ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެކަތި ބޮޑުބެރުގެ ފޯރިގަދަ “ހިނިތުންވެ” ލަވަ ނެރެފި
ހިނިތުންވެ ލަވައިގެ މަންޒަރެއް / ސްކްރީންޝޮޓް މުނިއަވަސް

މި އަހަރުގެ އަޟްޙާ ޢީދަށް ޚާއްޞަކޮށްގެން “އެކަތި ބޮޑުބެރު” ގުރޫޕުން “ހިނިތުންވެ”ގެ ނަމުގައި ފޯރިގަދަ އަމިއްލަ ވީޑިއޯ ލަވައެއް ޢީދު ވިލޭރޭ ނެރެފި އެވެ.

“ހިނިތުންވެ” ލަވައިގެ ޅެން ހަދާފައިވަނީ ތާދި އަދި މުބާރިކް އެވެ. ލަވައިގެ ހިތްގައިމު އަމިއްލަ ރާގު ހެދީވެސް ތާދި އެވެ. މިއުޒިކް އަދި މިކްސިން ހެދީ ޙުސައިން ތަޢުފީޤް އެވެ. ވީޑިއޯ އުފެއްދުމުގެ މަސައްކަތްކޮށްފައިވަނީ ‘ޕީއޯވީ’ އިންނެވެ. ޑައިރެކްޝަން ހެދީ ނަހްޒާން އެވެ. ކެމެރާކޮށްފައިވަނީ ނަހްޒާން، ރިޒްޚާން އަދި ރިއްކޮ އެވެ. ލަވައިގެ ހިތްގައިމު ކޮރިއޮގްރަފީ ހެދީ އަންނަ އަދި އައްޕު އެވެ.

މި ލަވައިގައި ދިވެހި ސަގާފީ ހަރަކާތްތަކާއި ޒަމާނީ ކުލަތައް އެއްކޮށްލައިގެން ރަށްރަށުގައި ޢީދު ފާހަގަކުރުމަށް ހިނިތުންވެ ތިބެ ކުރަމުން އަންނަ ކަންކަން ދައްކުވައިދީފައިވެއެވެ. ލަވައިގައި ހިނިތުންވާ ފަދަ އުފާވެރި ވާހަކަތަކެއް ގެނެސްދީފައިވަނީ ނުހަނު ޖޯޝާ ފޯރީގައެވެ.

މުޅި ރާއްޖެއަށް މަޝްހޫރުވެގެން ދިޔަ “އީދު ގޮމާ” އަދި “މަރިޔަމް މަލާ” ނެރުނު ހުނަރުވެރި ބޮޑުބެރު ގްރޫޕުން މިފަހަރު މި ދޫކޮށްލި “ހިނިތުންވުން” ލަވައިން އެންމެންގެ މޫނުމައްޗަށް މާބޮޑަށްވެސް ހިނިތުންވުން ގެނެސްދޭކަން ފާހަގަކޮށްލެވެއެވެ.

“ވަރަށް އުފާވެރި މަންޒަރުތަކެއް ފެންނާނީ ލަވައިން. ކުލަގަދަ، ދިވެހިންނަށް ކަމުދާނެ ލަވައެއް މިއީ،” އެކަތި ގްރޫޕުން މި ލަވައާމެދު ބުނެފައިވަނީ ސަތޭކައިގެ ވާހަކައެއްކަން ލަވަ ބަލައިލުމުން އެނގޭނެއެވެ.

“ހިނިތުން” ލަވަ ޝޫޓްކޮށްފައިވަނީ ކ. ގުރައިދޫގައެވެ. މި ލަވައިގައި ފެނިގެންދަނީ އެ ގްރޫޕްގައި ހިމެނޭ ބައިވެރިންނާއި ގުރައިދޫގައި ދިރިއުޅެމުން އަންނަ ބައެއް ކުޑަކުދިންނެވެ.

މޮޑެލް ކުރުމުގައި ހަރަކާތްތެރިވާ އަންހެން ކުއްޖަކު ވެސް މި ލަވައިގައި ފެންނައިރު، ގުރައިދޫގެ ހިތްގައިމު ސަރަހައްދުތަކުގައި ލަވައިގެ މަންޒަރުތައް ޝޫޓުކޮށްފައިވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top