ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އައިއޯއެސް 27 ގައި ހިމެނޭ އޭއައި ކެމެރާ އަދި ފޮޓޯ ފީޗާތަކުގެ ފުރަތަމަ ފެނިލުން ހާމަކޮށްފި
ބްލޫމްބާގް

ބްލޫމްބާގްގެ މާކް ގާމަން ރިޕޯޓްކުރާ ގޮތުގައި، އެޕަލް އިން އައި.އޯ.އެސް 27 އާއެކު ކެމެރާ އަދި ފޮޓޯ އެޕްތަކަށް އޭއައި ބޭނުންކޮށްގެން ބޮޑެތި ބަދަލުތަކެއް ގެނައުމަށް ދަނީ ރާވަމުންނެވެ.

މި ރިޕޯޓުގައި، ޖޫން މަހުގެ 8 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެޕަލްގެ ވޯލްޑްވައިޑް ޑިވެލޮޕާސް ކޮންފަރެންސްގައި އިޢުލާންކުރަން ހަމަޖެހިފައިވާ އައި.އޯ.އެސް 27ގެ މުހިންމު ފީޗާތަކުގެ ފުރަތަމަ ތަޞައްވުރެއް ވަނީ ހިއްސާކޮށްފައެވެ. މި މަޢުލޫމާތުތަކަކީ ބްލޫމްބާގަށް ލިބިފައިވާ ތަފްސީލުތަކާއި އެޕަލްގެ މަސައްކަތްތައް ދަންނަ ފަރާތްތަކުން ދީފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ މަޢުލޫމާތުތަކެކެވެ.

ކެމެރާ އެޕްލިކޭޝަނަށް ގެންނަ ބަދަލުތަކުގެ ތެރޭގައި، މިހާރު ހުންނަ ފޮޓޯ އަދި ވީޑިއޯ ފަދަ އޮޕްޝަންތަކުގެ ކައިރީގައި ސިރީއަށް ޚާއްޞަ މޯޑެއް އިތުރުކުރުން ހިމެނެއެވެ. ގާމަން ބަޔާންކުރާ ގޮތުގައި، މި ފީޗާގެ ސަބަބުން މިހާރު ބޭނުންކުރާ “ވިޝުއަލް އިންޓެލިޖެންސް” ތަޖުރިބާ ބަދަލުވެގެންދާނެއެވެ. މިކަމުގެ ސަބަބުން ބޭނުންކުރާ ފަރާތްތަކަށް ކެމެރާއިން އެއްޗެއްގެ ފޮޓޯ ނެގުމަށްފަހު، ތާޑް-ޕާޓީ އޭއައި އެޖެންޓެއް މެދުވެރިކޮށް އެ އެއްޗެއް ދެނެގަތުމަށް ނުވަތަ ގޫގުލް ރިވާސް އިމޭޖް ސާޗް މެދުވެރިކޮށް މަޢުލޫމާތު ހޯދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މި ޤާބިލުކަން ސީދާ ކެމެރާ އެޕްގެ ތެރެއަށް ގެނައުމުގެ މަޤްޞަދަކީ، ކުރިއަށް އޮތްތަނުގައި އެޕަލް އިން ނެރެން ގަސްދުކުރާ ސްމާޓް ގްލާސް އަދި ކެމެރާ ހަރުކޮށްފައިވާ އެއާޕޮޑްސް ފަދަ އުފެއްދުންތަކަށް ބޭނުންކުރާ ފަރާތްތައް އަހުލުވެރިކުރުވުމެވެ.

މީގެ އިތުރުން، ކެމެރާ އެޕަށް “އެޑް ވިޖެޓްސް”ގެ ނަމުގައި އާ ޕެނަލެއް އިތުރުކުރެވޭނެއެވެ. މީގެ ސަބަބުން ކެމެރާގެ އިންޓަފޭސް އަމިއްލަައަށް ބޭނުންވާ ގޮތަށް ބަދަލުކުރުމުގެ ފުރުޞަތު ލިބޭނެއެވެ. މިގޮތުން ކެމެރާގެ މަތީގައި ހުންނަ ޝޯޓްކަޓްތައް ބަދަލުކޮށް، ޕްރޮފެޝަނަލް ކޮންޓްރޯލްތައް ކަމަށްވާ “ޑެޕްތް އެޖަސްޓްމަންޓްސް”، “ޓައިމަރ” ނުވަތަ “ނައިޓް މޯޑް” ފަދަ ވަސީލަތްތައް ފަސޭހައިން ފެންނާނެހެން ބެހެއްޓޭނެއެވެ. މި ބަދަލުތަކަކީ ކެމެރާގެ ސޮފްޓްވެއަރއަކީ ޕްރޮފެޝަނަލް ފޮޓޯގްރާފަރުންނަށްވެސް ކަމުދާނެ ފަދަ އެއްޗަކަށް ހެދުމަށް ގެންނަ ބަދަލުތަކެއް ކަމަށް ގާމަން ބުނެފައިވެއެވެ.

ފޮޓޯސް އެޕަށް “ރީފްރޭމް” އަދި “އެކްސްޓެންޑް”ގެ ނަމުގައި އެޕަލް އިންޓެލިޖެންސްގެ އާ ވަސީލަތްތަކެއް ތަޢާރަފުކުރާނެއެވެ. ރީފްރޭމް މެދުވެރިކޮށް ފޮޓޯއެއްގެ ޕާސްޕެކްޓިވް ނުވަތަ ފެންނަ ގޮތް ބަދަލުކޮށްލެވޭއިރު، އެކްސްޓެންޑް ބޭނުންކޮށްގެން އޭއައިގެ އެހީގައި ފޮޓޯއެއްގެ ބޭރުން މަދުވާ ބައިތައް އުފެއްދޭނެއެވެ. މިސާލަކަށް ފޮޓޯ ނެގިއިރު އިމާރާތެއްގެ ތިރީބައި ކެނޑިފައިވާނަމަ، އެބައި އޭއައި މެދުވެރިކޮށް ފުރިހަމަކޮށްލެވޭނެއެވެ.

އެޕަލް އިން ދަނީ އަޑުން ނުވަތަ ލިޔުމުން ދޭ އިރުޝާދުތަކަށް (ނެޗުރަލް ލޭންގްއޭޖް ޕްރޮމްޓްސް) ބިނާކޮށް ފޮޓޯ އެޑިޓްކުރެވޭނެ ގޮތްތަކެއްވެސް ޓެސްޓްކުރަމުންނެވެ. މީގެ ސަބަބުން ބޭނުންކުރާ ފަރާތްތަކަށް އަޑުން ނުވަތަ ޓެކްސްޓުން ބުނެލައިގެން ފޮޓޯ ކްރޮޕްކުރުމާއި ކުލަ ބަދަލުކުރުން ފަދަ ކަންކަން ކުރެވޭނެއެވެ. ނަމަވެސް، މި ފީޗާ އައި.އޯ.އެސް 27 ގެ އެންމެ ފުރަތަމަ ރިލީޒްގައި ނުހިމެނި ހިނގައިދާނެ ކަމަށްވެސް ގާމަން ފާހަގަކޮށްފައިވެއެވެ.

އައި.އޯ.އެސް 27 ގެ އެހެން ބައިތަކަށް ބަލާއިރު، “ޝޯޓްކަޓްސް” އެޕަށް ބޮޑު ބަދަލެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން އާދައިގެ ބަހުރުވައިން ބުނެލައިގެން އޮޓޮމޭޝަންތައް ހެދޭނެއެވެ. ކޮންމެ ފިޔަވަޅެއް ވަކިވަކިން ހެދުމުގެ ބަދަލުގައި، ބޭނުންވާ ކަންތައް ބުނެލުމުން އެކަން ކުރެވޭނެއެވެ. މިސާލަކަށް، މަސައްކަތް ނިންމާފައި ގެއަށް ދާން ފަށާއިރު އަމިއްލައަށް މިއުޒިކް ޕްލޭލިސްޓެއް ފެށުމާއި އަނބިމީހާ ނުވަތަ ފިރިމީހާއަށް ގެއަށް ދެވޭނެ ވަގުތު އަންގައި މެސެޖެއް ފޮނުވާލުމަށް އަމުރުކުރެވިދާނެއެވެ.

މީގެ އިތުރުން، އޭއައި މެދުވެރިކޮށް ވޯލްޕޭޕަރު ހެދުމާއި، މުޅި ސިސްޓަމްގައި ބޭނުންކުރެވޭ ގްރާމާ ޗެކަރަކާއި، އަދި އޭއައި އިން އުފައްދާ ފޮޓޯތަކާއި “ޖެންމޯޖީ” ތަކުގެ ފެންވަރު ރަނގަޅުކޮށްފައިވާ އާ “އިމޭޖް ޕްލޭގްރައުންޑް” އެޕެއް ތަޢާރަފުކުރާނެ ކަމަށްވެސް ބްލޫމްބާގުން ކުރިން ރިޕޯޓްކޮށްފައިވެއެވެ. އިތުރު ތަފްސީލަށް ބްލޫމްބާގްގެ ފުރިހަމަ ރިޕޯޓަށް ބައްލަވާށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top