ތައްޔާރުކުރުމަށް ހޭދަވާ ވަގުތު: 10 މިނެޓް
ތައްޔާރުކުރެވޭ މިންވަރު: 4 މީހުންނަށް
ބޭނުންވާ ތަކެތި:
2 ތަށި މިލަން (ކޮށާފައި)
¼ ތަށި އަލްމަންޑް (ތުނިކޮށް ކޮށާފައި)
2 ސައިސަމުސާ މާމުއި
1 ½ ތަށި ލޯ-ފެޓް ކްރީމް
1 ސައިސަމުސާ ވެނީލާ އެސެންސް
👩🍳 ތައްޔާރުކުރާނެ ގޮތް:
1 – އެންމެ ފުރަތަމަ މިލަން ރަނގަޅަށް ދޮވެލުމަށްފަހު ތޮށި މަށާލާށެވެ. އެއަށްފަހު ކުދިކޮށް ކޮށާލާށެވެ. ގާނިޝް ކުރުމަށްޓަކައި މަދު އެތިކޮޅެއް ބެހެއްޓުމަށްފަހު، ބާކީ ހުރި ބައި ބްލެންޑަރަށް އަޅައި ރަނގަޅަށް ބްލެންޑް ކޮށްލާށެވެ.
2 – ބޮޑު ތަށްޓެއްގެ ތެރެއަށް ވެނީލާ އެސެންސް އާއި މާމުއި އެޅުމަށްފަހު ފޮނު އަރައި، އޮމާންވަންދެން ރަނގަޅަށް ގިރާލާށެވެ.
3 – ބްލެންޑަރަށް ލޯ-ފެޓް ކްރީމް އާއި ކުރިން ބްލެންޑްކުރި މިލަން އަޅައި، އެއްވެސް ގަނޑެއް ނުހުންނާނެހެން ރަނގަޅަށް ބްލެންޑްކޮށްލާށެވެ. އެއަށްފަހު، ތަށިތަކަށް ނުވަތަ ބޯތަށްޓަކަށް އަޅައި، ގަނޑުކުރާ ބައިގައި (ފްރީޒަރުގައި) 3 ނުވަތަ 4 ގަޑިއިރު ވަންދެން ބަހައްޓާށެވެ.
4 – ޕުޑިންގް ރަނގަޅަށް ފިނިވުމުން، އޭގެ މައްޗަށް ކުރިން ބެހެއްޓި މިލަންކޮޅާއި އަލްމަންޑް އެޅުމަށްފަހު ސާވް ކުރާށެވެ.
