޭނުންކުރާ ފަރާތްތަކަށް ފޯރުކޮށްދިނުމުގެ މަގްސަދުގައެވެ. މީގެ ސަބަބުން، ލިޔުންތައް ކިޔުމުގެ ބަދަލުގައި، ދަތުރުމަތީގައާއި އެހެނިހެން މަސައްކަތްތަކުގައި އުޅޭއިރު ފަސޭހައިން މަޢުލޫމާތު އޮޅުންފިލުވުމުގެ ފުރުސަތު ބޭނުންކުރާ ފަރާތްތަކަށް ލިބިގެންދާނެއެވެ.
މި ޚިދުމަތަކީ ސްޕޮޓިފައި އިން އޯޑިއޯގެ ދާއިރާގައި ކުރި ހޯދުމަށާއި، އެހެން ޕްލެޓްފޯމްތަކާ ވާދަކުރުމުގެ ގޮތުން ގެނައި މުހިންމު ބަދަލެކެވެ. މީގެ ކުރިންވެސް އެ ކުންފުނިން ވަނީ ޕޮޑްކާސްޓްގެ ދާއިރާއަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައެވެ.
މި އާ ފީޗާ މިހާރު ސްޕޮޓިފައި ބޭނުންކުރާ ފަރާތްތަކަށް އެޕްލިކޭޝަން މެދުވެރިކޮށް ލިބޭނެއެވެ. މިއީ ދުނިޔޭގެ މީޑިއާ އިންޑަސްޓްރީގައި ލިޔުންތައް ބޭނުންކުރާ ގޮތަށް އަންނަމުންދާ ބޮޑު ބަދަލެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
