ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކަރިޝްމާ ކަޕޫރުގެ އާ ސީރީޒް “ބްރައުން” ގެ ޓްރެއިލާ އާންމުކޮށްފި

– ކަރިޝްމާ ކަޕޫރު ފެނިގެންދާނީ ސީރިއަލް ކިލަރެއްގެ ފަހަތުން ދުވާ ފުލުހެއްގެ ރޯލުން.

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރިޝްމާ ކަޕޫރު އަލުން އެކްޓިންގެ ދާއިރާއަށް އެނބުރި އަންނަ އާ ސީރީޒް “ބްރައުން”ގެ ފޯރިގަދަ ޓްރެއިލާ އާންމުކޮށްފިއެވެ. މި ސީރީޒްގައި ކަރިޝްމާ ފެނިގެންދަނީ މީގެ ކުރިން އޭނާ ފެނިފައި ނުވާ ފަދަ ވަރުގަދަ އަދި ތަފާތު ރޯލަކުންނެވެ.

މި ސީރީޒްގެ ވާހަކަ ބިނާވެފައިވަނީ އިންޑިއާގެ ކޮލްކަތާގައި ހިނގާ ސީރިއަލް ކިލިންގްތަކެއްގެ މައްޗަށެވެ. ކަރިޝްމާ ކުޅެނީ ރީޓާ ބްރައުން ކިޔާ، ނަފްސާނީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލަމުންދާ، ވަރުގަދައަށް ރާ ބޯ ފުލުހެއްގެ ރޯލެވެ. އޭނާގެ މި ރޯލަކީ އަމިއްލަ ދިރިއުޅުމުގެ މައްސަލަތަކުގެ ތެރޭގައި ހުރެ، ނުރައްކާތެރި ގާތިލަކު ހޯދުމަށް މަސައްކަތްކުރާ ހިތްވަރުގަދަ އަންހެނެއްގެ ރޯލެވެ.

ޓްރެއިލާ އާންމުވުމާއެކު ފިލްމީ ދާއިރާގެ ގިނަ ބައެއްގެ ސަމާލުކަން ވަނީ މި ސީރީޒަށް ހުއްޓިފައެވެ. ޚާއްސަކޮށް ކަރިޝްމާގެ “ރޯ” އަދި “ނެޗުރަލް” އެކްޓިންއަށް ގިނަ ބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ. މިއީ އޭނާގެ ފޭނުން ވަރަށް އުއްމީދާއެކު އިންތިޒާރު ކުރަމުންދާ މަސައްކަތެކެވެ.

އަބިނޭ ދިއޯ ޑައިރެކްޓްކޮށްފައިވާ މި ސީރީޒަކީ އަބީކް ބަރޫއާގެ ފޮތް “ސިޓީ އޮފް ޑެތު”ގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ކްރައިމް ތުރިލާ އެކެވެ. މި ސީރީޒްގައި ކަރިޝްމާގެ އިތުރުން ހެލެން އަދި ސޮނީ ރާޒްދާން ފަދަ ތަޖުރިބާކާރު ފަންނާނުން ފެނިގެންދާނެއެވެ.

މި ސީރީޒަކީ ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ބަތަލާ ކަމަށްވާ ކަރިޝްމާ ކަޕޫރުގެ އެނބުރި އައުން ވަރަށް ވަރުގަދަކޮށް ދައްކުވައިދޭނެ މަސައްކަތެއް ކަމަށް ބެލެވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top