ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޕާކިސްތާން ޑްރާމާ “ޒަބްތު” ދައްކަން ފަށަނީ
ފޮޓޯ: ހަރްޕަލް ޖިއޯ އިންސްޓަގްރާމް

ޕާކިސްތާން ޑްރާމާ ސިލްސިލާ “ޒަބްތު” ދައްކަން ފަށަން ތައްޔާރުވެއްޖެއެވެ.

“ޒަބްތު” އަކީ އާއިލީ މައްސަލަތަކާއި، ކަންކަމުގައި އުފެދޭ ނުބައި މައުލޫމާތުތަކުގެ ސަބަބުން ގުޅުންތަކަށް ކުރާ ނޭދެވޭ އަސަރުތައް ދައްކުވައިދޭ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށްފައިވާ ސިލްސިލާއެކެވެ. މި ޑްރާމާގެ މައިގަނޑު ވާހަކަ ބިނާވެފައިވަނީ ޒުވާން އަންހެން ކުއްޖެއްގެ ދިރިއުޅުމުގެ މައްޗަށެވެ. އޭނާގެ އުފާވެރިކަމާއި ލޯބި ހޯދުމަށް ކުރާ މަސައްކަތަށް އާއިލީ މައްސަލަތަކާއި އުނދަގޫ ގުޅުންތަކުގެ ސަބަބުން ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ، މުޅި ދިރިއުޅުން ހަލަބޮލިވެގެންދާ މަންޒަރު މި ސިލްސިލާއިން ފެނިގެންދާނެއެވެ.

ސަޗަލް އަފްޒަލް، ޒޯހާ ތައުޤީރް އަދި ދާނިޔަލް ޚާން ލީޑް ރޯލުން ފެނިގެންދާ މި ސިލްސިލާގައި ސާރާ އައިޖާޒް ޚާން، ސަމީނާ އަޙްމަދު، އަލީ ޚާން، ލައިލާ ވަސްތީ، ގުލްޝަން ނިޒާމަނީ، އެންޖެލީން މާލިކް، އަރުޖުމަންދު ރަހީމް އަދި އީމާން އަޙްމަދު ފަދަ ތަރިން މުހިންމު ރޯލުތަކަކުން ފެނިގެންދާނެއެވެ.

“ޒަބްތު” ލިޔެފައިވަނީ މަޝްހޫރު ލިޔުންތެރިޔާ ސައިމާ އަކްރަމް ޗައުދަރީއެވެ. ތަހުސީން ޚާން ޑައިރެކްޓްކުރާ މި ސިލްސިލާގެ ޕްރޮޑިއުސަރަކީ އިރަމް ބިންތޭ ޝާހިދެވެ.

އަންނަ ޖޫން މަހުގެ 1 ގައި ޖިއޯ ޓީވީއިން ދައްކަން ފަށާ “ޒަބްތު” ގެ އެޕިސޯޑްތައް ދައްކަން ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެ ރޭ 7:00 ގައެވެ. މީގެ އިތުރުން ޖިއޯ ޓީވީގެ ރަސްމީ ޔޫޓިއުބް ޗެނަލް ހަރް ޕަލް ޖިއޯ އިންވެސް މި ޑްރާމާގެ އެޕިސޯޑްތައް ބަލައިލެވޭނެއެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top